އިނގިރޭސި ބޮޑު ވަޒީރު ކިޔެވްއަށް ވަޑައިގެންފި

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: ރޮއިޓާޒް

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: ރޮއިޓާޒް

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ބައްދަލުކުރައްވައިފި އެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނީ މިއީ ޔޫކްރެއިންގެ ރައްޔިތުންނާ އެކު ތިބިކަން އަންގައި ދިނުމަށް ކިޔެވްއަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ.

ބައްދަލުވުމަށް ފަހު ބޮޑު ވަޒީރުގެ އޮފީހުން ބުނީ ޔޫކްރެއިނަށް އެހީވުމަށް އިތުރު 120 އަސްކަރީ އުޅަނދާއި އެންޓި-ޝިޕް މިސައިލް ސިސްޓަމްތައް ފޮނުވާނެ ކަމަށެވެ.

ޒެލެންސްކީގެ ޓީމުގެ އިސްވެރިން ވަނީ ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިނގިރޭސިވިލާތުން ޔޫކްރެއިނަށް ފޯރުކޮށްދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

ޖޯންސަން ކިޔެވްއަށް ވަޑައިގެންނެވުމުގެ ކުރިން އެކަން އިއުލާނެއް ނުކުރެ އެވެ. އެކަން ހާމަވީ ލަންޑަންގައި ހުންނަ ޔޫކްރެއިންގެ އެބްސީން ޖޯންސަން އާއި ޒެލެންސްކީ އެކުގައި ތިއްބެވި ފޮޓޯ އާއްމު ކުރުމުންނެވެ.

ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ޖޯންސަން ވިދާޅުވީ ގިނަ ބަޔަކު ލަފާކުރި ގޮތާ ހިލާފަށް ކިޔެވްގެ ދޮރާށިތައް ކައިރިން ރަޝިއާ ސިފައިން ފައްސާލުމަކީ ޔޫކްރެއިނަށް ލިބުނު މޮޅެއް ކަމަށެވެ.

އޭގެ ފަހުން ޒެލެންސްކީއާ އެކު ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ޖޯންސަން ވިދާޅުވީ ޔޫކްރެއިންގެ ރައްޔިތުން ދައްކައިދެނީ "ސިންގާއެއްގެ ހިތްވަރު" ކަމަށާއި ޒެލެންސްކީ ވަނީ އެ ސިންގާއަށް "ވަރުގަދަ އަޑެއް" ދެއްވާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއަށް ދަތިކުރުން އިތުރު ކުރާނެ ކަމަށާއި މިއީ "ބޭނުމެއް ނެތް ހަނގުރާމައެއް" ކަމަށް ޖޯންސަން ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބައެއް ވެރިން ވެސް މަޝްވަރާއަށް ޔޫކްރެއިނަށް ވަޑައިގެންނެވި އެވެ. އަދި އޮސްޓްރިއާ ޗާންސެލަރު ހޮނިހިރު ދުވަހު ކިޔެވްއަށް ވަޑައިގެންނެވި އެވެ.

ނަމަވެސް ޖޯންސަންއަކީ ހަނގުރާމަ ފެށި ފަހުން މަޝްވަރާއަށް ކިޔެވްއަށް ވަޑައިގެންނެވި ޖީ7 ގައުމެއްގެ ފުރަތަމަ ލީޑަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox