ކޮވިޑާ ގުޅިގެން ނިއުޒީލޭންޑް ސަރުކާރުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ނިންމައިފި

އެއާ ނިއުޒީލޭންޑްގެ ބޯޓުތަކެއް. -- ފޮޓޯ: އައިސްޓޮކް

އެއާ ނިއުޒީލޭންޑްގެ ބޯޓުތަކެއް. -- ފޮޓޯ: އައިސްޓޮކް

ކޮވިޑާ ގުޅިގެން ބޯޑަރު ކޮންޓްރޯލް ކުރަން ނިއުޒީލޭންޑް ސަރުކާރުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް އެ ގައުމުގެ ކޯޓަކުން ކަނޑައަޅައިފި އެވެ.

ފަނޑިޔާރު ޖިލިއަން މެލަން ނެރުއްވި 140 ސަފްހާގެ ނިންމުމުގައިވާ ގޮތުން އައިސޮލޭޝަނާއި ކަރަންޓީން ކުރިއަށް ގެންދިޔަ ގޮތުން ވަކިވަކި ހާލަތްތަކަށް ބަލައި އިސްކަން ދީ އަދި ލުއި ދީފައެއް ނުވެ އެވެ.

ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނީ އެ ފިޔަވަޅުތަކުގެ ސަބަބުން ނަމަވެސް، ފަރުދުންގެ ހާލަތަށް ބަލާފައި ނުވާތީ ހައްގުތަކަށް އުނިކަން ލިބިފައިވާ ކަމަށް ނިންމުމުގައިވެ އެވެ.

ސަރުކާރުން އަމަލު ކުރީ "ގާނޫނާ ހިލާފަށް" ކަމަށާއި ނިއުޒީލޭންޑްގެ ކޮންމެ ރައްޔިތަކަށް ވެސް ގައުމަށް އެތެރެވުމުގެ ހައްގު އޮންނަ ކަމަށް ފަނޑިޔާރު މެލަންގެ ނިންމުމުގައިވެ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ގެންގުޅުނު ބޯޑަރު ފިޔަވަޅުތަކާ ދެކޮޅަށް ވެލިންގްޓަންގެ ހައި ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު "ގްރައުންޑަޑް ކިވީޒް" ގްރޫޕުންނެވެ.

އެ ގްރޫޕަކީ ކޮވިޑް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވަކާލާތު ކުރާ ގްރޫޕެކެވެ. އެ މީހުން ބުނީ ގައުމުން ބޭރުގައި ތިބި ނިއުޒީލޭންޑް ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބިފައިވާ ކަމަށާއި ގައުމަށް އެނބުރި އަންނަން އުޅެ، ތަކުރާރުކޮށް ނާދެވުމުން ރައްޔިތުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ވަކިން ހާއްސަކޮށް ފާހަގަކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ތަންފީޒު ކުރި އުސޫލުތަކަށެވެ.

އެ މުއްދަތުގައި އައިސޮލޭޝަނާއި ކަރަންޓީނުވުމަށް ސަރުކާރުން ކަނޑައެޅި ކޮޓަރިތައް ފުރި، އެތައް ހާސް ބަޔަކަށް ގައުމަށް އެނބުރި ނާދެވި ތިބެން ޖެހުނެވެ.

އެގޮތުން ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މަރުވުމުން، ޖަނާޒާގައި ބައިވެރިވާން ނިއުޒީލޭންޑަށް އެތެރެ ވާން މަސައްކަތް ކުރި މަންމައަކަށް، އެ ހުއްދަ ނުލިބުނު ކަމަށް ކޯޓަށް ވެއްދި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ފިރިހެން ދަރިފުޅު ކެންސަރަށް ފަރުވާ ކުރަން ފެށުމުން، އެހީވުމަށް ނިއުޒީލޭންޑަށް ދާން މަސައްކަތް ކުރި މަންމައަކަށް ވެސް ހުއްދަ ދީފައެއް ނުވެ އެވެ.

ނިއުޒީލޭންޑަށް އެތެރެވާ އެ ގައުމުގެ ރައްޔިތުން އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ މެދު ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އަލްބޭނިއާގައި ހަމަނުޖެހުން ހިނގާތާ ހަތް ދުވަސް

އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށާއި ކޮރަޕްޝަނާ ދެކޮޅަށް ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ހަތް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައިވާއިރު، ފުލުހުން އާންމުންނަށް އަނިޔާކޮށް ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައެވެ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

190 ކުދިން މަރާލި ކަލްޓް ލީޑަރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ބުނެ 190 އަށް ވުރެ ގިނަ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ އާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. މި ގަތުލުއާންމާ ގުޅިގެން މެކެންޒީގެ މައްޗަށް މީހުން މެރުމުގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގެ ދައުވާތައް ވެސް އުފުލާފައިވާއިރު، އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުއެވެ. ޝަކަހޯލާ ޖަންގަލީގައި ހިންގި މި ލާއިންސާނީ އަމަލުތަކުގައި ޖުމްލަ 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަހުގީގުތަކުން ދައްކައެވެ.

ސައުދީގައި ބަންގްލަދޭޝް ދެ މީހުންނަށް މަރުގެ އަދަބު

މައްކާގެ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލެއް ހިންގިކަން ސާބިތުވި ބަންގްލަދޭޝްގެ ދެ މީހަކަށް، އިސްލާމީ ޝަރީއަތުގެ ތައުޒީރީ އަދަބުގެ ދަށުން ސައުދީ އަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މިކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އަންނަނީ އެ މައްސަލައިގެ އިތުރު ތަފުސީލު ހޯދުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރަމުންނެވެ.

އޮސްޓްރޭލިއާ ޕާލަމެންޓު މެމްބަރެއްގެ ގައިގައި ކާރަކުން ޖައްސައިފި

އޮސްޓްރޭލިއާގެ ޕާލަމެންޓު މެންބަރު ހެލެން ހެއިންސްގެ ގައިގައި ކާރަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ބޮޑުވަޒީރު އެލްބަނީޒީ ވަނީ މިއީ ގަސްދުގައި ދީފައިވާ ހަމަލާއަކަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޮސްޓްރޭލިއާގެ ސިޔާސީ ބޭފުޅުންނަށް ކުރިމަތިވާ މިފަދަ ނުރައްކާތައް އިތުރުވަމުންދާކަން ހޯމް އެފެއާޒް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox