ރަޝިއާއިން ޕޮލޭންޑާއި ބަލްގޭރިއާއަށް ގޭސް ސަޕްލައި ކުރުން ހުއްޓާލއިފި

ގޭޒްޕްރޮމްއަކީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ކުންފުނި. -- ފޮޓޯ: ގްލޮބީޗޯ

ގޭޒްޕްރޮމްއަކީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ކުންފުނި. -- ފޮޓޯ: ގްލޮބީޗޯ

ރަޝިއާއިން ސަޕްލައި ކުރާ ގޭހަށް ރޫބްލްސްއިން އަގު ދައްކަމުން ނުދާތީ، ޕޮލޭންޑާއި ބަލްގޭރިއާއަށް ގޭސް ފޯރުކޮށްދިނުން ހުއްޓާލައިފި އެވެ.

ޔޫރަޕަށް ގޭސް ފޯރުކޮށްދޭ މައި ކުންފުންޏަކީ ރަޝިއާގެ ގޭޒްޕްރޮމް އެވެ. އެ ކުންފުނިން ސަޕްލައި މެދުކަނޑާލި ފުރަތަމަ ދެ ގައުމަކީ ޕޮލޭންޑާއި ބަލްގޭރިއާ އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން، ހުޅަނގުން އެޅި ފިޔަވަޅުތަކަށް ރައްދެއްގެ ގޮތުން ރަޝިއާއިން ޑިމާންޑް ކުރީ ގޭހަށް ރޫބްލްސްއިން ފައިސާ ދެއްކުމަށެވެ.

"ރޫބްލްސްއިން ފައިސާ ދައްކަމުން ނުދާތީ ގޭސްޕްރޮމްއިން ވާނީ ބަލްގޭރިއާ އާއި ޕޮލޭންޑަށް ސަޕްލައި ކުރުން ހުއްޓާލާފައި،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕޮލޭންޑާރި ބަލްގޭރިއާއިން ބުނީ ގޭޒްޕްރޮމްއިން އަމަލު ކުރީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. ގޭޒްޕްރޮމްއަކީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ކުންފުންޏެވެ.

"އެކުވެރި ނޫން" ގައުމުތަކުން ރޫބްލްސްއިން އަގު ނުދައްކާ ނަމަ ގޭސް ސަޕްލައި ކަނޑާލާނެކަމުގެ އިންޒާރު ރަޝިއާއިން ދިނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

"އެއްވެސް ބަޔަކު އަޅުގަނޑުމެންނަށް ވެސް ހިލޭ އެއްވެސް އެއްޗެއް ނުވިއްކާ. އެހެންވީމާ އަޅުގަނޑުމެން ވެސް ހިލޭ ސާބަހަށް އެއްޗެހި ބަހާކަށް ނޫޅެން. އޭގެ މާނައަކީ މިހާރު ހުރި ކޮންޓްރެކްޓުތައް ހުއްޓާލެވޭނެއޭ،" ރައީސް ލެޑިމިއަ ޕުޓިން އޭރު ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކާއި ކުންފުނިތަކުން ބުނީ ރޫބްލްސްއިން އަގު ދައްކަން ޑިމާންޑް ކުރުމަކީ ރަޝިއާއިން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ހިލާފު ޑިމާންޑެއް ކަމަށެވެ. އެއްބަސްވުންތަކުގެ ދަށުން އަގު ދައްކަން ކަނޑައަޅާފައި އޮންނަނީ ޔޫރޯ ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

އެމެރިކާ އާއި ކެނެޑާއިން ރަޝިއާގެ ގޭހާއި ތެޔޮ ބޭނުން ކުރުން ހުއްޓާލި ނަމަވެސް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ ފިޔަވަޅެއް ނާޅަ އެވެ. އީޔޫގެ ގައުމުތަކަށް ބޭނުންވާ ހަކަތަ އުފައްދަން ރަޝިއާގެ ގޭހާއި ތެލުގެ ސަޕްލައިއަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

އީޔޫއިން ބޭނުން ކުރާ ގޭހުގެ 40 ޕަސެންޓު އަދި ތެލުގެ 30 ޕަސެންޓު ލިބެނީ ރަޝިއާއިންނެވެ. ސަޕްލައި ހުއްޓިއްޖެ ނަމަ، ފަސޭހަކޮށް އެހެން ދިމާލަކުން އެ ތަކެތި ލިބޭނެ ގޮތެއް ވެސް ނެތެވެ. އީޔޫއަށް ގޭސް ފޯރުކޮށްދީގެން ރަޝިއާއިން ކޮންމެ ދުވަހަކު ވެސް 400 މިލިއަން ޔޫރޯ ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox