ކުޑަކުދިންގެ ފުރަމޭ ފެއިލްވުމާއި ކުއްތާއާ ގުޅުމެއް އޮތްތޯ ބަލަނީ

ކުޑަކުދިންތަކެއް ކުއްތާއެއް ކައިރީގައި. -- ފޮޓޯ: އަންސްޕްލޭޝް

ކުޑަކުދިންތަކެއް ކުއްތާއެއް ކައިރީގައި. -- ފޮޓޯ: އަންސްޕްލޭޝް

ކުޑަކުދިންގެ ފުރަމާ ފެއިލްވާ ގޮތް ނޭނގޭ ބައްޔާއި ކުއްތާއާ އެއްވެސް ގުޅުމެއް އޮތްތޯ އިނގިރޭސިވިލާތުގައި ބަލަން ފަށައިފި އެވެ.

ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (ޔޫކޭއެޗްއެސްއޭ) އިން މިދިޔަ ހުކުރު ދުވަހު ބުނީ އިތުރު 18 ކުދިންނަށް ސީރިއަސް ހެޕަޓައިޓިސް ދިމާވެފައިވާ ކަމަށެވެ. އެއާ އެކު އިނގިރޭސިވިލާތުން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 163 އަށް އަރާފަ އެވެ.

ބަލިވި ކުދިންގެ އާއިލާތަކާ ސުވާލުކޮށް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ގިނަ އަދަދެއްގެ އާއިލާތަކަކީ ކުއްތާ ގެންގުޅޭ ނުވަތަ ކުއްތާއާ ވަރަށް ގިނައިން ބައްދަލުވާ އާއިލާތަކެވެ. އެގޮތުން ސުވާލު ކުރި 92 އާއިލާގެ ތެރެއިން 64 އާއިލާއިން ބުނީ ކުއްތާއަށް އެކްޒްޕޯޒްވާ ކަމަށެވެ.

Advertisement

"މި ހޯދުމުގެ މުހިއްމުކަން އިތުރަށް ދިރާސާ ކުރަމުން ދަނީ. ނަމަވެސް ގޭގައި އޮޅުކޮށްގެން ކުއްތާ ގެންގުޅުމަކީ އިނގިރޭސިވިލާތުގައި އާއްމު ކަމެއްކަން ވެސް ފާހަގަކުރަން،" ޔޫކޭއެޗްއެސްއޭއިން ބުންޏެވެ.

ކުއްތާއަށް އެކްޒްޕޯޓްވާ ކަމަށް ބުނި އާއިލާއެއްގެ އެއްވެސް ކުއްޖަކު ބަލީގައި މަރުވެފައެއް ނުވެ އެވެ. ނަމަވެސް މި ބަލީގައި މިހާތަނަށް އިނގިރޭސިވިލާތުން އެއް ކުއްޖަކު ވަނީ މަރުވެފަ އެވެ.

ޔޫކޭއެޗްއެސްއޭއިން ބުނީ ކުޑަކުދިންގެ މެދުގައި ހެޕަޓައިޓިސް އިތުރު ވަނީ ވަރަށް އާއްމުކޮށް ފެންނަ އެޑެނޯވައިރަސްގެ ސަބަބުން ކަމަށް ކަމަށް ބެލެވޭ ކަމަށެވެ.

މިހާތަނަށް ޓެސްޓު ކުރި އެންމެ ގިނަ ސާމްޕަލުން ފެނުނީ އެ ވައިރަހެވެ. ނަމަވެސް އެޑެނޯވައިރަސް ކުރިމަތިވާ ސިއްހަތު ރަނގަޅު ކުދިންނަށް ހެޕަޓައިޓިސް ނުވަތަ ފުރަމޭގެ މައްސަލަ ދިމާވުމަކީ މީގެ ކުރިން ފެނިފައިވާ ކަމެއް ނޫނެވެ.

އެހެންކަމުން، ބައްޔާ ގުޅޭ އިތުރު ދިރާސާތައް ގިނަ ގައުމުތަކެއްގައި ދަނީ ކުރަމުންނެވެ. އެގޮތުން އެޑެނޯވައިރަސްއަށް ބަދަލެއް އައިސްފައިވޭތޯ ބެލުމާއި، ކޮވިޑާ ހެޕަޓައިޓިސްއާ އޮތް ގުޅުން ވެސް ދަނީ ދިރާސާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox