ޖައްވުގައި ހަ މަސް ހޭދަކުރި ޗައިނާގެ ތިން އެސްޓްރޮނޯޓުން އެނބުރި ދުނިޔެއަށް

ޗައިނާގެ ތިން އެސްޓްރޮނޯޓުން ޖައްވަށް ދަތުރު ކުރީ މީގެ ހަ މަސް ކުރިން. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ ތިން އެސްޓްރޮނޯޓުން ޖައްވަށް ދަތުރު ކުރީ މީގެ ހަ މަސް ކުރިން. -- ފޮޓޯ: އޭއެފްޕީ

ޖައްވުގައި 183 ދުވަސް ނުވަތަ ހަ މަސް ހޭދަ ކުރުމަށް ފަހު ޗައިނާގެ ތިން އެސްޓްރޮނޯޓުން އެނބުރި ދުނިޔެއަށް އައިސްފި އެވެ.

މީގެ ކުރިން ޗައިނާގެ އެސްޓްރޮނޯޓުން މިހާ ގިނަ ދުވަސް ޖައްވުގައި ހޭދަކޮށްފައެއް ނުވެ އެވެ. އެ މީހުން އެނބުރި ދުނިޔެއަށް ދަތުރު ކުރި ކެޕްސޫލް ތިރިކުރީ އުތުރު ޗައިނާއަށެވެ.

އެމެރިކާއާ ވާދައަށް ޗައިނާއިން ހިންގާ ޖައްވީ މިޝަނުން ކާމިޔާބުކަމާ އެކު ޝެންޒައު-13 އުޅަނދުގެ ދަތުރުކޮށްފައިވާ އިރު، އޭގެ ކުރިން ޗައިނާއިން ވަނީ މާސް އާއި ހަނދަށް ކުދި ރޮބޮޓުތަކެއް ފޮނުވާފަ އެވެ.

Advertisement

ޗައިނާގެ ތިން އެސްޓްރޮނޯޓުން ފާއިތުވި ހަ މަސް ހޭދަކުރީ އެ ގައުމުން ބިނާކުރަން މަސައްކަތް ކުރާ ޖައްވީ ސްޓޭޝަން ޓިއަންގޮންގްގެ މައި މޮޑިއުލް، ޓިއަންހޭގެ ތެރޭގަ އެވެ.

އެސްޓްރޮނޯޓުން ލޭންޑިން ކެޕްސޫލްގައި ދުނިޔެއަށް ތިރިކުރި މަންޒަރު ސީސީޓީވީން ވަގުތުން ދުރަށް ދެއްކި އެވެ. އެ މީހުންގެ ތެރޭގައި ހިމެނޭ ވާންގްއަކީ ޖައްވުގައި ހިނގި ނުވަތަ "ސްޕޭސްވޯކް" ކުރި ޗައިނާގެ ފުރަތަމަ އަންހެން މީހާ އެވެ.

ވާންގް އާއި އެސްޓްރޮނޯޓް ޒާއީ މިދިޔަ ނޮވެމްބަރު މަހު މޮޑިއުލުން ބޭރުގައި ހަ ގަޑިއިރު ހޭދަކުރީ ޖައްވީ ސްޓޭޝަނުގެ ބައެއް މަސައްކަތްތައް ކުރުމަށެވެ.

އެ މިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ދިޔަ 55 އަހަރުގެ ޒާއީއަކީ "ސްޕޭސް ވޯކް" ކުރި ޗައިނާގެ ފުރަތަމަ މީހާ އެވެ. އޭނާ އެކަން ހާސިލްކުރީ 2008 ވަނަ އަހަރު އެވެ. ދެން މިޝަންގައި ހިމެނޭ ޔޭ އަކީ ޗައިނާގެ ޕީޕަލްސް ލިބެރޭޝަން ލަޝްކަރުގެ ޕައިލެޓެކެވެ.

ޗައިނާގެ ދައުލަތުގެ ހަބަރު ފަތުރާ ސީސީޓީވީން ބުނީ އެ ގައުމުގެ ޖައްވީ ސްޓޭޝަނުގައި އެސްޓްރޮނޯޓުން އެންމެ ގިނަވެގެން ހޭދަކުރާނީ ހަ މަހުގެ މުއްދަތެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox