ޗެމްޕިއަންސް ލީގު ފައިނަލުގެ ޓިކެޓް ދެނީ ރައްޓެހިންނަކަށް ނޫން: ޔުއެފާ ރައީސް

May 12, 2022, 8:51 AM
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (މެއި 12) - މި މަހު ފަހު ކޮޅު ޕެރިހުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ޓިކެޓްތައް ޔުއެފާ އިން ދެނީ އުސޫލުގެ ތެރެއިން ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.

މި މަހު 28 ވަނަ ދުވަހު ކުޅޭ ފައިނަލުގެ ޓިކެޓް މައްސަލައިގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި އެ ކްލަބްގެ ރަސްމީ ސަޕޯޓަރުންގެ ގްރޫޕެއް ނުރުހުން ފާޅުކުރިއިރު، ރެއާލްގެ ބައެއް ބޯޑު މެމްބަރުން ވެސް ވަނި ހިތްހަމަނުޖެހޭ ކަމަށް ބުނެފަ އެވެ.

ޕެރިހުގެ ރަސްމީ ސްޓޭޑިއަމްގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭއިރު، އެ ދަނޑުގެ ޖާގަ އަކީ 75،000 އެވެ. ޔުއެފާ އިން ނިންމާފައިވަނީ ލިވަޕޫލާއި ރެއާލަށް 40،000 ޓިކެޓް (ކްލަބަކަށް 20،000 ޓިކެޓް) ދޭށެވެ. އަދި ބާކީ 35،000 ޓިކެޓް ޔުއެފާ އަށް ނެގުމަށެވެ. ޔުއެފާ އަށް ނެގި ޓިކެޓްތަކުގެ ތެރޭގައި 12،000 ޓިކެޓް ވިއްކާނީ ދުނިޔޭގެ އެކި ހިސާބުތަކުން ފައިނަލް މެޗަށް އަންނަން ބޭނުންވާ ސަޕޯޓަރުންނަށެވެ. އަދި ބާކީ 23،000 ޓިކެޓް ވިއްކަން ނިންމާފައިވަނީ ޔުއެފާގެ މެމްބަރު ގައުމުތަކުގެ އެސޯސިއޭޝަންތަކާއި ޔުއެފާގެ އެކި ޕާޓްނަރުންނަށެވެ.

ޗެފެރިން ވިދާޅުވީ ފައިނަލުގެ ޓިކެޓް ކަންތައްތައް ހިނގާގޮތް ފައިނަލުގައި ކުޅޭ އެއް ޓީމުގެ ކޯޗަށް ވެސް ވަރަށް ތަފްސީލްކޮށް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ޓިކެޓްގެ ކަންކަމަކީ އޮންނަ އުސޫލެއްގެ ތެރެއިން ހިނގާ ކަމަކަށްވާތީ ވަކި ގޮތަކަށް ވަކި ފައިނަލަކަށް ނުހެދޭނެ ކަމަށް ޗެފެރިން ވަނީ ވިދާޅުވެފަ އެވެ.

"ފައިނަލުން ލިބޭ އާމްދަނީގެ 6.5 ޕަސެންޓް ލިބެނީ ޔުއެފާ އަށް. ދެން، 93.5 ޕަސެންޓް މި ލިބެނީ ދެ ކްލަބަށް. ޗެމްޕިއަންސް ލީގުގެ ބާކީ މެޗުތަކުގެ އާމްދަނީގެ 100 ޕަސެންޓް މި ދެނީ ކްލަބްތަކަށް. ފައިނަލުން ވެސް 20،000 ޓިކެޓް އެބަ ލިބޭ ކޮންމެ ޓީމަކަށް. ދެން، މިސާލަކަށް ޔުއެފާގެ ޕާޓްނަރުން 100 މިލިއަން ޔޫރޯ ނޫނީ އެ އަށް ވުރެ އިތުރަށް އެބަދޭ، އެ ވަރުގެ ސްޕޮންސަޝިޕެއް ދޭ ގޮތަށް އޮންނަ ކޮންޓްރެކްޓެއްގެ ތެރެއިން ޓިކެޓް ދޭން ޖެހޭ އުސޫލެއް އޮވޭ،" ޗެފެރިން ވިދާޅުވި އެވެ.

"އެހެން މީހުންނަށް ވުރެ ގިނައިން ޔުއެފާ އަށް ޓިކެޓެއް ނުލިބޭ. ބައެއް ޓިކެޓް މިދަނީ މާކެޓަށް. ބައެއް ޓިކެޓް މިދަނީ ސަޕޯޓަރުންނަށް، އަނެއް ޓިކެޓްތައް މިދަނީ ޕާޓްނަރުންނަށް. މިއީ ޔުއެފާ އިން ނޫނީ އަހަރެން އަމިއްލަ ރައްޓެހިންނަށް ޓިކެޓްތައް ދެނީކީއެއް ނޫން. ނޫނީ ވިއްކަނީ އެއްވެސް ނޫން،"

ޗެފެރިން ވިދާޅުވީ ޓިކެޓްގެ އަގުބޮޑުވުމުގެ ޝަކުވާ އަކީ އަބަދުވެސް އަންނަ ކަމެއް ކަމަށާއި އެކަމަކު، އެ ނިންމަނީ ޔުއެފާ އިން ބަލަން ޖެހޭ މިންގަނޑުތަކަކުން ކަމަށެވެ.

ޔުއެފާ އިން ވަނީ ޗެމްޕިއަންސް ލީގަށް 2024 ވަނަ އަހަރުން ފެށިގެން ގެންނަ ބަދަލު ފާސްކޮށްފަ އެވެ. އެ ގޮތުން 2024 އިން ފެށިގެން ޗެމްޕިއަންސް ލީގު ކުރިއަށްދާނީ 36 ޓީމުގެ މެދުގަ އެވެ. މީގެ ކުރިން ކުޅުނީ 32 ޓީމުގެ މެދުގަ އެވެ. އާ ބަދަލާ އެކީގައި ޔުއެފާ އިން އިތުރުކުރި ހަތަރު ޖާގަ ދެނީ ލީގުގެ ރޭންކިންތަކަށް ބަލާފައި، ޔޫރަޕްގެ އެންމެ ފެންވަރު ރަނގަޅު ލީގުތަކުގެ ޓީމުތަކަށެވެ.

ޗެމްޕިއަންސް ލީގުން ހަމައެކަނި ޖާގަ ދެނީ ކޮންމެ ގައުމެއްގެ ޕްރޮފެޝަނަލް އެންމެ މަތީ ޑިވިޝަނުގެ ލީގުގައި ހޯދާ ނަތީޖާތަކަށް ބެލުމަށް ފަހު އެވެ. އެކަމަކު އެއާ ހިލާފަށް އާ ފޯމެޓްގައި ފުރަތަމަ ހިމެނި އެއް ކަމަކީ، ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާ ޓީމުތަކުގެ ތެރެއިން މާޒީގެ ކާމިޔާބީ އަށް ބަލައި ދެ ކްލަބަކަށް ޗެމްޕިއަންސް ލީގުން ޖާގަ ދޭށެވެ. އެކަމަކު، އެ ގަވާއިދު ފާހެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox