ރަޝިއާގެ ރޮކެޓު ހަމަލާތައް ޔޫކްރެއިންގެ ރޭލު ސްޓޭޝަނަކަށް

އިރުމަތީ ޔޫކްރެއިން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެތައް ހާސް ބަޔަކު އަންނަނީ ކްރަމަޓޯސްކް ރޭލް ސްޓޭޝަން ބޭނުން ކުރަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިރުމަތީ ޔޫކްރެއިން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެތައް ހާސް ބަޔަކު އަންނަނީ ކްރަމަޓޯސްކް ރޭލް ސްޓޭޝަން ބޭނުން ކުރަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިރުމަތީ ޔޫކްރެއިންގެ ކްރަމަޓޯސްކް ސިޓީގެ ރޭލު ސްޓޭޝަނަށް ރަޝިއާއިން ދިން ރޮކެޓް ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

ޔޫކްރެއިންގެ އޮފިޝަލުން ބުނީ އިރުމަތީ ޔޫކްރެއިން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ބޭނުންވާ އެތައް ހާސް ބަޔަކު ހުކުރު ދުވަހު ހެނދުނު ރޭލު ސްޓޭޝަނުގައި ތިބި ކަމަށެވެ.

ގިނަ އަދަދެއްގެ އާއްމުން ރޭލު ސްޓޭޝަނުގައި ތިބި ވަގުތެއްގައި ދިން ހަމަލާގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމުގެ ބޮލުގައި ދަނީ އަޅުވަމުންނެވެ.

ކްރަމަޓޯސްކްގެ މޭޔަރު އޮލެކްސެންޑަރް ހޮންޗަރެންކް ވިދާޅުވީ ރޭލު ސްޓޭޝަނަށް ހަމަލާތައް އަމާޒުވީ ޔޫކްރެއިން ގަޑިން ހެނދުނު 10:30 ގައި ކަމަށެވެ.

ޔޫކްރެއިންގެ ރޭލު ކުންފުނި، ޔޫކްރްޒެލިޒްނިޓްސިއާގެ ވެރިޔާ އޮލެކްސެންޑަރު ކަމިޝިން ވިދާޅުވީ ސްޓޭޝަނަށް ދެ ރޮކެޓް ހަމަލާ އަމާޒުވި ކަމަށެވެ.

ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުން 5-10 ގޮވުމުގެ އަޑު އެ ސަރަހައްދުން އިވުނެވެ. ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުން ބައެއް ހަމަލާތައް ހުއްޓުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔޫކްރެއިންގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ވަގުތު ރޭލު ސްޓޭޝަނުގައި 4،000 މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ރޮކެޓެއްގެ އެއް ބައި ސްޓޭޝަން ކައިރީގައި އޮތް އިރު، އޭގެ އެއް ފަޅީގައި ހުދު ކުލައިން "ކުޑަކުދިންނަށްޓަކައި" ރަޝިއާ ބަހުން ލިޔެފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ރޭލު ސްޓޭޝަނަށް ހަމަލާ ދޭން ބޭނުން ކުރި ރޮކެޓުގެ އެއް ބައި.
ރޭލު ސްޓޭޝަނަށް ހަމަލާ ދޭން ބޭނުން ކުރި ރޮކެޓުގެ އެއް ބައި.

ރޭލު ސްޓޭޝަނަށް ހަމަލާ ދޭން ބޭނުން ކުރި ރޮކެޓުގެ އެއް ބައި.

ހަމަލާއަށް އާއްމުވި ވީޑިއޯތަކުން ސްޓޭޝަން ތެރޭގައި ގިނަ ބަޔެއްގެ ހަށިގަނޑު ހުރި މަންޒަރު ފެނުނެވެ. ޑޮނެސްކް ސަރަހައްދުގެ ވެރިޔާ ޕަވްލޯ ކިިރިލެންކޯ ވިދާޅުވީ 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަސް ކުދިން ހިމެނެ އެވެ.

އިތުރު 100 މީހުންނަށް އަނިޔާވެފައިވާ އިރު، ބައެއް މީހުންގެ ހާލު ސީރިއަސް އެވެ. މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox