އޭޓީކޭ ބަލިކޮށް ގޯކުލަމް ކޯޗު ދިނީ އިންޑިއާ ގައުމީ ޓީމަށް މެސެޖެއް

ގޯކުލަމް ކެރަލާގެ ކޯޗު ވިންޗެންޒޯ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

ގޯކުލަމް ކެރަލާގެ ކޯޗު ވިންޗެންޒޯ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

އޭއެފްސީ ކަޕްގައި އިއްޔެ ހަވީރު އިންޑިއާ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އެފްސީ އިން ވަނީ 4-2 އިން އިންޑިއާގެ ސުޕަ ލީގުގެ ޓީމު އޭޓީކޭ މޯހަން ބަގާން ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ގޯކުލަމްގެ ކޯޗު އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ ބުނީ އައި ލީގުގައި ކުޅުނަސް އިންޑިއާ ގައުމީ ޓީމުން ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

އަންނަ މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުން އައި ލީގު ކުޅުންތެރިއަކަށް ފުރުސަތު ނުދޭތީ އެކަމާ މީގެ ކުރިން ވެސް އެކި ކޯޗުން ވަނީ ފާޑުކިޔައިފަ އެވެ. އޭއެފްސީ ކަޕްގެ މެޗުތައް ބަލަން އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ދެ އެވެ. އައިއެސްއެލް އަކީ އިންޑިއާގެ ބޮޑު ލީގު ކަމަށް ބަލާއިރު، އައި ލީގަކީ މިހާރު ދެ ވަނަ ފަންތި އެވެ.

އިއްޔެ އޭޓީކޭ މޯހަން ބަގާން އާއި ގޯކުލަމް ކުޅުނު މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޯކުލަމްގެ ކޯޗު ވިންޗެންޒޯ ބުނީ އައި ލީގުގެ ޗެމްްޕިއަންކަން ހޯދުމަށް ފަހު އޭއެފްސީ ކަޕަށް ތައްޔާރުވާން އެ ޓީމަށް ލިބުނީ ދެ ދުވަސް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވެސް ގޯކުލަމް ކުޅުންތެރިން ޕްރޮފެޝަނަލުންގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ އިން މި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ ސުޕަ ލީގުގެ ބޮޑު، ޓީމެއް ބަލިކޮށްފައި ކަމަށް ވިންޗެންޒޯ ވަނީ ބުނެފަ އެވެ.

"އަހަރެން ބުނަމުން މި އަންނަނީ، އައިއެސްއެލް ކްލަބްތަކުގެ ބަޖެޓް ބޮޑުވިޔަސް، އެ ލީގާއި އައި ލީގުގެ މެދުގައި މާ ބޮޑު ތަފާތެއް ނެތް. އެކަން މި މެޗުގައި ވެސް މި ފެނުނީ. ކޯޗު (އިންޑިއާ ކޯޗު ސްޓިމަކް) އައި ލީގުގެ ކުޅުންތެރިންނަށް ފުރުސަތު ނުދޭ ސަަބަބެއް އަހަންނަކަށް ނޭނގޭ، ފުރުސަތު ދީފިއްޔާ ކުޅެވޭނެ ލެވަލް ކުޅުންތެރިން މި ތިބީ،" ވިންޗެންޒޯ ބުންޏެވެ.

އިއްޔެެގެ މެޗުގައި ގޯކުލަމް އިން ގިނަ ގޯލު ޖަހާފައިވަނީ ކައުންޓަ އެޓޭކުގަ އެވެ. އެކަމަކު، މުޅި މެޗަށް ބަލާނަމަ ގޯކުލަމް އިން ވަނީ އޭޓީކޭ މޯހަން ބަގާން ކައިރިން ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ވިންޗެންޒޯ ބުނީ އޭޓީކޭ މޯހަން ބަގާން އަށް ވުރެ ރަނގަޅަށް ގޯކުލަމް ކައިރީގައި އައި ލީގުގެ ރެލިގޭޝަނުގައި އޮތް ރިއަލް ކަޝްމީރުން ވެސް ކުޅުނު ކަމަށެވެ.

"އަހަންނަށް ވީޑިއޯއެއް ހަދާފައި ދެއްކިދާނެ، އައި ލީގުގެ ރެލިގޭޝަނުގައި އޮތް ރިއަލް ކަޝްމީރު ޓީމުން ވެސް އޭޓީކޭ އަށް ވުރެ ބޮޑަށް އަހަރެމެންނަށް ނުރައްކާކުރި. އެންމެނަށް ފެންނާނެ ގޯކުލަމް ކުޅުނު ކުޅުން. އެކަން އެބަޖެހޭ އިންޑިއާ ފެޑެރޭޝަން އަށް ވެސް ފެންނަން،" ވިންޗެންޒޯ ބުންޏެވެ.

ވިންޗެންޒޯގެ މި ވާހަކަތަކާ ބެހޭގޮތުން އޭޓީކޭ މޯހަން ބަގާންގެ ކޯޗު ޖުއާން ފެރާންޑޯ ބުނީ މީގެ ދުވަސްކޮޅެއް ކުރިން އޭޓީކޭ މޯހަން ބަގާން އިން އިންޑިއާ ގައުމީ ޓީމު އަތުން ވެސް މޮޅުވި ކަމަށާއި އޭގެ މާނަ އަކީ އޭޓީކޭ އަކީ އިންޑިއާ ގައުމީ ޓީމަށް ވުރެ މޮޅު ޓީމަކަށް ވުމެއް ނޫން ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ މެޗުން ބަލިވި ސަބަބުތައް ދެނެގަނެ، މި މެޗުގައި ހެދުނު ގޯސްތައް ދެން އިން މެޗުތަކުގައި ތަކުރާރު ވިޔަ ނުދިނުން. އަހަރެމެންނަށް ދިމާވީ ދެ ވަނަ ހާފުގައި ވަރުބަލިވުމުގެ މައްސަލަ ކަމަށް ބޮޑަށް ބެލެވެނީ،" މިދިޔަ ޑިސެމްބަރު މަހު އޭޓީކޭ މޯހަން ބަގާން ކޯޗުކަމާ ހަވާލުވި ފެރާންޑޯ ބުންޏެވެ.

ގޯކުލަމް އަތުން ބަލިވީ ފުރަތަމަ ހާފުގައި އޭޓީކޭ މޯހަން ބަގާންގެ ސްޕެއިން ޑިފެންޑަރު ޓިރީ އަށް އަނިޔާވެގެން ޑިފެންސް ނުކުރެވިގެންތޯ އެހުމުން ފެރާންޑޯ ބުނީ ބަލިވީ އެ އަނިޔާގެ ސަބަބުން ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށެވެ. އެކަމަކު، ޓީރީގެ އަނިޔާއަށް ފަހު އޭޓީކޭ މޯހަން ބަގާންގެ ފަހަތުން ގިނަ ގޯސްތަކެއް ހެދުނު ކަމަށް ފެރާންޑޯ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ދެކުނު އޭޝިއާގެ ގްރޫޕް ކާމިޔާބުކޮށް އަނެއް ބުރަށް ދިޔަ އޭޓީކޭ މޯހަން ބަގާން މި ފަހަރުގެ ފުރަތަމަ މެޗުން ބަލިވުމުން ދެން އެ ޓީމަށް މި ފަަހަރުގެ ނޮކައުޓް ބުރުން ފުރުސަތު ނުލިބޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އޭޓީކޭ މޯހަން ބަގާން އަށް އަދިވެސް މުބާރާތުގެ އަނެއް ބުރުގެ ފުރުސަތު އެބައޮތްތޯ އެހުމުން، ފެރާންޑޯ ބުނީ ބަޝުންދަރާ ކިންގްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިނަމަ ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox