ސޯޝަލް އިންޑޯގައި އޭސީ ހަރުކުރުމުން ބަދަލު އިހުސާސް ކުރެވޭނެ: މިނިސްޓަރު

May 1, 2022, 1:03 AM
ޓީޓީ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީޓީ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅެން ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުރެވޭ މަރާމާތުގެ މަސައްކަތުގެ ތެރެއިން އޭސީ ހަރުކުރާނެ ކަމަށާއި އޭގެ ސަބަބުން ތަފާތު ފެންނާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލަކީ ގިނަ ކުޅިވަރުތަކެއް ބަރޯސާވެފައި އޮތް ފެސިލިޓީ އެކެވެ. ރާއްޖޭގެ ވޮލީބޯޅަ ސީޒަނާއި ބާސްކެޓްބޯޅަ ސީޒަންގެ މެޗުތައް ސޯޝަލް އިންޑޯ ހޯލުގައި ކުޅޭއިރު، އެ ދެ ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތްތައް ވެސް ވަނީ އެ ތަނުގައި ހޯސްޓްކޮށްފަ އެވެ. އެ ފަހަރުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ކުރިން ކުރެވޭ މަރާމާތުގެ އެކި މަސައްކަތްތަކުގެ ތެރެއިން ސޯޝަލް ސެންޓަރު އިންޑޯގައި ހޫނުގަދަ ވުމުގެ މަސައްކަތް ހައްލުކުރަން ގިނަ ކަންކަން ކުރެވެ އެވެ.

ގައުމީ ވޮލީ އާއި ބާސްކެޓްބޯޅަ ޓީމުތައް ޕްރެކްޓިސްތައް ބާއްވަނީ ވެސް ސޯޝަލް ސެންޓަރު އިންޑޯގަ އެވެ. އެ ތަނުގައި ހޫނުގަދަވުމުގެ ޝަކުވާ ކޮންމެ ކުޅިވަރު ކުޅުންތެރިއަކު ކަހަލަަ ގޮތަކަށް އަންނަނީ ކުރަމުންނެވެ. އަދި އެ ތަނުގެ ހޫނުމިން ހުންނަ މިންވަރުގެ ސަބަބުން ޓީމުތަކުން މުބާރާތްތަކަށް ޖޯޒީ ހަދަނީ ވެސް އެ ކަމަށް ސަމާލުވެގެންނެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މި ތައްޔާރީތަކުގެ ތެރެއިން ސޯޝަލް ސެންޓަރު އިންޑޯގައި ހޫނުގަދަވުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށެވެ.

"30 އަހަރަށް ފަހު މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށް. އިރާދަފުޅާ އެކު ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މުބާރާތަށް ބޮޑު ބަދަލެއް އިހުސާސް ކުރެވޭނެ. ގައުމީ ޓީޓީ ޓީމަށް ސަޕޯޓު ކޮށްދޭން ވަޑައިގެން ދެއްވާތި،" މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. "30 އަހަރަށް ފަހު އިނގޭތޯ"

ސައުތު އޭޝިއާ ޖޫނިއާ ޓީޓީ މުބާރާތުގެ މެޗުތައް ބަލަން ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓަށް ގިނަ ސަޕޯޓަރުން ވެއްދުމުގެ ގޮތުން ހަރަކާތްތައް ރޭވުމަށް ޓީޓީގެ އިސް އޮފިޝަލުންނާއި ޔޫތު މިނިސްޓްރީން އަންނަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ރެކްރިއޭޝަން ކްލަބްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބައްދަލުކުރަމުންނެވެ.

މި ފަހަރުގެ ސަރަހައްދީ ޖޫނިއާ މުބާރާތުގައި ސާކްގެ ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާނެ އެވެ. މިއީ 2018 ގައި ބޭއްވި ޖޫނިއާ މުބާރާތަށް ފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އަދި ކެޑޭޓް ކެޓަގަރީގައި ވާދަކުރާނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާން ބައިވެރިވެ އެވެ. މި މުބާރާތަކީ ގައުމުތަކުގެ ޓޭބަލް ޓެނިސްގެ މުސްތަގުބަލު ބިނާކުރަން އިސް ރޯލެއް އަދާކުރާ މުބާރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox