ލަންކާ މީހުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާ މައްސަލަ ބޮޑުވެއްޖެ

ސްރީލަންކާގެ މަސްވެރިންތަކެއް. -- ފޮޓޯ: ނިއު އިންޑިއަން އެކްސްޕްރެސް

ސްރީލަންކާގެ މަސްވެރިންތަކެއް. -- ފޮޓޯ: ނިއު އިންޑިއަން އެކްސްޕްރެސް

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ކާރިސާގެ ސަބބަުން ގައުމު ދޫކޮށް، ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

އެކަން ފާހަގަވުމާ ގުޅިގެން އިންޑިއާގެ އިންޓެލިޖެންސް ބިޔުރޯއިން ވަނީ ކޯސްޓް ގާޑާއި މެރިން ފުލުހުން އަދި ސްޓޭޓްތަކުގެ ފުލުހުން ވެސް ސަމާލުވެ ތިބުމަށް އަންގާފަ އެވެ.

ލަންކާގެ ގިނަ މީހުން އެތެރެ ވާން މަސައްކަތް ކުރަނީ އަންދްރަ ޕްރަދޭޝް ސްޓޭޓަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ސްޓޭޓުގެ އައްސޭރިފަށުގައި 974 ކިލޯމީޓަރު ހުންނައިރު، 555 އަވަށް އައްސޭރިފަށާ ކައިރީގައި އޮވެ އެވެ. އެ އަވަށްތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކްރިޝްނާ ޑިސްޓްރިކްޓުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސިދާރްތް ކައުޝަލް ދަ ހިންދޫ ނޫހަށް ވިދާޅުވީ މަހަށް ނުކުންނަ މަސްވެރިން ވެސް ސަމާލުވެ ތިބުމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން ގޮތް ނޭނގޭ ބޯޓެއް ނުވަތަ ބަޔެއްގެ ހަރަކާތް ކަނޑުމަތިން ފާހަގަވެއްޖެ ނަމަ ވަގުތުން ފުލުހުން ރިޕޯޓުކުރަން މަސްވެރިންނަށް ވަނީ އަންގާފަ އެވެ.

ލަންކާ މީހުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާ މައްސަލަ ބޮޑުވާން ފަށާފައިވާ އިރު، ހުކުރު ދުވަހު ވެސް ލަންކާގެ ތަމަޅަ އާއިލާއަކުން ވަނީ ދެ ކުޑަކުދިންނާ އެކު ބޯޓެއްގައި ޓަމިލް ނާޑޫއަށް ގޮސްފަ އެވެ.

އެ އާއިލާގެ މެމްބަރުން ހައްޔަރު ކުރުމަށް ފަހު ގެންދިޔައީ ރެފިއުޖީ ކޭމްޕަކަށެވެ. އޭގެ ކުރިން މާޗް 22 ވަނަ ދުވަހު ލަންކާގެ 16 ތަމަޅައިން އިންޑިއާގެ ރެފިއުޖީ ކޭމްޕަކަށް ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox