ފަހު ވަގުތު ޖެހި ގޯލުން މޮޅުވެ މިލާން އަލުން އެއް ވަނަ އަށް

Apr 24, 2022, 9:04 PM
މިލާން މޮޅުވި ގޯލު ޖެހުމަށް ފަހު ޓޮނާލީ.-- ފޮޓޯ: އޭއެފްޕީ

މިލާން މޮޅުވި ގޯލު ޖެހުމަށް ފަހު ޓޮނާލީ.-- ފޮޓޯ: އޭއެފްޕީ

ރޯމް، އިޓަލީ (އޭޕްރީލް 24) - ފަހު ވަގުތު ޖެހި ގޯލުން ފަހަތުން އަރައި 2-1 އިން ލާޒިއޯ ބަލިކޮށް އޭސީ މިލާނުން މިރޭ އިޓާލިއަން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ރޭ ރޯމާ އަތުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ވަނީ ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. އެކަމަކު، މިރޭ މިލާނުން މޮޅުވުމުން އެ ޓީމަށް ވަނީ އަލުން އެއް ވަނަ ލިބިފަ އެވެ. މިލާން އެއް ވަނައިގައި އޮތީ 34 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 33 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ. މެޗު ހަމަކުރާއިރު، އެއް ވަނަ އަށް އެރުމުގެ ފުރުސަތު އިންޓަ އަށް އެބައޮތެވެ.

ރޯމްގެ މަޝްހޫރު އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލާޒިއޯގެ ފޯވާޑް ޗީރޯ އިމޯބިލޭ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ ސާގޭ މިލިންކޮވިޗް ސަވިޗް އަރިމަތިން ހުސްކޮށްލާފައި ނެގި ބޯޅައަކުން އޭރިއާތެރެއަށް ވަދެ، އިމޯބިލޭ ޖެހި ގޯލެކެވެ.

ލާޒިއޯގެ ގޯލަށް ފަހު މިލާނުން ކުރިއަށް ޖެހިގެން ކުޅެ، ނަތީޖާ ހަމަހަމަކުރެވޭތޯ ބެލި އެވެ. ފުރަތަމަ ހާފުގައި މިލާނުން ވަނީ ޕެނަލްޓީއެއް ހޯދަން ވެސް އެޕީލްކޮށްފަ އެވެ. އެއީ ލާޒިއޯގެ ލުއިސް އަލްބާޓޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ އެވެ.

ފުރަތަމަ ހާފު ނިމުނުއިރު، ލާޒިއޯ އެއް ގޯލުން ކުރީގައި އޮތުމުން މިލާނުން ދެ ވަނަ ހާފަށް ނުކުތީ އެޓޭކިން ޕްލޭނަކާ އެކު އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ މިލާނަށް އެއްވަރުކޮށްދިނީ އޮލީވިއޭ ޖިރޫޑް އެވެ. މިއީ މެޗުގެ 50 ވަނަ މިނިޓްގައި ރަފައެލް ލެއާއޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ވެއްޓިގެންފައި ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން ޖިރޫޑް ޖެހި ގޯލެކެެވެ.

އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ޓޮނާލީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމަށް ފަހު އުފާފާޅުކުރަނީ.

މިލާނުން ވަނީ ފަހު 20 މިނިޓަށް ތިން ބަދަލެއް ގެނެސްފަ އެވެ. ޒްލަޓާން އިބްރަހިމޮވިޗާއި އަންޓޭ ރެބިޗް އަދި ރާޑޭ ކްރުނިޗް ކުޅެން އެރުވި އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި އިބްރަހިމޮވިޗް ޖެހި ބޯޅައެއް ލާޒިއޯ ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. މިލާން މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެެވެ. އޭރިއާތެރެއިން އިބްރަހިމޮވިޗް ބޮލުން ޖައްސާލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ސަންޑްރޯ ޓޮނާލީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލާޒިއޯ ކީޕަރު ތޯމަސް ސްޓްރަކޯސާ އަތުގައި ޖެހިފަ އެވެ.

ލީގުގެ ތިން ވަަނައިގައި އޮތް ނަޕޯލީ ވަނީ މިރޭ އެމްޕޮލީ އަތުން 3-2 އިން ބަލިވެފަ އެވެ. ނަޕޯލީން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް އެމްޕޮލީން ނަތީޖާ އަނބުރާލީ މެޗުގެ ފަހު ކޮޅުގައި ހަތް މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. މިއާ އެކު ލީގުގެ ރޭހުގައި ނަޕޯލީ އަށް ވަނީ ބޮޑު ވެއްޓުމެއް ކުރިމަތިވެފަ އެވެ.

ނަޕޯލީ ތިން ވަނައިގައި އޮތީ 34 މެޗުން 67 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 33 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ރޯމާ އަށް 34 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ފިއޮރެންޓީނާ އާއި ހަތް ވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ފިއޮރެންޓީނާ 33 މެޗު ކުޅުނުއިރު، ލާޒިއޯ ވަނީ 34 މެޗު ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox