ބުދު ދީނުގެ އާސާރީ ތަންތަން މަރާމާތުކުރާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ނ. ލަންދޫ މާބުދުގެ ސަރަހައްދު. އެތަނުގައި ހެރިޓޭޖް ޕާކެއް ތަރައްގީކުރަން ދަނީ މަސައްކަތްކުރަމުން. ފޮޓޯ: ޔެރީގްރަފީ/ޓްވިޓާ

ނ. ލަންދޫ މާބުދުގެ ސަރަހައްދު. އެތަނުގައި ހެރިޓޭޖް ޕާކެއް ތަރައްގީކުރަން ދަނީ މަސައްކަތްކުރަމުން. ފޮޓޯ: ޔެރީގްރަފީ/ޓްވިޓާ

ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރީ ތަންތަން އިންޑިއާގެ އެހީތެރިކަމާއެކު މަރާމާތުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދޮގުކޮށްފި އެވެ.

ދިވެހި ސަރުކާރުން އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ބުދު ދީނުގެ އާސާރީ ތަންތަން މަރާމާތުކުރަން އުޅޭކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ މިފަހުން ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ މަރުކަޒުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއީ ދިވެހިންގެ އެއްބައިވަންތަކަން ނަގާލައި މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުމާއި ބައިބައިވުން އުފައްދަން ފަތުރާ ދޮގު ހަބަރެއް ކަމަށެވެ.

އެެ މަރުކަޒުން ބުނީ އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ރާއްޖޭގައި އާސާރީ ތަންތަނާއި ގުޅުވައި ކުރާ މަސައްކަތްތަކަކީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި، ތ. ދިޔަމިގިލި ގަނޑުވަރުގެ އާބަތުރަ ފިލުވުމާއި ނ. ލަންދޫގައި ހުންނަ މާބުދުގެ ސަރަހައްދުގައި ދާރުލްއާސާރަކާއި ހެރިޓޭޖް ޕާކެއް ތަރައްގީކުރުން ކަމަށެވެ.

އެ މަރުކަޒުން ބުނީ ދިވެހިންގެ ތާރީހާއި ފަންނުވެރިކަން އަދި ދީނީ ލޯބި ދައްކުވައިދޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މީގެ ކުރިން ވެސް އިންޑިއާގެ އެހީތެރިކަމާއެކު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހަމަ އެގޮތަށް ރާއްޖޭގެ އެހެން ބައެއް މިސްކިތްތަކުގެ ވެސް ހަމަ އެފަދަ މަސައްކަތްތަކެއް އިންޑިއާގެ އެހީތެރިކަމާއެކު ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެ މަރުކަޒުން ބުނެ އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ މަރުކަޒުން ވަނީ މާބުދުގެ ސަރަހައްދުގެ ފޮޓޯ ބޭނުން ކޮށްގެން ދޮގު ހަބަރު ފަތުރާއިރު، އެ ތަނުގައި ތަރައްގީކުރަން ނިންމާފައިވަނީ ހެރިޓޭޖް ޕާކަކާއި ދާރުލް އާސާރެއް ކަމަށް ފާހަގަކޮށްފަ އެވެ. އަދި އެއީ ސަރުކާރުން ހުށަހެޅި ޕްރޮޕޯޒަލަކަށް އިންޑިއާގެ ހަތަރު މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިޔަށްގެންދާ މަޝްރޫއެއް ކަމަށް އެ މަރުކަޒުން އިތުރަށް ބުނެ އެވެ.

އެ މަރުކަޒުން އިތުރަށް ބުނީ ބުދު ދީނުގެ އެއްވެސް ތަނެއް މަރާމާތު ކުރުމުގެ މަސައްކަތް ނުކުރާ ކަމަށެވެ. އަދި ދިވެހިން ދީނީ އެއްބައިވަންތަކަން ނަގާލައި ސިޔާސީ ބޭނުމަށް އެފަދަ ހަބަރުތައް ފެތުރުން ހުއްޓާލަން އެ މަރުކަޒުން ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox