މައިނޯރިޓީއަށް ބަހުސްކުރަން ޖާގަ ނުދޭތީ ލީޑަރު ރުޅިގަދަވެއްޖެ

މަޖިލީހުގެ ޖަލްސާއެއްގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގަންނަވަނީ -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގަންނަވަނީ -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ ބޭނުންކޮށްގެން ތަޅުމުގައި އިދިކޮޅުގެ އަޑުކަނޑުވާލައި، ރަނގަޅަށް ބަހުސްކުރަން ޖާގަ ނުދޭ ކަމަށް ވިދާޅުވެ, މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ނުރުހުން ފާޅު ކުރައްވައިފި އެވެ.

ރާއްޖޭގައި މުވަައްޒަފަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނއެޅުމަށް ފަހު، އެއާ ގުޅުވައި، ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލިކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މިއަދު ކުރިއަށް ދިޔަ ބަހުސްގައި މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިގޮތުން، ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ވާލްޑް ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓާ ހަވާލާ ދެއްވައި ސައީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

ސައީދު ވާހަކަ ދައްކަވަމުން ގެންދެވިއިރު، އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި އެ ވާހަކަ އަށް ހުރަސްއަޅަން މަސައްކަތް ކުރައްވައިފަ އެވެ. އިދިކޮޅު މެމްބަރުން ބަހުސް ކުރައްވާއިރު، އެމްޑީޕީގެ މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނެގުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

ސައީދުގެ ވާހަކަ ނިންމާލެވުމާއެކު، ސަލީމް މިއަދު ވަނީ އެކަމާ ދެކޮޅަށް ތެދުވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ ނުވަ މެމްބަރުން ތިބޭއިރު، މައިނޯރިޓީއަށް މިހާރަށްވުރެ ބޮޑަށް އިހުތިރާމް ކުރަންޖެހެ އެވެ.

"މައިނޯރިޓީގެ ހައެއްކަ މީހުން ތިބޭއިރު، އެ މީހުން ވާހަކަ ދައްކަން ފަށާއިރަށް 65 މީހުން ނުކުމެ ނިޒާމީ ނުކުތާ ނަގައިގެން ވާހަކަ ހުއްޓުވުމަކީ ވަރަށް ނިކަމެތި ކަމެއް،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ހުންނަވާ ސަލީމް ވިދާޅުވި އެވެ.

އެ ހިސާބުން ނިންމާ ނުލައްވައި، ރިސޯޓު ހިންގާ ފަރާތްތަކުން އެދުމުގެ ކުރިން މިނިމަމް ވޭޖާ ގުޅުވައި ރިސޯޓު ކުލި ކުޑަކުރަން އުޅެނީ ކޮންމެވެސް ޑީލެއްގެ ދަށުން ކަމަށް ސައީދު ކުރެއްވި ތުހުމަތު ސަލީމް ވެސް ނުސީދާކޮށް ތަކުރާރު ކުރެއްވި އެވެ.

"ދިވެހި ސަރުކާރު ވިޔަފާރިވެރިންގެ އަތްދަށުވެފައި އޮވެގެން ނުވާނެ. އެހެންވެއްޖެއްޔާ ސަރުކާރު އިސްތިއުފާ ދީފަ ގެއަށްދޭ،" ސަލީމް ވިދާޅުވި އެވެ.

ނިޒާމީ ނުކުތާތައް ނަގައިގެން އިދިކޮޅުގެ ވާހަކަތައް ހުރަސް ނޭޅުމަށް މަޖިލީހުގެ ރިޔާސަތުން ވެސް މީގެ ކުރިން ވަނީ އެމްޑީޕީގެ މެމްބަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox