ލީގުގެ ރޭހުގައި މިލާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

Apr 16, 2022, 12:10 AM
ލަނޑު ޖެހުމަށް ފަހު މިލާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މިލާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 16) - އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން 3-1 އިން މޮޅުވެ، އިންޓަ މިލާނުން ވަގުތު ކޮޅަކަށް ލީގުގެ ކުރިއަށް ޖެހިލި ނަމަވެސް އޭސީ މިލާނުން 2-0 އިން ޖެނޯއާ ބަލިކޮށް ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ އިން ރޭ ފުރަތަމަ ކުޅުނު މެޗުގައި ހޯދި މޮޅާ އެކު 32 މެޗުން 69 ޕޮއިންޓް ހަމަކޮށް ލީގުގެ ކުރިއަށް އެރި އެވެ. އެކަމަކު، އޭގެ ދެ ގަޑިއިރެއްހާއިރު ފަހުން، މިލާނުން ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 33 މެޗުން 71 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް ނަޕޯލީގެ އޮތީ 32 މެޗުން 66 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ޔުވެންޓަސް އަށް ވަނީ 32 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ.

އިންޓަ އިން ލީޑުނެގީ މެޗުގެ 31 ވަނަ މިނިޓްގައި ވޮލީއަކުން މާސެލޯ ބްރޮޒޮވިޗް ޖެހި މޮޅު ގޯލުންނެވެ. އޭރިއާރޮނގުކައިރިން ބްރޮޒޮވިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.

ސްޕެޒިއާ އިން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މެޗުގެ ދެ ވަނަ ގޯލު ޖެހީ ވެސް އިންޓަ އިންނެވެ. މެޗުގެ 73 ވަނަ މިނިޓްގައި އިވާން ޕެރިސިޗް ނެގި ހުރަހަކުން އިންޓަގެ ދެ ވަނަ ލަނޑު ޖެހީ ލަޓާރޯ މާޓިނޭޒް އެވެ. މާޓީނޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ސްޕެޒިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ބްރޮޒޮވިޗް އުފާފާޅުކުރަނީ.

މެޗުގެ 88 ވަނަ މިނިޓްގައި ސްޕެޒިއާގެ ކެޕްޓަން ޖިއުލީ މަޖިއޯރޭ ވަނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގައި ލަޓާރޯ މާޓީނޭޒް ތަނަވަސްކޮށްދިން ހުސް ފުރުސަތަކުން އޭރިއާތެެރެއިން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި، އަލެކްސިސް ސަންޗޭޒް، އިންޓަ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

މިލާން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެއްވަރުވެފައި އޮތުމުން ރޭ މޮޅުވެގެން އަލުން ފޯމަކަށް އެޅުން އެ ޓީމަށް އޮތީ މެޗަށް ނުކުތްއިރު ވެސް މުހިންމުވެފަ އެވެ. އެންމެ ފަހުން ދެ މެޗުގައި ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް މިލާނުން ވަނީ ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ގޯލު ޖަހައިފަ އެވެ. މިއީ ޕިއޭރޭ ކަލޫލޫ ހުސްކޮށްލާފައި ނެގި ހުރަހަކުން އޭރިއާތެެރެއިން ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯ ޖެހި ގޯލެކެވެ.

މެޗުގައި ޖެނޯއާ އިން ވެސް ގޯލެއް ޖެހޭތޯ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު، އެކަން ކާމިޔާބެއްނުވި އެވެ. މިލާންގެ ގޯލުގައި ހުރި ފްރާންސް ކީޕަރު މައިކް މައިންގްނޯން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިލާނުން ދެ ވަނަ ގޯލެއް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 87 ވަނަ މިނިޓްގައި ގޯލު ޖެހީ ބަދަލަކަށް ކުޅެން ނުކުތް ޖޫނިއާ މެސިއަސް އެވެ. އަންޓޭ ރެބިޗް ނެގި ހުރަހަކުން މެސިއަސް ފުރަތަމަ ޖެހި ބޯޅަ ޖެނޯއާ ގޯލްކީޕަރު ސަލްވަޓޯ ސިރިގޫ މަތަކުރި އެވެ. އެކަމަކު، ސިރިގޫ އަތުގައި ޖެހިފައި އައި ރީބައުންސް ބޯޅަ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައި، މެސިއަސް ވަނީ މިލާނަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox