އެލައިޑާއި ޔޮޓް ޓުއާޒްގެ 22 މިލިއަން ޑޮލަރުގެ މައްސަލަ ހައިކޯޓުން ނިންމީ އެލައިޑާ އެއްކޮޅަށް

ދިވެހިރާއްޖޭގެ ހައި ކޯޓު ބޭރުން: ހައި ކޯޓުން ވަނީ އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ވިއްސާރައިގައި ކުރި ގެއްލުން އިންޝުއަރެންސްއިން ދޭން ނުޖެހޭނެކަމަށް ނިންމާފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގެ ހައި ކޯޓު ބޭރުން: ހައި ކޯޓުން ވަނީ އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ވިއްސާރައިގައި ކުރި ގެއްލުން އިންޝުއަރެންސްއިން ދޭން ނުޖެހޭނެކަމަށް ނިންމާފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހއ. އަލިދޫ ރިސޯޓަށް ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ބަދަލުގައި އިންޝުއަރެންސްއަށްވާ 22 މިލިއަން ޑޮލަރު ޔޮޓް ޓޫއާޒްއަށް ދިނުމަށް 2019 ވަނަ އަހަރު ސިވިލް ކޯޓުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު އަދި ސެޕްޓެމްބަރު މަސް ތެރޭ އަލިދޫ ރިސޯޓަށް މޫސުން ގޯސްވެ، ގެއްލުންތަކެއްވުމުގެ ސަބަބުން އެ ރިސޯޓު ހިންގާ ޔޮޓް ޓުއާޒްއިން ވަނީ އެ ރިސޯޓަށް ލިބުނު ގެއްލުމުގެ އިންޝުއަރެންސްގެ ގޮތުގައި އެލައިޑުގެ އަތުން 22 މިލިއަން ޑޮލަރު ހޯދަން ހުށަހެޅި މައްސަލަ ޔޮޓު ޓުއާޒްއާ އެއްކޮޅަށް ނިންމައިފަ އެވެ.

އެ މައްސަލައިގެ އިސްތިއުނާފުގެ ގޮތުގައި އެލައިޑުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން އިއްޔެ ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.

އެ މައްސަލައިގައި ހައި ކޯޓުގެ ހުކުމުގައި ވަނީ ދަށު ކޯޓުން އެލައިޑާ ޔޮޓު ޓުއާޒްއާ ދެމެދު އޮތް އިންޝުއަރެންސް ޕޮލިސީއަށް ރަނގަޅަށް ބަލާފައިނުވާ ކަމަށް ފާހަގަކޮށްފަ އެވެ.

އެގޮތުން ވިއްސާރައިގައި ގެއްލުންވި އަލިދޫ ރިސޯޓުގައި ހުރި 45 ވޯޓާ ވިލާއާއި ދެ ޖެޓީ ތަޅާލައި އަލުން ހެދުމަށް ހިނގާ ހަރަދުގެ އަންދާސީ ހިސާބުތަކަކީ އެ ދެ ކުންފުނި ދެމެދުގައި އޮތް "ފަޔާ އިންޝުއަރެންސް ޕޮލިސީ" ގެ ދަށުން ކަވަރު ނުކުރާ އަންދާސީ ހިސާބެއްކަމަށް ހއިކޯޓުން ފާހަގަކުރި އެވެ.

އަދި ހަމަ އެއާއެކު އިންޝުއަރެންސް ޕޮލިސީއެއް އޮތުމަކީ އެ ޕޮލިސީގެ ދަށުން އެތަނަކަށް ލިބޭ އެންމެހާ ގެއްލުމެއްގެ ބަދަލުގައި ފައިސާ ދޭންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ހައިކޯޓުން ހުކުމްގައި ފާހަގަކުރެ އެވެ.

އޭގެ އިތުރުން ވެސް އެ މައްސަލައިގައި ޔޮޓް ޓުއާޒްއިން ހުށަހެޅި ގެއްލުމުގެ ތަފްސީލުތަކާއި ގެއްލުން ލިބުނު ދުވަސްތަކާ ދިމާނުވާ ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

އަދި އޭގެ އިތުރުން ވެސް ޔޮޓް ޓުއާޒްއިން ސާބިތުކޮށްދޭންޖެހެނީ އެ ގެއްލުމަކީ އިންޝުއަރެންސް ޕޮލިސީން ކަވަރުކުރަފަދަ ހާލަތެއްގައި މެދުވެރިވިކަމެއް ކަމަށް ހުކުމްގައި ފާހަގަކުރެ އެވެ. އެގޮތުން އަލިދޫ ރިސޯޓަސް މޫސުން ގޯސްވެ ފެންބޮޑުވީ އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ސަބަބަކާހުރެ ކުރިމަތިވިކަމެއްކަމަށް ޔޮޓް ޓުއާޒްއިން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. ނަމަވެސް އެއީ އެ އެއްބަސްވުމުގެ ދަށުން ކަވަރުކުރާ ގެއްލުމެއް ނޫންކަމަށް ހައި ކޯޓުން ފާހަގަކުރެ އެވެ.

އެއްބަސްވުމުގަައި ކަވަރުކުރަނީ ބިންހެލުން، އަލިފާން ފަރުބައެއް ގޮވުން، ތޫފާން (ސައިކްލޯން/ޓައިފޫން)، ވައިގަދަވުން ނުވަތަ ވިންޑްސްޓޯމްކަހަލަ ކަމަކާއި ކުރިމަތިވެގެން ލިބޭ ގެއްލުންކަމަށް ހައި ކޯޓުން ފާހަގަކުރެ އެވެ. އަދި އެއީ "ނޭމްޑް ޕެރިލް ޕޮލިސީ" އެއް ކަމަށާއި އެއީ "އޯލް ރިސްކް ޕޮލިސީއެއް ނޫންކަމަށް ވެސް ހައި ކޯޓުން ފާހަގަކުރެ އެވެ.

އެ މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު ޝުއެއިބު ހުސެއިން ޒަކަރިއްޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox