ރަށު ނޯޓު: ދ. ކުޑަހުވަދޫ

ކުޑަހުވަދޫ: ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ މިރަށުގައި ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތައް ރޭވިފައި އެބަ ހުރި.

ކުޑަހުވަދޫ: ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ މިރަށުގައި ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތައް ރޭވިފައި އެބަ ހުރި.

ނިލަންދެ އަތޮޅު ދެކުނުބުރީ ވެރިކަން ކުރާ ކުޑަހުވަދޫއަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން މާ ރަށެކެވެ. ރަށުގެ ބޮޑުމިނުގައި 104.2 ހެކްޓަރު ހުރެ އެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެމް-8 އެވެ.

ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު ރަށުގެ އާބާދީއަކީ 1731 އަންހެނުންނާއި، 1687 ފިރިހެނުންނާއެކު ޖުމްލަ 3418 އެވެ. ކުޑަހުވަދޫގެ ސައިޒުން ބަލާއިރު މިއީ ވަރަށް ހެޔޮވަރު އާބާދީއެކެވެ. 1985 ވަނަ އަހަރު މިރަށުގެ އާބާދީގައި ތިބީ 469 އަންހެނުންނާއި، 464 ފިރިހެނުންނާއެކު ޖުމުލަ 933 މީހުންނެވެ. 2014 ވަނަ އަހަރާ ހަމައަށް ދިޔައިރު އެ އަދަދު ސަތޭކަ އިންސައްތަ އަށްވުރެ އިތުރުވި އެވެ. އެ އަހަރުގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު ރަށުގައި ދިރިއުޅުނީ 1196 އަންހެނުންނާއި 1017 ފިރިހެނުންނާއެކު ޖުމްލަ 2213 މީހުންނެވެ.

އާބާދީ އެއްފަސްކުރުމުގައި ކުޑަހުވަދޫއަކީ ނަމޫނާ ރަށެކެވެ. ދ.އަތޮޅު ވާނީ މީހުން މިރަށަށް ފުރަތަމަ ހިޖުރަކުރީ 1975 ގަ އެވެ. އޭރު ވާނީގެ 177 މީހުން ކުޑަހުވަދޫއަށް ބަދަލުވި އެވެ. އެ އަތޮޅު ގެމެންދޫ މީހުން ވެސް ބަދަލުކުރެވުނީ ކުޑަހުވަދޫއަށެވެ.

Advertisement

ކުޑަހުވަދޫއަކީ މެދުރާއްޖެތެރެއަށް ބަލާއިރު އުމްރާނީ ތަރައްގީގައި އެންމެ ކުރިއަރާފައިވާ ރަށްކަމާމެދު ދެބަސްވެވޭނޭ ޖާގައެއް ނެތެވެ. އޮޑިދޯނިފަހަރަށް ރަނގަޅު ހެޔޮވަރުގެ ބަނދަރެއް މިރަށުގައި ހެދިފައި އޮވެ އެވެ. މި ރަށުގެ އުޅަނދުތަކުގެ އިތުރުން މުޅި އަތޮޅާއި މެދުރާއްޖޭގެ އެތައް އުޅަނދަކުން މި ބަނދަރުން ހިދުމަތް ހޯދަ އެވެ. މި ރަށުގައި އެންމެ ރަނގަޅު ފެންވަރުގެ ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރެވިފައި ވާއިރު ރަށުގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ވަނީ ތާރުއަޅާފަ އެވެ. އަތޮޅު ކައުންސިލްގެ އިދާރާއާއި، އެކި ބޭންކްތަކުގެ ބްރާންޗްތައް މިރަށުގައި ހުރެ އެވެ.

މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކަކީ، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތާއި، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާ 23 އުޅަނދު މިރަށުގައި ދުއްވަ އެވެ. ސަރުކާރުގެ ގިނަ އޮފީސްތަކާއި، ބޭންކުތަކާއި، އަމިއްލަ ފަރާތްތަކުގެ އެކި ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ހިންގާތީ، އެ ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުން އުފެދޭ ވަޒީފާތަކަކީ ވެސް މިރަށަށް އާމްދަނީ ވަންނަ މަގެކެވެ.

ހޯލްސޭލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ތިން ފިހާރައެއް މިރަށުގައި ހުރެ އެވެ. މި ފިހާރަތަކުން މުޅި ދ. އަތޮޅަށް މުދާ ސަޕްލައި ކުރެ އެވެ. މެރުރާއްޖެތެރޭގެ އަތޮޅުތަކުންވެސް މި ފިހާރަތަކުން މުދާ ގަނެ އެވެ. އާންމު ވިޔަފާރީގެ ބާވަތްތައް ވިއްކާ 38 ފިހާރަ މިރަށުގައި އެބަހުއްޓެވެ. ކާބޯތަކެތީގެ ހިދުމަތްދޭ އަށް ތަނެއް ހުރިއިރު، އޭގެ ތެރޭގައި އެންމެ ލަގްޒަރީ ހިދުމަތްދޭ ތަންތަންވެސް ހިމެނެ އެވެ. މިވަގުތު ގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ރަށުގައި ހިންގަމުން ގެންދަނީ އެންމެ ގެސްޓްހައުސްއެކެވެ. މީގެ އިތުރުން ދުވަހުކުއްޔަށް ކޮޓަރި ދޫކުރަން ހާއްސަ ހަތަރު ތަނެއް ހުރެ އެވެ. މި ތަންތަނުގެ ހިދުމަތް އާންމު ގޮތެއްގައި ހޯދަނީ ދިވެހިންނެވެ.

ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ސިއްހީ ފަރުވާގެ ކަންކަމުގެ ސްޕެލިސްޓު ފަރުވާ ރަށުން ލިބެން ނެތުން ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދިނެވެ.

ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ މިރަށުގައި ކުރިއަށްވެސް އެހާ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ރޭވިފައި އެބަހުއްޓެވެ. ކުޑަހުވަދޫ ކުޑަކުދިންގެ ރެސިޑެންޝަލް މަރުކަޒު އިމާރާތްކުރުމާއި، ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި، ކައުންސިލްގެ އޮފީސް އިމާރާތުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ކުޑަހުވަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ މަސައްކަތް އޮތީ ޕްރީ ޓެންޑަރިންގ މަރިހަލާގަ އެވެ. އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް 2023 ވަނަ އަހަރުގެ ނޮވެމްބަރަށް ނިންމާލުމަށް އޮތީ އަމާޒު ހިފާފަ އެވެ. ރަށުގައި ގާއިމުކުރާ ސަރަހައްދީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދާނޭ ފަރާތެއް ހޯދުމަށް އޮތީ އިއުލާނުކުރެވިފަ އެވެ. ސަރުކާރުގެ އަމާޒަކީ އެ ޕްރޮޖެކްޓްވެސް 2023 ގެ ނިޔަލަށް ނިންމުމެވެ. ކުޑަހުވަދޫ ފޭސް ދޭއް ގެ މަގުމަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް އެބަ ކުރިއަށް ދެ އެވެ.

ކުޑަހުވަދޫ ފުޓްބޯޅަ ދަނޑު. -- ފޮޓޯ: އައިލްސް
ކުޑަހުވަދޫ ފުޓްބޯޅަ ދަނޑު. -- ފޮޓޯ: އައިލްސް

ކުޑަހުވަދޫ ފުޓްބޯޅަ ދަނޑު. -- ފޮޓޯ: އައިލްސް

ކުޑަހުވަދޫއަކީ ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށު ފުޓުބޯޅަ ޓީމަކީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމެވެ. ޓީމުގެ ވަރުގަދަކަމަކީ އެހެން ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިންވެސް ބަލައިގަންނަ ކަމެކެވެ. 2017 ގެ ޕްރިމިއަރލީގުގެ ފުރަތަމަ މެޗަށް ތައްޔާރުވަމުންދިޔައިރު މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ކުޑަހުވަދޫއަކީ ޗެމްޕިއަނެއް ކަމަށާއި، އެ މެޗަށް 100 ޕަސެންޓު ނުދީ މާޒިޔާއަށް މޮޅެއް ނުވެވޭނެ ކަމަށެވެ. ކުޑަހުވަދޫ ޓީމާމެދު ސެކުލޮސްކީ ބުނި މިވާހަކައަކީ ކުޑަކުޑަ ވާހަކައެއް ނޫނެވެ.

މެދުރާއްޖެތެރޭގައި އޮތް އެންމެ ތަރައްގީ ކުޑަހުވަދޫއަކީވެސް ރާއްޖޭގެ ރަށެއްގެ ހުރިހާ އުންސުރެއް ފުރިހަމަވާ ރަށެކެވެ. ރީތި ދޮންވެލީގެ ގޮނޑުދޮށާއި، ވަށައިގެންވާ ރީތި މޫދުގެ ހިތްގައިމުކަމަކީ މީހަކު ބަލާފޫހި ނުވާނޭ ރީތިކަމެކެވެ. މީހުންގެ ހިތްހެޔޮކަމާއި، މިރަށުން ކިޔާ މެހެމާންދާރީއަކީ ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން މިރަށުން ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މިރަށުގެ ތަރައްގީގެ ފަސޭހަތަކާއެކު، ރާއްޖޭގެ ރަށެއްގެ ހިތްގައިމުކަން ހޯދުމަށް މި އީދު ޗުއްޓީއަށް ކުޑަހުވަދޫ ހަމަ އެއްވަނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox