އައިޕީއެލް 2022: ޕަންޖާބު އަތުން ބަލިވެ ޗެންނާއީ ކަރުތާ ފެނަށް

Apr 26, 2022, 12:24 AM
ޗެންނާއީ ޓީމުގެ ދޯނީ ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އެންޑީޓީވީ ސްޕޯޓްސް

ޗެންނާއީ ޓީމުގެ ދޯނީ ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އެންޑީޓީވީ ސްޕޯޓްސް

މުމްބާއީ، އިންޑިއާ (އޭޕްރީލް 26) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގައި ޕަންޖާބު ކިންގްސް އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަ ކިންގްސް ލީގު ބުރުން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ކްރިކެޓު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އެ ޓީމަށް ޕްލޭ އޮފް ބުރުން ފުރުސަތު އޮތީ ބާކީ ކުޅެން އޮތް ހަ މެޗުން މޮޅުވެގެންނެވެ. އެންމެ މެޗަކުން ދެން ބަލިވިޔަސް ޗެންނާއީ ލީގު ބުރުން ކަޓާނެކަން ޔަގީންވާނެ އެވެ. ޗެންނާއީ ކެޓުމާއި ގާތުގައި އޮތްއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް މުމްބާއީ އިންޑިއަންސް ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން ބަލިވެ ކަޓައިފަ އެވެ.

ޕަންޖާބު ކިންގްސް އަތުން ޗެންނާއީ ބަލިވީ 11 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ޗެންނާއީން ނިންމީ ފުރަތަމަ ޕަންޖާބަށް ބެޓްކުރަން ފުރުސަތު ދޭށެވެ.

ޕަންޖާބު ކުޅެން އަރައި 20 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 187 ލަނޑު ހެދި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕަންޖާބުގެ ޝިކަރު ދަވަން ނުބައި ނުވެ 59 ބޯޅައިން 88 ލަނޑު ހެދިއިރު، ބަނުކާ ރާޖަޕަކްސަ 32 ބޯޅައިން 42 ލަނޑު ހެދި އެވެ.

ޖަވާބުގައި ޗެންނާާއީ ކުޅެން ނުކުމެ 20 އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ހަތް އޯވަރު ނިމުނުއިރު މުހިންމު ތިން ބެޓްސްމަނުން ކަމަށްވާ ރޮބިން އުތައްޕާ، މިޝެލް ސެންޓްނާ އަދި ޝިވަން ދުބޭ ނުބައިވުމެވެ. އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 78 ލަނޑު ހެދި އަންބަތީ ރަޔޫޑޫ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމް މޮޅުކޮށްދިން ތަޖުރިބާކާރު ކުޅުންތެރިޔާ މަހިންދްރަ ސިންގް ދޯނީ އަށް ހެދުނީ އެންމެ 12 ލަނޑެވެ.

މި މެޗުން ހޯދި މޮޅާ އެކު ޕަންޖާބަށްވަނީ ޕްލޭ އޮފް ޖާގަ އެއް ހޯދުމުގެ އުއްމީދު އާވެފަ އެވެ. ބާކީ އޮތް ހަ މެޗުގެ ތެރެއިން އެ ޓީމް މޮޅުވާން ޖެހެނީ ހަތަރު މެޗުންނެވެ. އަދި މި މޮޅާ އެކު އެ ޓީމު ވަނީ ތާވަލްގެ ހަ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ.

ޕްލޭ އޮފް ބުރަށް ކޮލިފައިވުމުގެ އެންމެ ފަހި ފުރުސަތެއް އޮތީ ގުޖުރާތު ޓައިޓަންސް އަށެވެ. ބާކީ އޮތް ހަތް މެޗުން އެ ޓީމަށް ބޭނުންވަނީ އެންމެ ދެ މޮޅެވެ. ސަންރައިޒާސް ހައިދްރާބާދު، ރާޖަސްތާން ރޯޔަލްސް، ލަކްނޯ ސުޕަ ޖަޔަންޓްސް އަދި ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ޕްލޭއޮފްގެ ޖާގަ އެއް ކަށަވަރު ކުރަން ބާކީ ހުރި މެޗުތަކުން ބޭނުންވަނީ ތިން މޮޅެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ބެންގަލޫރާއި ރާޖަސްތާނެވެ. ރާއްޖެ ގަޑިން 18:30 ގައި ފަށާ މި މެޗަކީ ކުރިއަށް ހުރި މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ އެއް މެޗަށް ވާނެ އެވެ. ސަބަބަކީ ރާޖަސްތާން ރަނގަޅު ފޯމެއްގައި އޮތުމާއި، އެންމެ ފަހުން ކުޅުނު މެޗުގައި ބެންގަލޫރު ބޮޑު ތަފާތަކުން ބަލިވެފައި އޮތުމެވެ. މި ދެ ޓީމް ލީގު ބުރުގައި މީގެ ކުރިން ކުޅުނު މެޗު ފަސް ވިކެޓުން ކާމިޔާބުކުރީ ބެންގަލޫރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox