ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ރަޝިއާ ސިފައިންގެ މީހަކު އިއުތިރާފްވެއްޖެ

އުމުރުން 21 އަހަރުގެ ވަޑީމް ޝިޝިމަރިންއަކީ ރަޝިއާ ފައުޖުގެ ޓޭންކް ކޮމާންޑަރެއް. -- ފޮޓޯ: ރޮއިޓާޒް

އުމުރުން 21 އަހަރުގެ ވަޑީމް ޝިޝިމަރިންއަކީ ރަޝިއާ ފައުޖުގެ ޓޭންކް ކޮމާންޑަރެއް. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، ހަނގުރާމައިގެ ޖަރީމާއާ ދެކޮޅަށް ޔޫކްރެއިންގައި ބޭއްވި ފުރަތަމަ ޝަރީއަތުގައި އުމުރުން 21 އަހަރުގެ ރަޝިއާ ސިފައިންގެ މީހަކު، ހަތިޔާރު ނެތް އުމުރުން ދުވަސްވީ ޔޫކްރެއިން ރައްޔިތަކު މަރާލި ކަމަށް އިއުތިރާފްވެއްޖެ އެވެ.

ވަޑީމް ޝިޝިމަރިން ބުނީ ހަނގުރާމަ ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީވެސް އުމުރުން 62 އަހަރުގެ ފިރިހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ކަމަށެވެ. އެކަމުގެ އަދަބެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށް ލާނެ ކަމަށް ބެލެވެ އެވެ.

ޔޫކްރެއިން ސިފައިން ހައްޔަރު ކުރި ވަޑީމް، ވެރިރަށް ކިޔެވްގައި ޝަރީއަތް ކުރިއަށް ގެންދަން ހަމަޖެއްސި ކޯޓުގެ ކުޑަ ކޮޓަރިއަށް ވެއްދީ އަތުގައި ބަޑި އަޅުވައި، ވަށައިގެން ހަތިޔާރު އެޅި ގިނަ ގާޑުންތަކާ އެކު އެވެ. އޭނާ ހާސްވެފައި ހުރި އިރު، ގިނަ ވަގުތު ހުރީ އިސް ޖަހައިގެންނެވެ.

ވަޑީމް ހަމަލާ ދިނުމުން މަރުވި މީހާގެ އަންހެނުން ވެސް އެ ކޮޓަރި ތެރޭގައި އިނެވެ. ކެޓެރީނާގެ ފިރިމީހާ އޮލެކްސެންޑަރް ޝެލިޕޯވް މަރާލި ގޮތުގެ ވާހަކަ ޕްރޮސެކިއުޓަރުން ދައްކަން ފެށުމުން، އޭނާ ލޮލުން ކަރުނަ ފޮހޭ މަންޒަރު ނޫސްވެރިންނަށް ފެނިފައިވެ އެވެ.

ކުށަށް އިއުތިރާފުވަންތޯ ފަނޑިޔާރު ސުވާލު ކުރުމުން، ވަޑީމް ބުނާ އިއުތިރާފްވާ ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނީ ވަޑީމްއަކީ ޓޭންކް ޑިވިޝަނެއްގެ ކޮމާންޑަރެއް ކަމަށެވެ. އޭނާގެ ޔުނިޓަށް ހަމަލާތައް އަމާޒުވާން ފެށުމުން، އޭނާ އާއި ރަޝިއާގެ އިތުރު ހަތަރު ސިފައިން ކާރެއް ވަގަށް ނެގި އެވެ.

ޔޫކްރެއިން ޗުޕަކިވާ ސަރަހައްދު ކައިރިން ދަނިކޮށް، އުމުރުން 62 އަހަރުގެ ފިރިހެން މީހާ ބައިސްކަލެއްގައި އުޅެނިކޮށް އެ މީހުންނަށް ފެނުނެވެ. ޕްރޮސެކިއުޓަރުން ބުނީ އޭނާ މަރާލުމުގެ އަމުރު ވަޑީމްއަށް ލިބުމުން، އެކަމަށް ބޭނުން ކުރީ ކަލަޝްނިކޯވް އެސޯލްޓް ރައިފަލްއެއް ކަމަށެވެ.

ރަޝިއާއިން ބުނީ ވަޑީމްގެ މައްސަލަ ކޯޓުގައި ކުރިއަށްދާކަން ޔޫކްރެއިނުން އަންގާފައި ނުވާ ކަމަށެވެ.

ވަޑީމް ކުށަށް އިއުތިރާފްވުމާ އެކު ބުދަ ދުވަހު ޝަރީއަތް މެދުކަނޑާލި އެވެ. އެ ޝަރީއަތުގެ ބާކީ ބައި ކުރިއަށް ދާނީ ބުރާސްފަތި ދިުވަހު އެވެ.

ޔޫކްރެއިން ސަރުކާރުން ބުނީ ރަޝިއާ ސިފައިން މިހާތަނަށް ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލެވޭނެ 10،000 އަށް ވުރެ ގިނަ އަމަލު ހިންގާފައިވާ ކަމަށެވެ. އެކަމަކު ރަޝިއާއިން އެ ތުހުމަތު ދޮގުކުރެ އެވެ.

ރަޝިއާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ 42 މެމްބަރުންގެ ޓީމެއް ޔޫކްރެއިނަށް ދަތުރު ކުރާނެ އެވެ. އެ ޓީމުގައި ހިމެނެނީ އިންވެސްޓިގޭޓަރުންނާޢި ފޮރެންސިކް ތަޖުރިބާކާރުންނާއި ސަޕޯޓް ސްޓާފުންނެވެ.

ޔޫކްރެއިނުން ވެސް އަންނަނީ ތުހުމަތު ކުރެވޭ މައްސަލަތަކުގެ ހެކި ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox