މި އަހަރު ނިމުމުގެ ކުރިން ޖަރުމަނުން ރަޝިއާގެ ތެޔޮ އިމްޕޯޓް ކުރުން ހުއްޓާލަނީ

ޖަރުމަނަށް ބޭނުންވާ ތެލުގެ 25 ޕަސެންޓް އެތެރެ ކުރަނީ ރަޝިއާއިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޖަރުމަނަށް ބޭނުންވާ ތެލުގެ 25 ޕަސެންޓް އެތެރެ ކުރަނީ ރަޝިއާއިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

މި އަހަރު ނިމުމުގެ ކުރިން ޖަރުމަނުން ރަޝިއާގެ ތެޔޮ އެތެރެ ކުރުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފި އެވެ.

"ހޫނު މޫސުން އައުމުގެ ކުރިން ރަޝިއާގެ ތެލުގެ އިމްޕޯޓްތައް 50 ޕަސެންޓު މަދުކޮށް، މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ހުއްޓާލާނަން. އޭގެ ފަހުން ގޭސް ވެސް އެތެރެ ކުރުން ހުއްޓާލާނަން،" ފޮރިން މިނިސްޓަރު އަނަލީނާ ބެއާބޮކް ވިދާޅުވި އެވެ.

މިހާރު ޖަރުމަނަށް ބޭނުންވާ ތެލުގެ 25 ޕަސެންޓު އަދި ގޭހުގެ 40 ޕަސެންޓު އެތެރެ ކުރަނީ ރަޝިއާއިންނެވެ. ކުއްލިއަކަށް ސަޕްލައި ހުއްޓިއްޖެ ނަމަ އިގްތިސާދު އިނދަޖެހުމުގެ ނުރައްކާ ބޮޑެވެ.

އެމެރިކާއިން ވެސް ރަޝިއާގެ ތެޔޮ އިމްޕޯޓް ކުރުން ހުއްޓާލާފައިވާ އިރު، މީގެ ކުރިން އިނގިރޭސިވިލާތުން ވެސް ބުނީ މި އަހަރު ނިމުމުގެ ކުރިން ހުއްޓާލާނެ ކަމަށެވެ.

ޖަރުމަނު ފޮރިން މިނިސްޓަރު ވިދާޅުވީ ރަޝިއާގެ ގޭހާއި ތެލަށް ބަރޯސާވުން ހުއްޓަން އެ ގައުމުން އަމަލު ކުރާނީ "ޔޫރަޕްގެ މަގުޗާޓާ" އެއް ގޮތަށް ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ޔޫރަޕް ގައުމުތަކުން ހަކަތަ ހޯދުމަށް ރަޝިއާއަށް ބަރޯސާވުން ހުއްޓުވުމެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިއާގެ ތެލާއި ގޭހާ ދުރަށް ޖެހެން ނިންމީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެންނެވެ. މީގެ ކުރިން ޖަރުމަނުން ބުނީ އެއީ އަމަލު ކުރަން އުނދަގޫ ނިންމުމެއް ކަމަށެވެ.

އެހެންވެ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ރަޝިއާގެ ހަތަކަ އެއްކޮށް މަނާ ނުކުރެވެނީ ޖަރުމަނާއި ހަންގޭރީއާ ހެދި ކަމަށް ޒެލެންސްކީ ތުހުމަތު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox