ރަންބީރާއި އާލިއާގެ ކައިވެންޏަށް ބޮޑު ސަމާލުކަމެއް

ބޮލީވުޑްގެ ތަރިން ދަނީ ރަންބީރާއި އާލިއާއަށް ތަހުނިޔާ ފޮނުވަމުން.

ބޮލީވުޑްގެ ތަރިން ދަނީ ރަންބީރާއި އާލިއާއަށް ތަހުނިޔާ ފޮނުވަމުން.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ތާރީހުގައި އެންމެ ބޮޑެތި ކައިވެނިތަކުގެ ތެރެއިން ގުނާވެލޭނެ ކަމަށް ބެލެވޭ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ބުރާސްފަތި ދުވަހު އޮންނާނެ އެވެ.

ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ހަފްލާގައި ބައިވެރިވާނެ ކަމަށް ބެލެވޭ އިރު، އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީގައި ވަނީ އެ ވާހަކަ އެވެ. ޓްވިޓާގައި އެ ޖޯޑުގެ ނަން ޓްރެންޑްވަމުންދާ އިރު، އިންޑިއާގެ ސޯޝަލް މީޑިއާ އެހެން ޕްލެޓްފޯމުތަކުން ވެސް ފެންނަނީ އެ މީހުންގެ ވާހަކަ އެވެ.

ރަންބީރާއި އާލިއާއަކީ މި ވަގުތު ބޮލީވުޑްގެ އެންމެ މަގްބޫލް ތަރިންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ. އެ މީހުންގެ ފޭނުން ދުނިޔޭގެ އެތަން މިތަނުގައި ވެ އެވެ.

Advertisement

ރަންބީރާއި އާލިއާގެ ކައިވެނި ބުރާސްފަތި ދުވަހު އޮންނާނެކަން އިއުލާނު ކުރީ، ބުދަ ދުވަހު، ރަންބީރްގެ މަންމަ އަދި ކުރީގެ އެކްޓްރެސް ނީތޫ ސިންގް އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކައިވެނި އޮންނާނީ މުމްބާއީގައި ހުންނަ ކަޕޫރް އާއިލާގެ ގޭގަ އެވެ. ރަންބީރާއި އާލިއާ އެކުގައި ފެންނަ ފުރަތަމަ ފިލްމް "ބްރާހްމާސްތްރަ" ނެރޭނީ މި އަހަރު ފަހުކޮޅު އެވެ.

އެ ފިލްމުގައި އެ މީހުންނާ އެކު ފެނިގެންދާ އަމީތާބް ބަޗަން އިންސްޓަގްރާމް މެދުވެރިކޮށް ކައިވެނީގެ ތަހުނިޔާ ފޮނުވަމުން ބުނީ ދިރިއުޅުމުގައި ކާމިޔާބަށް އެދޭ ކަމަށެވެ.

"ބްރާހްމާސްތްރަ" ގެ ޑިރެކްޓަރު އާޔަން މުކަރްޖީ ބުނީ އެ ދެ ތަރިން އުމުރަށް އެކުގައި ވުމަށް އެދޭ ކަމަށެވެ. އާޔަން މުކަރްޖީއަކީ ރަންބީރާއި އާލިއާގެ ގާތް އެކުވެރިއެކެވެ.

ކައިވެންޏަށް ފޭނުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބިފައިވާ އިރު، ގިނަ އަދަދެއްގެ މީހުން ވަނީ ރަންބީރާއި އާއިލާގެ ގެ ކައިރިއަށް ޖަމާވެފަ އެވެ. ކަޕޫރް އާއިލާގެ ގެ ކައިރީގައި ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރަންބީރާއި އާލިއާ ބޭނުން ވަނީ ކައިވެނީގެ ހަފްލާ ވީހާވެސް "އިންޓިމޭޓް" ކުރުމަށެވެ. އެހެންކަމުން މާ ގިނަ މީހުންނަށް ދައުވަތު ދީފައެއް ވެސް ނުވެ އެވެ.

އެ ތަރިންގެ މެހެންދީ ނުވަތަ ހީނާ އެޅުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ކުރިއަށް ދިޔައިރު، ރަންބީރާ ދެބެއިންގެ ދެދަރި މަޝްހޫރު އެކްޓަރުން، ކަރީނާ އާއި ކަރިޝްމާ ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox