ހުޅަނގުން ޔޫކްރެއިނަށް ހަތިޔާރު ދިނުން ހުއްޓާލަން ޕުޓިން ގޮވާލައްވައިފި

ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (މޭ 3) - ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ގޮވާލައްވައިފި އެވެ.

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯންއާ އެކު ބޭއްވި މަޝްވަރާގައި ޕުޓިން ވިދާޅުވީ ހަމަނުޖެހުން ނިންމަން ޔޫކްރެއިނުން މަޝްވަރާގައި "ސީރިއަސްކޮށް" ބައިވެރި ނުވާ ކަމަށެވެ.

ޔޫކްރެއިންގެ ސިފައިން ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމަށް ތުހުމަތު ކުރައްވަމުން ޕުޓިން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން އުޅޭ ކަމަށެވެ.

ޕުޓިން ވިދާޅުވީ "ޖަރީމާތައް ހުއްޓުވުމުގެ ގޮތުން ހުޅަނގުން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލައި ޔޫކްރެއިން ސަރުކާރަށް ޕްރެޝަރު ކުރެވޭނެ" ކަމަށެވެ.

އޭގެ އިތުރުން ހަމަނުޖެހުން ނިމުމަކަށް ގެންނަން "ސީރިއަސް މަސައްކަތެއް" ކުރަން ޔޫކްރެއިން ސަރުކާރުން ތައްޔާރު ނޫން ކަމަށް ވެސް ޕުޓިން ތުހުމަތު ކުރެއްވި އެވެ.

"ރަޝިއާގެ ފަޅި އަދިވެސް މި އޮތީ މަޝްވަރާއަށް ހުޅުވިފައި،" މެކްރޯންއާ އެކު ކުރެއްވި މަޝްވަރާގައި ޕުޓިން ވިދާޅުވި ކަމަށް ރަޝިއާ ސަރުކާރުން ބުންޏެވެ.

މެކްރޯން ވިދާޅުވީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރަށް ބޮޑު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، ޕުޓިންއާ ސީދާ މަޝްވަރާ ކުރިއަށް ގެންދާ މަދު ހުޅަނގުގެ ވެރިންގެ ތެރޭގައި މެކްރޯން ހިމެނިވަޑައިގަންނަވަ އެވެ.

އެގޮތުން ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް މެކްރޯން އާއި ޕުޓިން ގިނަ ވަގުތުތަކެއް ފޯން ކޯލް މެދުވެރިކޮށް މަޝްވަރާ ކުރައްވަ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު 13 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގައި އުފެދުނު އެންމެ ބޮޑު ރެފިއުޖީންގެ ކާރިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox