ރަށު ނޯޓު: ފުވައްމުލައް

ފުވައްމުލައް: ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ މި ސިޓީއަކީ އާސާރީ ގޮތުންވެސް މުހިންމު ބިނާތަކެއް ހިމެނޭ ސިޓީއެއް. -- ފޮޓޯ: އަހުމަދު އަލީ (އަޖައިބު)

ފުވައްމުލައް: ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ މި ސިޓީއަކީ އާސާރީ ގޮތުންވެސް މުހިންމު ބިނާތަކެއް ހިމެނޭ ސިޓީއެއް. -- ފޮޓޯ: އަހުމަދު އަލީ (އަޖައިބު)

ރާއްޖޭގެ އިދާރީ ހިންގުމުގެ ބޭނުމަށްޓަކައި އަތޮޅެކޭ ކިޔަސް، ޏ އަތޮޅަކީ އަތޮޅެއްގެ ސިފަ ލިބިގެންވާ އަތޮޅެއް ނޫނެވެ. އެއީ މާކަނޑުގެ މެދުގައި އޮތް މާސިންގާ ޖަރީޒާއެކެވެ.

މިއަދު 'ރަށު ނޯޓު' ގައި މި ބަލާލަނީ ޏ.ފުވައްމުލަކަށެވެ. ބިޔަބޮޑު މިރަށުގެ ބޮޑުމިނަކީ 491.7 ހެކްޓަރެވެ. މިއީ ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ބޮޑުމިނަށްވުރެ ވެސް ބޮޑު ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އާރު-1 އެވެ. އިހަށް އިދާރީ ގޮތުން ފުވައްމުލައް ބެހިފައި އޮތީ ނުވަ އަވަށަކަށެވެ. އެއީ ދަޑިމަގު، ހޯދަޑު، މާދަޑު، ދަށޮކުބާ، މިސްކިތްމަގު، ދޫނޑިގަން އަދި ފުނާޑު އެވެ. މީގެތެރެއިން ދަށޮކުބާ، މިސްކިތްމަގަށް އިތުރުކޮށް އެ އަވަށް ވަނީ އުވާލާފަ އެވެ.

މިރަށް ސިޓީއަކަށް ބަދަލުކުރެއްވީ 2017 ވަނަ އަހަރު އެވެ. ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ މި ސިޓީއަކީ އާސާރީ ގޮތުންވެސް މުހިންމު ބިނާތަކެއް ހިމެނޭ ސިޓީއެކެވެ. މި ސިޓީގައި ހުންނަ ކެނޑޭރި މިސްކިތުގެ ހަރިންމަ ތެރޭގައި ވަރަށް ގިނަ ދުވަސްވީ ހަތަރެސްކަން ވެވެއް އޮވެ އެވެ. އަދި ރަށުގެ ފުރަތަމަ އަންހެން ވާރުވެރިޔާ (އެ ޒަމާނުގައި އަތޮޅުވެރިޔާ)، ދޮންސިއްތީބުގެ މަހާނަ ކަމަށް ބުނެވޭ މަހާނައެއް މި މިސްކިތުގެ ގަބުރުސްތާނުގައި ހުރެ އެވެ.

Advertisement

ކެނޑޭރި މިސްކިތު ވެޔޮ
ކެނޑޭރި މިސްކިތު ވެޔޮ

ކެނޑޭރި މިސްކިތު ވެޔޮ

ފުވައްމުލައް ތިން ފަހަރަކު ފަޅުވި ކަމަށް ތާރީހީ މައުލޫމާތުތަކުން ހާމަވެ އެވެ. އެއިން ކޮންމެ ފަހަރަކުވެސް ރަށް ފަޅުވާން ދިމާވާ ސަބަބަކީ ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެ، ރަށުން މީހުން މަރުވާން ފެށުމުން ރަށް ދޫކޮށް އެހެން ރަށްރަށަށް މީހުން ހިޖުރަކުރުމުގެ ސަބަބުންނެވެ.

1985 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު މިރަށުގެ އާބާދީއަކީ 2674 އަންހެނުންނާއި، 2309 ފިރިހެނުންނާއެކު ޖުމްލަ 4983 މީހުންނެވެ. އެއީ އެޒަމާނަށް ބަލާއިރުވެސް ބޮޑު އާބާދީ އެކެވެ. 2014 ވަނަ އަހަރު އާބާދީ އަކީ 4372 އަންހެނުންނާއި، 3612 ފިރިހެނުންނާއެކު ޖުމްލަ 7984 މީހުންނެވެ. އެންމެ ފަހުން ބޯހިމެނުން އޮތީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން ފުވައްމުލަކުގެ އާބާދީއަކީ 6270 އަންހެނުންނާއި 6520 ފިރިހެންނާއެކު ޖުމްލަ 12790 އެވެ. ރަށު ކައުންސިލުން މައުލޫމާތު ދޭ ގޮތުން، ނިމިދިޔަ ފެބުރުއަރީ 2022 ގެ ނިޔަލަށް ރަށުގެ އާބާދީއަކީ 6588 އަންހެނުންނާއި 6818 ފިރިހެނުންނާއެކު ޖުމްލަ 13،406 އެވެ.

ފުވައްމުލަކުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ބިންގަނޑު ރަނގަޅު މި ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތުގައި މިހާރު އާންމުގޮތެއްގައި މަސައްކަތްކުރަނީ އުމުރުން ދުވަސްވީ މީހުން. -- ފޮޓޯ: އަބްދުﷲ އަބީދު

ފުވައްމުލަކުގެ މި ބޮޑު އާބާދީގެ ވަރަށް ބޮޑު ނިސްބަތެއް އާމްދަނީ ހޯދަނީ ސަރުކާރުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. ޕްރައިވެޓް ސެކްޓަގައިވެސް އެއް ބަޔަކު ހަރަކާތްތެރިވާއިރު އެ ވިޔަފާރިތަކުން އުފެދޭ ވަޒީފާތަކުގައިވެސް ގިނަ ބަޔަކު ހަރަކާތްތެރި ވެއެވެ. ބިންގަނޑު ރަނގަޅު މި ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތުގައި މިހާރު އާންމުގޮތެއްގައި މަސައްކަތްކުރަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ. ޒުވާނުންގެ ބޮޑު އާބާދީއެއް ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ.

ފުވައްމުލަކުގައި އާންމު ވިޔަފާރީގެ 80 ފިހާރައެއް ރަޖިސްޓްރީކޮށްފައި ވެއެވެ. މީގެ ތެރެއިން 70 ފިހާރަ ގަވާއިދުން ހިންގަމުން ދެއެވެ. ކާބޯތަކެތީގެ ހިދުމަތްދޭ 17 ތަނެއް ރަޖިސްޓްރީކޮށް ގަވާއިދުން ހިންގަ އެވެ. މިވަގުތުވެސް ފުވައްމުލަކުގައި 21 ގެސްޓްހައުސްއެއް ރަޖިސްޓްރީކޮށްގެން ހިންގަ އެވެ. އިތުރު ގެސްޓްހައުސްތަކެއް މި އަހަރު ހުޅުވުމަށް އެ ގެންދަނީ ތައްޔާރުކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ތަންތަން އިމާރާތްކުރުމުގެ މަސައްކަތް ހިންގަނީވެސް މިރަށުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުންނެވެ. އެ ކުންފުނިތައް ހިންގުމުގައި ރަށު ރަށްވެހިން އިސްކޮށް ހަރަކާތްތެރިވާއިރު، އަމަލީ މަސައްކަތްތަކުގައި ހަރަކާތްތެރިވަނީ ވަޒީފާއަށް ގެންނަ ބިދޭސީންނެވެ.

ފުވައްމުލަކަށް ލިބިފައި އޮތް އެންމެ ބޮޑު މުއްސަނދިކަމަކީ އެ ރަށުގެ ވަށައިގެންވާ މޫދު އަޑީގެ ރީތިކަމެވެ. އެ ރީތި މަންޒަރުތަކުގެ ހިތްހަމަޖެހުން ފަތުރުވެރިންނަށް ވިއްކުމަށް 7 ޑައިވް ސެންޓަރެއް މި ރަށުގައި ހިންގަ އެވެ. މޫދު އަޑީގެ ރީތިކަން ތަޖުރިބާކޮށްލަން ބޭނުންވާ ކޮންމެ މީހަކަށްވެސް މި ސެންޓަރުތަކުން ހިދުމަތް ދޭނެ އެވެ. ފުރަތަމަ ފިޔަވަޅުން ފެށިގެން ޑައިވް ނިމެންދެން އެހީތެރިކަން ފޯރުކޮށްދޭނޭ ތަމްރީނުލިބިފައިވާ، ތަޖުރިބާހުރި އިންސްޓްރަކްޓަރުން މި ސެންޓަރުތަކުގައި ހަރަކާތްތެރި ވެއެވެ.

އާބާދީގެ ބޮޑުކަމާއެކު ފުވައްމުލަކަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހި ކަމެވެ. ރަށުގައި ސަރުކާރުން އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން 40 ފްލެޓަކަށް ކުރިމަތިލުމަށް ހުޅުވާލުމުން، ޝަރުތު ހަމަވާ 200 އަށްވުރެ ގިނަ މީހުން އެ ފްލެޓްތަކަށް ކުރިމަތިލި އެވެ. ރަށުގެ ބޯހިޔާވަހިކަމުގެ ބޭނުން އޮތް މިންވަރު ބުނެދިނުމަށް ކައުންސިލުން ކިޔައިދިނީ މި މިސާލެވެ.

ރަށުގައި ވަޒީފާގެ ދަތިކަންވެސް ކޮންމެވެސް މިންވަރަކަށް އޮތްކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެ އެވެ. އެހެންނަމަވެސް ރަށުން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނާގޮތުން ވަޒީފާތަކަށް ނުކުންނާނޭ ރަނގަޅު މުވައްޒަފުން ނުލިބުމުގެ ދަތިކަންވެސް އެހާ ބޮޑެވެ. މިއީ ދެކޮޅަށްވެސް ދިގުކޮށް ދެއްކެން އޮތް ވާހަކައަކަށްވާތީ އެ ވާހަކަ އެ ހިސާބަށް ކުރުކޮށްލާނީ އެވެ.

ރަށްގިރުމުގެ މައްސަލަވެސް ފުވައްމުލަކަށް އޮތީ ކުރިމަތިވެފަ އެވެ. މިރަށުގެ އުތުރުފަރާތް ގިރަމުންދަނީ ހިފެހެއްޓުމެއް ނެތި އެވެ. މިކަން ހައްލުކުރުމަށްޓަކައި ރިވެޓްމަންޓްގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުންތަކުގައި އޮތީ ސޮއިކުރެވިފަ އެވެ. އެހެންނަމަވެސް އަދި މަސައްކަތެއް ނުފެށެ އެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފުރިހަމަކޮށް ނިންމަންޖެހޭކަމަށް ކައުންސިލުން ބުނެ އެވެ. މިއީ މިއަހަރު ފުރިހަމަކޮށް ނިންމާލެވޭނޭ މަސައްކަތެކެވެ.

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު، 15 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ރަށުގައި ބޮޑު ދެ މިސްކިތެއް އެޅުމުގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ. ދޫޑިގަމު އަވަށުގެ ފުޓްބޯޅަ ދަނޑުގައި ޓަރފް އެޅުމުގެ މަސައްކަތްވެސް އެ ދަނީ ހިނގަމުންނެވެ. ދޫނޑިގަން ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހެދުމުގެ މަސައްކަތާއި، ހާފިޒު އަހުމަދު ސްކޫލުގެ ކްލާސްރޫމް ހެދުމުގެ މަސައްކަތް ވެސް ނިމުމަކާ ގާތަށް ގޮސްފި އެވެ.

އާބާދީއާއި މަސައްކަތްތަކާއި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ވާހަކަ ނިމުނީ އެވެ. ދެން ފުވައްމުލަކުގެ ރީތި ވާހަކަ ދައްކަމާ ހިނގާށެވެ.

ފުވައްމުލަކު ބަނދަރުގައި ދޯޅިތައް އަޅާފައި. -- ފޮޓޯ: އަބްދުﷲ އަބީދު

ޒަމާނީ ތައުލީމުގެ ބޮޑު ޖީލެއް އޮތް ފުވައްމުލަކު މިހާރު މަޝްހޫރުވެފައި އޮތީ ރަށުގެ ނަލަކަމުންނެވެ. ފުވައްމުލަކު ބަންޑާރި ކުޅި އާއި ދަޑިމަގު ކުޅިއަކީ ރާއްޖޭގެ އެހެންއަތޮޅުތަކާއި ފުވައްމުލައް ތަފާތުވާ ވަރަށް ގިނަ ސަބަބުތަކުގެ ތެރެއިން ބޮޑު ސަބަބެކެވެ. ކުޅީގެ ޗަކަ ބިމުގައި 'މަޑް ބާތު' ނެގުމަކީ މިހާރު ދިވެހިންގެ މެދުގައި ވެސް 'ޓްރެންޑެކެވެ'. ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ މި ދެ ކުޅިންވެސް ފެންނާނީ ބަލާ ފޫހިނުވާނޭ ރީތި މަންޒަރުތަކެވެ. އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތު މި ރީތިކަން ގުނަގުނައަށް އިތުރުވެގެން ދެއެވެ.

މިއީ ލިޔުމަކުން، ފޮޓޯއަކުން ނުވަތަ ވީޑިއޯއަކުން އެންމެ ފުރިހަމައަށް އިހުސާސުކުރެވޭނޭ ރީތިކަމެއް ނޫނެވެ. މި ރީތިކަން ތަޖުރިބާކޮށް، އެ މަންޒަރުން އުފާ ހޯދުމަށް ފުވައްމުލަކަށް ޒިޔާރަތެއް ކުރުން ނޫން ގޮތެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox