40 އަހަރުގެ އިބްރަހިމޮވިޗްގެ ނިންމުމަށް މިލާނުން އިހުތިރާމްކުރާނެ

Apr 15, 2022, 9:30 AM
40 އަހަރުގެ އިބްރަހިމޮވިޗްގެ ނިންމުމަށް މިލާނުން އިހުތިރާމްކުރާނެ

މިލާން (އޭޕްރީލް 15) - އޭސީ މިލާނަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗަށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކާ ހެދި އޭނާގެ މުސްތަގުބަލާ މެދު ކޮންމެ ނިންމުމެއް ނިންމި ކަމުގައި ވިޔަސް އެ އަށް މިލާނުގެ އިހުތިރާމް އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފި އެވެ.

އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗަށް މި ފަހަރު އިޓާލިއަން ލީގުގައި މިލާން ކުޅުނު 32 މެޗުގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެވުނީ 11 މެޗެވެ. އިތުރު އަށް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިއިރު، ލީގުގައި ޖެހީ ވެސް އަށް ގޯލެވެ.

ދާދި ފަހުން ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އިބްރަހިމޮވިޗަށް މިލާނުން ދެން އެންމެ އަވަހަށް ކުޅޭ ތިން ވަރަކަށް މެޗު ގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިލާނުގެ ކޯޗު ޕިއޯލީ ބުނީ ސީޒަނުގެ ފަހު މެޗުތަކަށް އިބްރަހިމޮވިޗް ފިޓްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"ކަކުލަށް ދިމާވެފައިވާ އެ އަނިޔާއިން އިބްރަހިމޮވިޗް ރިކަވާވެގެން އެނބުރި އަންނާނެ ކަމަށް މި ބަލަނީ ފަހު މެޗުތަކަށް. ދެން، އޭނާގެ ކެރިއަރުގެ މުސްތަގުބަލާ ބެހޭގޮތުން އެއްޗެއް ބުނަން ނޭނގޭ. އަހަންނަށް އެނގޭ ކަމަކީ އިބްރަހިމޮވިޗްގެ ކޮންމެ ނިންމުމަކަށް ވެސް މިލާނުން އިހުތިރާމްކުރާނެ،" ޕިއޯލީ ބުންޏެވެ.

އިޓަލީގެ ލެޖެންޑަރީ ފޯވާޑް ފްރެންޗެސްކޯ ޓޮޓީ ބުނީ އިބްރަހިމޮވިޗްގެ ކެރިއަރު ދެން އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން އަމިއްލަ ހަށިގަނޑަށް ވިސްނާލުން ވަރަށް މުހިންމު ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ދެ ވަނަ ފަހަރަށް މިލާނަށް ބަދަލުވެ، އިބްރަހިމޮވިޗް އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ މި ސީޒަނުގެ ނިޔަލަށް އާ ކޮށްފަ އެވެ. އިބްރަހިމޮވިޗް ވަނީ މީގެ ކުރިން 2010 އިން 2012 އަށް މިލާނަށް ކުޅެފަ އެވެ. އޭރު މިލާނަށް 2011 ވަނަ އަހަރު ލީގު ކާމިޔާބު ކޮށްދިނުމެވެ.

މިލާން، މި ވަގުތު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތްއިރު، ރިޕޯޓްތައް ބުނާގޮތުން އިބްރަހިމޮވިޗްގެ ވިސްނުމަކީ މި ސީޒަނުގައި މިލާނަށް ލީގު ހޯދައިދިނުމަށް ފަހު ކެރިއަރުގައި ދެން ކުރިއަށްދާނެ ގޮތެއް ނިންމުމެވެ. ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކާ ހެދި ފުޓްބޯޅައިން ރިޓަޔާކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި މިލާން އޮތީ 32 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން އޮތީ 31 މެޗުން 66 ޕޮއިންޓާ އެކު އެވެ. އިންޓަ އިން މިރޭ ސްޕެޒިއާއާ ކުޅޭއިރު، މިލާނުން އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ޖެނޯއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox