އައިޕީއެލް 2022: ކަމިންސްގެ ރެކޯޑާ އެކު މުމްބާއީ އަތުން ކޮލްކަތާ މޮޅުވެއްޖެ

Apr 7, 2022, 6:46 AM
އައިޕީއެލް 2022: ކަމިންސްގެ ރެކޯޑާ އެކު މުމްބާއީ އަތުން ކޮލްކަތާ މޮޅުވެއްޖެ

ޕޫނޭ (އޭޕްރީލް 7) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ޕެޓް ކަމިންސް ރޭ ހެދި ރެކޯޑާ އެކު މުމްބާއީ އިންޑިއަން އަތުން ކޮލްކަތާ ނައިޓް ރައިޑާސް މޮޅުވެއްޖެ އެވެ.

ކަމިންސް ވަނީ ރޭގެ މެޗުގައި އައިޕީއެލް ތާރީހުގައި އެންމެ އަވަހަށް ހާފް ސެންޗަރީ ހެދި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުގެ ކަމަށްވާ އައިޕީއެލްގައި ރޭ ކުޅުނު މެޗުން މޮޅުވެ ކޮލްކަތާ ނައިޓް ރައިޑާސް ވަނީ ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ކޮލްކަތާ އަތުން ބަލިވެ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މުމްބާއީ އިންޑިއަންސް އޮތީ ތާވަލްގެ ފުލުން ދެ ވަނައިގަ އެވެ. އެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގެ ޓޮސް ދިމާވުމުން ކޮލްކަތާ އިން ނިންމީ މުމްބާއީ އަށް ފުރަތަމަ ބެޓްކުރަން ފުރުސަތުދޭށެވެ. އެ ގޮތުން މުމްބާއީ ކުޅެން އަރައި 20 އޯވަރުގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 161 ލަނޑެވެ. މުމްބާއީގެ ފެށުން މި އިނިންގްސްގައި ދިޔައީ ގޯސްކޮށެވެ. ތިން ވަނަ އޯވަރުގައި ކެޕްޓަން ރޯހިތު ޝަރުމާ ނުބައިވިއިރު، މި ދިޔަ ދެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އިޝާން ކިޝަން އަށް ވެސް ހެދުނީ އެންމެ 14 ލަނޑެވެ. ފަހު ދިހަ އޯވަރުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން ސޫރްޔަކުމާރު ޔާދަވް 36 ބޯޅައިން 52 ލަނޑު ހެދިއިރު، ތިލަކް ވަރުމާ ވަނީ 27 ބޯޅައިން 28 ލަނޑު ހަދައިފަ އެވެ. އެންމެ ފަހުން ކުޅެން ނުކުތް ކެއިރެން ޕޮލާޑް ފަހު އޯވަރުގައި 5 ބޯޅައިން ހެދި 22 ލަނޑުވެސް ފާހަގަކޮށްލެވެ އެވެ.

މި އިނިންގްސްގައި ކޮލްކަތާ ޓީމުން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގައި 49 ލަނޑަށް ދެ ވިކެޓު ނެގި ޕެޓް ކަމިންސް އެވެ. މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ވިކެޓު ނެގި އުމޭޝް ޔާދަވް ވަނީ މި މެޗުގައިވެސް ހަތަރު އޯވަރުގައި އެއް ވިކެޓު ނަގާފަ އެވެ.

ކޮލްކަތާއިން ކުޅެން ނިކުމެ ބޭނުންވި ވަރުގެ ކުޅުމެއް ކުރީކޮޅު ނުދެއްކުނެވެ. ފުރަތަމަ 10 އޯވަރުގައި މުހިންމު 3 ކުޅުންތެރިން ނުބައިވިއިރު، 67 ލަނޑު ހެދި އެވެ. އެ ޓީމަށް މެޗުން މޮޅުވުމުގެ އުއްމީދު ދަމަހައްޓައިދިނީ މި އިނިންގްސްގައި 50 ލަނޑު ހެދި ވެންކަޓޭޝް އައްޔަރެވެ. ސާދަ ވަނަ އޯވަރުގައި އެ ޓީމުގެ އޯލްރައުންޑަރު އަންދްރޭ ރަސެލް ނުބައިވެ ފަސް ވަނަ ވިކެޓު ގެއްލުމާ އެކު މުމްބާއީ އިންޑިއަންސް މި މެޗުން މޮޅުވެދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ދެން ކުޅެން ނުކުތް ޕެޓް ކަމިންސް ވަނީ އެންމެން ހައިރާން ކޮށްލައި މުޅި މެޗު އަނބުރާލައިފަ އެވެ.

ބެޓް ކުރުމުގައި ކުރިން ފާހަގަނުވި ނަމަވެސް މި މެޗުގައި ކަމިންސް ދެއްކި ކުޅުމާ އެކު އެންމެން ތިބީ ހައިރާންވެފަ އެވެ. އެންމެ 14 ބޯޅައިން 50 ލަނޑު ހަމަކޮށް އައިޕީއެލް ތާރީހުގެ އެންމެ އަވަސް ހާފް ސެންޗަރީ ހަދާފައިވާ ލޮކޭޝް ރާހުލްގެ ރެކޯޑާއި ހަމަކޮށްފަ އެވެ. ލޮކޭޝް ރާހުލް މި ރެކޯޑު ހެދީ 2014 ވަނަ އަހަރުގެ އައިޕީއެލްގައި ޑެލީ ކެޕީޓަލްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކަމިންސް ކޮލްކަތާ މޮޅުކޮށްދިނީ 30 ބޯޅައިން 35 ލަނޑު ހަދަން އޮއްވަ އެވެ. 16 ވަނަ އޯވަރުގައި އެކަނި 36 ލަނޑު ހަދައި ކަމިންސް ކޮލްކަތާ މި މެޗުން މޮޅުކޮށްދިނެވެ.

މި އިނިންގްސްގައި މުމްބާއީގެ މުރުގަން އަޝްވިން 3 އޯވަރުގައި 25 ލަނޑަށް 2 ވިކެޓު ނެގިއިރު، ޓައިމަލް މިލްސް ވެސް ވަނީ 3 އޯވަރުގައި 38 ލަނޑަށް 2 ވިކެޓު ނަގައިފަ އެވެ.

އިންޑިއަން ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ އައިޕީއެލްގައި އަލަށް ކުޅެމުން އަންނަ ލަކްނޯ ސުޕަ ޖަޔަންޓްސް އާއި ޑެލީ ކެޕިޓަލްސް އެވެ. އައިޕީއެލްގެ ދެ މެޗު ހޮނިހިރު އަދި އާދިއްތަ ކުޅެ އެވެ. ހަފްތާގެ ބާކީ ހުރި ހުރިހާ ދުވަހަކު ކުޅެނީ ދުވާލަކު މެޗެކެވެ. މުބާރާތުގެ ލީގު ބުރުގެ ފަހު މެޗު ކުޅޭނީ އަންނަ މަހު 22 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox