އިންޑިއާ ކްލަބަކަށް ކުޅެން ޑިއޭގޯ ކޮސްޓާ އަދި ބޭނުމެއް ނޫން

Apr 25, 2022, 8:32 AM
އިންޑިއާ ކްލަބަކަށް ކުޅެން ޑިއޭގޯ ކޮސްޓާ އަދި ބޭނުމެއް ނޫން

ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ ފޯވާޑް ޑިއޭގޯ ކޮސްޓާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށް ކުޅެން ލިބުނު ހުށަހެޅުން ދޫކޮށްލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮސްޓާ، 33، އަށް އޭޓީކޭ އިން ހުށަހެޅީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެކެވެ. އެއީ މަހަކު 140،000 ޑޮލަރަށެވެ. އެކަމަކު، ކޮސްޓާ އެ ހުށަހެޅުން ދޫކޮށްލަން ނިންމީ އަލުން ޔޫރަޕްގެ ކްލަބަކާ ގުޅެން ބޭނުންވާތީ އެވެ. ކޮސްޓާ ގެންނަން އޭޓީކޭ އިން ބޭނުންވީ ކުރިއަށް އޮތް އޭއެފްސީ ކަޕާއި އިންޑިއަން ސުޕަ ލީގަށެވެ.

"ކޮސްޓާ ބުނީ އިންޑިއާގެ ކްލަބަކާ ގުޅެން މި ވަގުތު ޝައުގުވެރިކަމެއް ނެތް ކަމަށް،" އޭޓީކޭގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާ ނޫހަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކޮސްޓާ އެންމެ ފަހުން ކުޅެފައިވަނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ އަށެވެ. އެތުލެޓިކޯ މިނެއިރޯ އިން 50 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބްރެޒިލްގެ ލީގު ކާމިޔާބުކޮށްދޭން އެހީތެރިވި ކޮސްޓާ ވަނީ މިދިޔަ ޖެނުއަރީ މަހު އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައިފަ އެވެ. ކޮސްޓާ، އެތުލެޓިކޯ މިނެއިރޯއާ އެކު ކޮންޓްރެކްޓްގައި ހުރީ މި އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށެެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮސްޓާގެ ވިސްނުން ހުރީ ޔޫރަޕްގެ ކްލަބަކާ ގުޅި މި އަހަރު ފަހު ކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ސްޕެއިން ސްކޮޑުން ފުރުސަތު ލިބޭތޯ މަސައްކަތް ކުރުމަށެވެ.

ޕޯޗުގަލްގެ ސްޕޯޓިން ބްރާގާ އިން 2006 ވަނަ އަހަރު ކެރިއަރު ފެށި ކޮސްޓާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2010 ވަަނަ އަހަރު އެތުލެޓިކޯ މެޑްރިޑްގައި ދައްކަން ފެށި ކުޅުމުގެ ސަބަބުންނެވެ. އޭގެ ފަހުން 2014 އިން 2017 އަށް އިންގްލެންޑްގެ ޗެލްސީގައި ވެސް ކޮސްޓާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ޗެލްސީ އިން ވަކިވެ، 2017 ވަނަ އަހަރު އެތުލެޓިކޯ އަށް އަލުން ބަދަލުވުމަށް ފަހު އެ ޓީމަށް 2020 ވަނަ އަހަރުގެ ނިޔަލަށް ކުޅުނެވެ. އެތުލެޓިކޯ ދޫކޮށްލައި، ހަތް މަސް ދުވަހު ކްލަބަކާ ނުގުޅި ހުރުމަށް ފަހު އެތުލެޓިކޯ މިނެއިރޯ އަށް ސޮއިކުރީ މިދިިޔަ އަހަރުގެ އޮގަސްޓް މަހުގަ އެެވެ. އަދި މިހާރު ވަނީ އެ ހަ މަސް ދުވަސް ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox