އައިޕީއެލް 2022: ޗެމްޕިއަން ޗެންނާއީ އަށް ފުރަތަމަ މޮޅު

Apr 13, 2022, 6:25 AM
ޗެންނާއީ ކުޅުންތެރިން އުފާފާޅުކުރަނީ.--

ޗެންނާއީ ކުޅުންތެރިން އުފާފާޅުކުރަނީ.--

މުމްބާއީ، އިންޑިއާ (އޭޕްރިލް 13) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަކިންގްސް މި ސީޒަންގެ ފުރަތަމަ މޮޅު ހޯދިއިރު، މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ އޮތް ގުޖުރާތު ޓައިޓަންސް ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ކްރިކެޓު ލީގުގައި މިހާތަނަށް ފަސް މެޗު ކުޅުނުއިރު ޗެމްޕިއަން ޗެންނާއީ ވަނީ އިއްޔެގެ މެޗު ފިޔަވައި އެހެން ހުރިހާ މެޗަކުން ބަލިވެފަ އެވެ. މި ވަގުތު އެ ޓީމަށް ދެ ޕޮއިންޓް ލިބިފައި އޮތްއިރު ޗެންނާއީ އޮތީ 10 ޓީމު ހިމެނޭ ލީގުގެ ތާވަލްގެ ނުވަ ވަނައިގަ އެވެ. އަލަށް އައިޕީއެލްގައި ވާދަކުރާ ގުޖުރާތު ޓައިޓަންސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ނަމަވެސް ސަންރައިޒާސް ހައިދަރުއާބާތު އަތުން ބަލިވެ، އެ ޓީމު އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.

ޗެމްޕިއަން ޗެންނާއީ މޮޅުވީ ރަނގަޅު ފޯމެއްގައި އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި ވާދަކޮށް 23 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ބެންގަލޫރުން ނިންމީ ޗެންނާއީ އަށް ފުރަތަމަ ބެޓްކުރަން ފުރުސަތު ދޭށެވެ.

ޗެންނާއީ އާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން.

ޗެންނާއީ އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 216 ލަނޑު ހެދި އެވެ. މިއީ މި ސީޒަންގެ އެންމެ މަތީ ސްކޯ އެވެ. ޗެންނާ އީން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 46 ބޯޅައިން 95 ލަނޑު ހެދި ޝިވަމް ދުބޭ އާއި 50 ބޯޅައިން 88 ލަނޑު ހެދި ރޮބިން އުތައްޕާ އެވެ. މިހާތަނަށް ދަށް ސްކޯތަކެއް ނެރުނު ޗެންނާއީ އަށް މިއީ ރަނގަޅު ފެށުމެއް ކަަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ޖަވާބުގައި ބެންގަލޫރު ކުޅެން އަރައި 20 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 193 ލަނޑެވެ. އެ ޓީމަށް މި މެޗުގައި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ އިނިންގްސްގެ ކުރީކޮޅު މުހިންމު ބެޓްސްމަނުންތައް ނުބައިވުމެވެ. އެންމެ ރަނގަޅަށް ކުޅުނު ދިނޭޝް ކާތިކް އާއި ސުޔާސް ޕްރަބުދެސާއި އަށް ހެދުނީ 34 ލަނޑެވެ.

މި އިނިންގްސްގައި ޗެންނާއީގެ މަހީޝް ތީކްޝަނަ ހަތަރު އޯވަރުގައި 33 ލަނޑަށް 4 ވިކެޓު ނެގިއިރު، ކެޕްޓަން ރަވިންދްރަ ޖަދޭޖާ ވަނީ ހަތަރު އޯވަރުގައި 39 ލަނޑަށް 3 ވިކެޓު ނަގާފަ އެވެ.

މި މުބާރާތުގައި ރަނގަޅު ފޯމެއްގައި އޮތް ގުޖުރާތު އަތުން ހައިދްރާބާދު މޮޅުވީ އަށް ވިކެޓުންނެވެ. ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ހައިދަރުއާބާދުން އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް މި ވަނީ ފޯމު ރަނގަޅުކޮށްފަ އެވެ.

ފުރަތަމަ އިނިންގްސްގައި ގުޖުރާތުން ކުޅެން އަރައި 20 އޯވަރުތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 42 ބޯޅައިން 50 ލަނޑު ހެދި ހަރްޑިކް ޕާންޑްޔާ އެވެ.

ޖަވާބުގައި ހައިދްރަބާދުން ކުޅެން އަރައި ބާކީ ފަސް ބޯޅަ އުކަން އޮއްވައި މެޗު ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހައިދަރުއާބާދުގެ ކެޕްޓަން ކޭން ވިލިއަމްސަން، ވަނީ 46 ބޯޅައިން 57 ލަނޑު ހަދައިފަ އެވެ. އަދި އެ ޓީމުގެ އަބީޝެކް ޝަރުމާ 32 ބޯޅައިން 42 ލަނޑު ހެދި އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ މުމްބާއީ އިންޑިއަންސް އާއި ޕަންޖާބު ކިންގްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox