އުތުރުގެ ރަށެއްގައި ކުޑަ އަންހެން ދެ ކުދިންނަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހދ. ހއ. އަދި ށ. ގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ މަހު 27 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދަށް ވަނީ 10 ދުވަސް ދީފަ އެވެ.
މި މައްސަލަ ފުލުހުންނާއި ޖެންޑައިން ތަހުގީގު ކުރަމުންދާއިރު، މި މަހު ވަނީ ހުޅުމާލޭގައި ޓިއުޝަން ކިޔަވައިދޭ ފިރެހެން ޓީޗަރެއް އޭނާގެ އަންހެން ދަރިވަރަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.













