ފެން ވިއްކާ މިންވަރު ލިމިޓެއް ނުކުރަން: އެމްޑަބްލިއުއެސްސީ

މީހަކު ފެން ކޭހެއް ހިފައިގެން ބާޒާރު މަތިން ހިނގަނީ: ރާއްޖޭގައި ހޫނު މޫސުމާ ދިމާކޮށް ފެނުގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނޭ ކަމަށް މިނަރަލް ފެން ވިއްކާ ކުންފުނިތަކުން ވަނީ ބުނެފަ. ފޮޓޯ: އަދަދު ފައިލް

މީހަކު ފެން ކޭހެއް ހިފައިގެން ބާޒާރު މަތިން ހިނގަނީ: ރާއްޖޭގައި ހޫނު މޫސުމާ ދިމާކޮށް ފެނުގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނޭ ކަމަށް މިނަރަލް ފެން ވިއްކާ ކުންފުނިތަކުން ވަނީ ބުނެފަ. ފޮޓޯ: އަދަދު ފައިލް

އެމްޑަބްލިއުއެސްސީން ބަންދުކޮށްގެން ވިއްކާ އެ ކުންފުނީގެ ތާޒާ ބްރޭންޑުގެ މިނަރަލް ފެންފުޅި ސަޕްލައި ކުރާ މިންވަރު ލިމިޓްކޮށްފި ކަމަށް ބުނާ ވާހަކަތައް އެކުންފުނިން ދޮގުކޮށްފި އެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ހޫނުގެ އަސަރު ކުރާ މިންވަރު އިތުރުވެދާނެ ކަމަށް ލަފާކޮށް އެމްޑަބްލިއުއެސްސީން ރަށްރަށަށް ފެން ސަޕްލައި ކުރާ މިންވަރު ލިމިޓުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ މިއަދު ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "އަދަދު" އަށް ވިދާޅުވީ އެ ކުންފުނީގެ ފެން ސަޕްލައި ކުރާ މިންވަރު އެއްވެސް ވަރަކަށް ލިމިޓުކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ފެނުގެ ޑިސްޓްރިބިއުޝަންގެ މަސައްކަތް ކުރަނީ އައިލެންޑް ބެވަރެޖަސް މޯލްޑިވްސްއިން. އެ ކުންފުނިން ވެސް ލިމިޓްކޮށްފައެއް ނުވޭ ފެން ސަޕްލައިކުރުން،" ޝާހު ވިދާޅުވި އެވެ.

އާންމުކޮށް ރާއްޖޭގައި ބަންދުކޮށްފައިވާ މިނަރަލް ބޯފެން ފުޅީގެ ގޮތުގައި ބޭނުންކުރަނީ ތާޒާ، ބޮނަކުއާ އަދި ލައިފް ފެނެވެ.

އެމްޑަބްލިއުއެސްސީން އުފައްދާ ތާޒާ ފެން ލިމިޓުކުރި ކަމަށް އަޑުފެތުރުނުއިރު، ލައިފް ފެން އުފައްދާ ހެޕީމާކެޓް ކުންފުނީގެ މެޝިންތަކަށް މައްސަލައެއް ދިމާވެ އެ ކުންފުނީގެ ސަޕްލައިއަށް ވެސް އަސަރުކޮށްފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

އެ ކުންފުނީގެ ފެން އުފައްދާ އިންޓަނޭޝަނަލް ބެވަރޭޖަސް ކުންފުނި (އައިބީސީ)ގެ މެޝިންތަކަކަށް މައްސަލައެއް ދިމާވެގެން ފެނުގެ ސަޕްލައިއަށް އަސަރުކޮށްފައިވާކަމަށް ބުނާ ވާހަކަ އައިބީސީއިން ވެސް ވަނީ މިއަދު ދޮގުކޮށްފަ އެވެ. އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު ފަޒްލީން މި ނޫހަށް ވިދާޅުވީ، އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ހަމަ ފުލް ކެޕޭސިޓީގަ އަބަދުވެސް ސަޕްލައި ކުރަމުން. އެއްވެސް ދަތިކަމެއް ނޫޅޭ ފެނުގެ ސަޕްލައިގެ. ދަތިކަމެއް އުޅެނީ ޑެލިވަރި ކުރާ ވަގުތުތަކާއި ގުޅިގެން. ފެނުގެ ސަޕްލައިގެ ދައްޗެއް ނޫޅޭ މިކޮޅުގައެއް،" އޭނާ ވިދާޅުވި އެވެ.

ފަޒްލީން ވިދާޅުވީ ފެނުގެ ޑިމާންޑް މިދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ގިނަ ބަޔަކު ފެން ރައްކާކުރުމާއި، ރަށްރަށުގައި ވެސް ވާރޭ ނުވެހުމުގެ ސަބަބުން ފެނުގެ ސަޕްލައިއަށް އަސަރުކޮށްފައިވާތީ އިތުރުވެފައިވާ ޑިމާންޑެއް ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ފެނުގެ ދަތިކަން ތަހައްމަލުކުރަމުންދާއިރު، މި ހިނގާ އޭޕްރިލް މަހަކީ ރާއްޖެއަށް ކޮންމެ އަހަރަކު ވެސް އެންމެ ހޫނުގަދަވާ މަސްކަން ފާހަގަކޮށްލެވެ އެވެ.

ނަމަވެސް، ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޯން ބޭނުންކުރާ މިނަރަލް ފެން އުފައްދާ ދެ ކުންފުނީގެ ވެސް ފެނުގެ ސަޕްލައިއަށް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށް އެ ދެ ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox