ވާގޮތް: ހަންގަނޑު ހިކޭ ސަަބަބުތަކާއި ކުރެވިދާނެ ފަރުވާތައް

May 14, 2022, 11:21 AM
ވާގޮތް: ހަންގަނޑު ހިކޭ ސަަބަބުތަކާއި ކުރެވިދާނެ ފަރުވާތައް

ހަންގަނޑުގެ ތެތްކަން ކެނޑި، ކުރަކިވެފައި ހުރުމަކީ ވޭން އަޅާ ކަމެކެވެ. އެކަމަކު ހަމުގެ މައްސަލައާ ގުޅިފައިވަނީ އެ ހާލަތު މެދުވެރިވުމުން އިހުސާސްކުރަންޖެހޭ ޖިސްމާނީ ތަދު އެކަންޏެއް ނޫނެވެ. ހަންގަނޑު ހިކުމާއި އޭގެ ސަބަބުން އަންނަ ހަމުގެ މައްސަލަތަކުގެ ސަބަބުން ނަފްސާނީ ގޮތުން އުނދަގޫ ތަޖުރިބާ ކުރާ މީހުން ގިނަ އެވެ. ހާއްސަކޮށް މޫނުގެ ހަމަށް މައްސަލަ ޖެހުމަކީ މި ފިކުރު އެތައް ގުނަ ބޮޑުވާ ކަމެކެވެ. ހަމަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ގިނަ އަދަދެއްގެ ދިރާސާ ކޮށްފައިވަނީ ވެސް މި ސަބަބުތަކާ ހެދި ކަމަށް ވުން އެކަށީގެންވެ އެވެ.

ހަންގަނޑު ހިކިގެން އެކި މީހުންނަށް ވަނީ އެކި ގޮތްގޮތެވެ. އޭގެ ތެރޭގައި ހަންގަނޑު ކުރަކިވެ ފާރުވުމާއި، ކެހުމާއި ހަންފޮޅުން ހިމެނެ އެވެ.

ސިއްހީ ދާއިރާއިން ފުޅާ ދާއިރާއެއްގައި ސިއްހީ މައުލޫމާތު ގެނެސްދޭ، އެމެރިކާގެ މަޔޯ ކްލިނިކްއިން ޝާއިއުކޮށްފައިވާ ލިއުމެއްގައިވާ ގޮތުން ހަންގަނޑު ހިކުމުން ފެންނަ ގިނަ އަލާމާތްތަކެއް ހުރެ އެވެ.

Advertisement

އަލާމާތްތައް

  • ހަންގަނޑުގައި (އާދަޔާ ހިލާފު) ވާންކަމެއް ހުރުން
  • ހަންގަނޑު ކުރަކިވުން ނުވަތަ ކުރަކިކަމެއް އިހުސާސްވުން
  • ގައިކެހުން
  • ހަންފޮޅުން
  • ހަން ނޮޅުން
  • ހަންގަނޑު ކަނޑަކަނޑައިގެން ގޮސްފައި ހުރުން
  • ހަންގަނޑުގައި ރޮނގު އެޅިފައި ހުރުން
  • ހަންގަނޑު ރަތްވުން
  • ހަނގަނޑު ފުންކޮށް ކަނޑައިގެން ގޮސް ލޭ އައުން

ހަން ހިކެން މެދުވެރިވާ ސަބަބުތައް

ހަންގަނޑު ހިކެނީ ކޮންމެވެސް ސަބަބަކާ ހެދި ހަމުގެ ބޭރު ފަށަަލައިން ފެން މަދުވުމުންނެވެ. އެކަން އެހެން ދިމާވާ ގިނަ ސަބަބުތަކެއް މާޔޯ ކްލިނިކްގެ ލިއުމުގައި ހިމަނާފައިވެ އެވެ.

  1. ހޫނުވުން: ގެދޮރު ހޫނުކުރާ ނިޒާމުތަކާއި އުނދުނާއި އަވަން ފަދަ ތަކެތިން އަރާ ހޫނުގެ ތެރޭގައި ގިނައިރު އުޅުމަކީ ހަންގަނޑު ހިކެން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ އެއް ސަބަބެވެ.
  2. މާހައުލު: ފިނިގަދަ ވައިގެ ތެތްކަން ކުޑަ ނުވަތަ ހިއުމިޑިޓީ ދަށް ސަރަހައްދެއްގައި އުޅެން ޖެހުމަކީ ވެސް ހަންގަނޑު ހިކިދާނެ ކަމެކެވެ.
  3. ބާރުގަދަ ބާވަތްތައް ބޭނުންކުރުން: މަޝްހޫރު ބައެއް ބާވަތްތައް ވެސް ހިމެނޭ ގޮތުން ބައެއް ސައިބޯނިތަކާއި ޝަވަޖެލް އަދި ދޮންނަކުނޑިން ވެސް ވާ އެއް ކަމަކީ ހަމުގައިވާ ތެތްކަން ނެތި ދިއުމެވެ. އެހެން އެކަންވާ ސަބަބަކީ އެ ބާވަތްތަކުން އަމާޒުކުރަނީ ހަމުގައިވާ ތެޔޮކަން ފިލުވުަމށް ކަަމށް ވުމެވެ.
  4. ހަމުގެ އެހެން މައްސަލަތައް: ހަމުގެ ބަލިތައް ކަމަށް ވާ އެކްޒެމާއާއި އެޓޮޕިކް ޑާމެޓައިޓިސް ފަދަ ބަލިތަކުން ވެސް ހަންގަނޑު ހިކެން މެދުވެރިވެ އެވެ.
  5. ސިއްހީ ފަރުވާތައް: ކެންސަރަަށް ކުރާ ފަރުވާތަކާއި ޑަޔަލިސިސް ހެދުމާއި ބައެއް ބާވަތްތަކުގެ ބޭސްތައް ކެއުމުން ވެސް ހަންގަނޑު ހިކެ އެެވެ.
  6. އުމުރުން ދުވަސްވުން: އުމުރުން ދުވަސްވާ ވަރަކަށް، ހަންތުނިވެ، ހަމުގައި ތެޔޮކަން ހިފެހެއްޓުމުގެ ބާރު ދަށްވެ އެވެ. އެހެންވެ ހަންގަނޑު ހިކެން ފަށައެވެ.

ޑޮކްޓަރަކަށް ދައްކަންވީ ކިހާ ހިސާބަކުން؟

ހަންގަނޑު ހިކުމުގެ ގިނަ މައްސަލަތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުންނާއި ގޭގައި އަމިއްލައަށް ކުރާ ފަރުވާތަކުން ރަނގަޅުކުރެވޭ ކަންތައްތަކެވެ. އެކަމަކު މިކަމުގައި އާއްމު ބަލިތަކުގެ ޑޮކްޓަރަކަށް ނުވަތަ ހަމުގެ ހާއްސަ ޑޮކްޓަރަކަށް ވެސް ދައްކަން ޖެހޭ ހިސާބެއް އަތުވެދާނެ އެވެ. މިސާލަކަށް؛

  • ހަންގަނޑު ދުޅަވެ ތަދުވާ ނަމަ
  • ކެންސަރުގެ ފަރުވާއާ ގުޅިގެން ހަންގަނޑު ބޯވެ ހިކޭ ނަމަ
  • ހަމުގެ މައްސަލައިގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ނިންޖަށް ހުރަސް އެޅޭ ވަރަށް ކަންބޮޑުވާ ނަމަ
  • ހަންގަނޑު ފާރުވެ އިންފެކްޝަން އުފެދުން
  • ބޮޑެތި ހަންގަނޑުހަނޑު ނޮޅޭގޮތްވުން

ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންތައްތައް

  • މޮއިސްޗަރައިޒާއެއް ބޭނުންކުރުން: މޮއިސްޗަރައިޒާ ބޭނުންކުރުމުން، ހަންގަނޑުގައިވާ ފެން ބޭރުވިޔަނުދީ ބަންދުކޮށްދެ އެވެ. މުޅި ދުވަހު ވެސް މޮއިސްޗަރައިޒާއެއް ބޭނުންކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ ގެއިން ބޭރަށް ނުކުންނަ އިރު ސަން ސްކްރީން ލޯޝަނެއް ބޭނުންކުރުމެވެ. އަވީގައި އުޅޭ ނަމަ ކޮންމެ ދެގަޑިއިރަކުން އެކަހަލަ ލޯޝަނެއް ލާށެވެ.
  • ފެން ޖެއްސުން މަދުކުރުން: ހަންގަނޑު ހިކޭ ނަމަ ގިނައިރު ވަންދެން ފެންވެރުމަށް ވުރެ ރަނގަޅީ ފެން މާގަނޑުގެ ދަށުގައި ހޭދަކުރާ ވަގުތު މަދުކުރުމެވެ. އެންމެ ރަނގަޅީ ހޫނު ނުވަތަ ތާފަނާ ފެނުން ފެންވެރުމެވެ. އަދި ދުވާލަކު އެއް ފަހަރަށް ވުރެ ގިނައިން ފެން ނުވެރުމެވެ.
  • ބާރުދަށް ބާވަތްތައް ބޭނުންކުރުން: ޝަވަޖެލް ނުވަތަ ސައިބޯނީގެ ބާރު ގަދަ ބާވަތްތަކުގެ ބަދަލުގައި މެދުމިނުގެ ނުވަތަ ބާރު ދެރަ ބާވަތްތައް ބޭނުންކުރުން މުހިއްމެވެ. އެގޮތުން އިހުތިޔާރުކުރަންވީ އަލެގްރެން އާއި އަލްކަހޯލް އެކުނުލެވޭ ބާވަތްތަކެވެ.
  • ގިނައިން ދިޔާތަކެތި ބޭނުންކުރުން: މުޅި ދުވަހުވެސް ގިނަަގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ވެސް ހަންގަނޑު ހިކުމުން ސަލާމަތްވާނެ ކަމެކެވެ. އެކަމަކު ބޭނުންކުރަން ރަނގަޅީ ކެފެއިން އެކުނުލެވޭ ބާވަތްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox