ހައިކޯޓުގެ ދެ ގާޒީއަކު ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވަައިފި

Apr 25, 2022, 10:00 AM
ވަކިކުރަން ނިންމި ދެ ފަނޑިޔާރުން: ސުލޫކީ މައްސަލައެއް ވަނީ ސާބިތުވެފައި

ވަކިކުރަން ނިންމި ދެ ފަނޑިޔާރުން: ސުލޫކީ މައްސަލައެއް ވަނީ ސާބިތުވެފައި

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރު ކަމުން ވަކި ކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ އާއްމު އުސޫލާ އެއްގޮތަށް މިއަދު އެ މައްސަލަ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޝަރުއީ ދާއިރާގެ މައްސަލަތައް ދިރާސާކުރާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކަމަށް ވާތީ ޖޭއެސްސީގެ ހުށަހެޅުން ފޮނުވީ އެ ކޮމިޓީއަށެެވެ. ދެ ފަނޑިޔާރުން ވަކިކުރުމާއި މެދު މަޖިލީހުން ގޮތެއް ނިންމާނީ އެ ކޮމިޓީން ދިރާސާކޮށް އެކުލަވައިލާ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހުގަ އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅަން ފާސްކުރީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުންނެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ އެވެ.

ޖޭއެސްސީން ބުދަދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުން ކަމަށެވެ. އަދި ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ނިންމި އެވެ. އެހެންވެ, އެ ދެ ފަނޑިޔާރުން ވެސް ވަކިކުރަން ހުށަހަޅަން އެ ކޮމިޝަނުން ފާސްކުރީ އެވެ.

ގާނޫނުގައި އޮންނަ ގޮތުން, ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ކޮމިޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ.

އެނގިފައިވާ ގޮތުގައި މި ދެ ފަނޑިޔާރުން ފްލެޓް ހަމަޖައްސާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހައިކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. އެކަން ހިނގީ, ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރި ހުކުމަށް ހައިކޯޓުން ތާއިދުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހަޅަން ޖޭއެސްސީން މިރޭ ނިންމިއިރު, އެ ކޮމިޝަންގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނެވި, ފަނޑިޔާރު އަލީ ސަމީރު ވަނީ މީގެ ދެ ދުވަސް ކުރިން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ފްލެޓް މައްސަލާގައި ފަނޑިޔާރު ރައޫފު އަދި ހަމީދާ ގުޅޭ ގޮތުން ސާބިތުވި ސުލޫކީ މައްސަލައިގެ ތެރޭގައި ފަނޑިޔާރު އަލީ ސަމީރު ވެސް ހިމެނެ އެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ ތިން ފަނޑިޔާރުންނަށް ތުހުމަތުކޮށެވެ.

ވަކިކުރަން ނިންމި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ރައޫފަކީ ސުޕްރީމް ކޯޓުގެ އާ ބެންޗަށް އައްޔަންކުރުމަށް ޖޭއެސްސީން ލަފާ ދެއްވި ބޭފުޅެކެވެ. ނަމަވެސް, އޭނާއާ ގުޅޭ ސުލޫކީ މައްސަލަތަކެއް އޭރު ވެސް އޮތުމާއެކު, އެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ނުފޮނުވަ އެވެ.

ފަނޑިޔާރު ރައޫފަކީ ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު ވެސްމެ އެވެ. އޭނާ ވަނީ މީގެކުރިން ޖޭއެސްސީ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ފަނޑިޔާރު ހަމީދަކީ, ހައިކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އެގޮތުން, ފަނޑިޔާރު ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2007 ވަނަ އަހަރު އެވެ. ފަނޑިޔާރު ހަމީދު ވަނީ މީގެކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox