މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ނިންމައިފި

Apr 26, 2022, 2:52 AM
މާފަންނު ސްޓޭޑިއަމްގައި އ

މާފަންނު ސްޓޭޑިއަމްގައި އ

މާލެ ސިޓީގެ ތިން ސަރަހައްދެއްގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން އިސްލާމިކް މިނިސްޓްރީ ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް، އަދި ވިލިމާލޭ ބަނދަރު ސަރަހައްދުގައި ކަމަށެވެ.

މާފަންނު ސްޓޭޑިއަމްގެ ބޮޑު ޖަމާއަތުގައި 20،000 އަށް ވުރެ ގިނަ މީހުންގެ ޖާގަ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި ހުޅުމާލޭގެ ސްޓޭޑިއަމްގައި ނަމާދު ކުރަން 9،000 މީހުންނަށް ވަދެވޭނެ ޖާގަ އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ބުނެ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައި ވާއިރު، އިސްލާމިކް މިިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައަކާއި، ފެންފުޅިއެއް ގެނައުމަށެވެ. އަދި ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް ބުނެފައިވެ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމި ނަމަވެސް މޫސުން ތަން ނުދޭ ނަމަ ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ މެއި މަހުގެ ދެ ވަނަ ދުވަހެވެ.

ވޭތުވެދިޔަ އަހަރު އިސްލާމީ މަރުކަޒުގައި އީދު ނަމާދު ކުރީ މީހުން މާސްކު އަޅައިގެން ތިބެ، ގައި ދުރުކޮށް ސަފު ހަދައިގެންނެވެ. -- ފޮޓޯ: އަދަދު ފައިލް
ވޭތުވެދިޔަ އަހަރު އިސްލާމީ މަރުކަޒުގައި އީދު ނަމާދު ކުރީ މީހުން މާސްކު އަޅައިގެން ތިބެ، ގައި ދުރުކޮށް ސަފު ހަދައިގެންނެވެ. -- ފޮޓޯ: އަދަދު ފައިލް

ވޭތުވެދިޔަ އަހަރު އިސްލާމީ މަރުކަޒުގައި އީދު ނަމާދު ކުރީ މީހުން މާސްކު އަޅައިގެން ތިބެ، ގައިދުރުކޮށް ސަފު ހަދައިގެން. -- ފޮޓޯ: އަދަދު ފައިލް

މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެެވެ. އެއަށް ފަހު 2018 އާ ހަމައަށް ބޮޑު ޖަމާއަތުގައި ނަމާދު ކުރި އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ސްޓޭޑިއަމްގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބޭއްވުނީ މޫސުން ގޯސްވެ، ވާރޭ ވެހުމުގެ ސަބަބުންނެވެ. ވޭތުވެ ދިޔަ ދެ އަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވުނީ، ކޮވިޑް ފެތުރެމުން ދިއުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox