ޓެނިސް ތަރި ކްލައިސްޓާސް ތިން ވަނަ ފަަހަރަށް ރިޓަޔާކޮށްފި

Apr 13, 2022, 9:10 AM
2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތެއްގެ މެޗެއްގެ ތެރެއިން ކްލައިސްޓާސް.

2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތެއްގެ މެޗެއްގެ ތެރެއިން ކްލައިސްޓާސް.

ލަންޑަން (އޭޕްރީލް 13) - ބެެލްޖިއަމްގެ މަޝްހޫރު އަންހެން ޓެނިސް ތަރި، ކިމް ކްލައިސްޓާސް ތިން ވަަނަ ފަހަރަށް ޕްރޮފެޝަނަލް ޓެނިހުން ރިޓަޔާކޮށްފި އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި ކުރިން އޮތް ކްލައިސްޓާސް އެންމެ ފުރަތަމަ ރިޓަޔާކުރީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ރިޓަޔާކުރީ އަލަތު ދަރިފުޅު ލިބުމުން އާއިލާ އަށް ވަގުތު ނުދެވޭ ކަމަށް ބުނެ އެވެ. އެކަމަކު، އޭގެ ދެ އަހަރު ފަހުން އަލުން ކުޅުމުގެ ތެރެއަށް އައިސް ވަނީ ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ފަހަރަށް އޭނާ ރިޓަޔާކުރިއިރު، ވަނީ ހަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ކްލައިސްޓާސް އަށް އިތުރު ދެ ދަރިން ލިބުނެވެ. އެހެންވެ، ޓެނިސް ކުޅުން އިތުރަށް މަޑުޖައްސާލަން ޖެހުނެވެ.

އަލުން 2019 ވަނަ އަހަރު، ކްލައިސްޓާސްގެ އުމުރުން 36 ޕްރޮފެޝަނަލް ޓެނިހަށް ނުކުމެ، އޭނާ އަށް އެންމެ މަތީ ފަންތީގައި ކުޅެވުނީ އެންމެ ފަސް މެޗެވެ. ރަނގަޅަށް ފިޓްނަސް ނުހިފެހެއްޓުމަކީ ކްލައިސްޓާސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އެވެ.

މިހާރު އުމުރުން 38 އަހަރުގެ ކްލައިސްޓާސް، ވަނީ ޖުމްލަ އެކު 41 ޑަބްލިއުޓީއޭ ތަށި ހޯދައި، ދުނިޔޭގެ އެއް ވަނައިގައި 20 ހަފްތާ ހޭދަކޮށްފަ އެވެ.

ތިން ދަރިންގެ މަންމައެއްގެ ރޯލު ވެސް ފުރިހަމަ އަށް އަދާކުރަމުން އަންނަ ކްލައިސްޓާސް މި ފަހަރު ރިޓަޔާކުރަން ނިންމީ މިދިޔަ ދެ އަހަރުގެ ތަޖުރިބާ އަށް ބަލައިފަ އެވެ. ބެލްޖިއަމްގެ ނޫހަކަށް ކްލައިސްޓާސް ބުނީ އާއިލާ އަށް އެއްކޮށް ހުސްވެވެން އޮތީ އެތުލީޓެއްގެ ދިރިއުޅުން ދޫކޮށްލައިފައި ކަމަށެވެ.

ޕްރޮފެޝަނަލް ޓެނިހުގައި ކްލައިސްޓާސްގެ އެންމެ ފަހު މެޗަކީ މިދިޔަ އޮކްޓޫބަރު މަހު އިންޑިއަން ވެލްސްގެ ފުރަތަމަ ބުުރުގައި ކެޓެރީނާ ސިނިއާކޯވާ އަތުން ބަލިވި މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox