ބޮލޯނިއާއާ އެއްވަރުވެ މިލާނަށް ފައިދާ ނުނެގި ޕްރެޝަރަށް

Apr 4, 2022, 11:58 PM
ބޮލޯނިއާއާ އެއްވަރުވެ މިލާނަށް ފައިދާ ނުނެގި ޕްރެޝަރަށް

މިލާން (އޭޕްރީލް 5) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާން މިރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ. މަގާމު ދަމަހައްޓަން އިތުުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިރޭގެ ނަތީޖާއާ އެކު މިލާން އެއް ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއް ވަނައިގައި އޮތް މިލާނާއި ދެ ވަނައިގައި އޮތް ނަޕޯލީން ވަނީ 31 މެޗު ކުޅެފަ އެވެ. މިލާނަށް 67 ޕޮޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ނަޕޯލީގެ އޮތީ 66 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ތިން ވަނައިގައި އޮތީ 30 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޔުވެންޓަސް އަށް 31 މެޗުން ވަނީ 59 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ހޯސޭ މޮރީނިއޯގެ ރޯމާ އަށް ވެސް ވަނީ 31 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިލާނުން މިރޭ ޖުމްލަ 33 ހަމަލާ އުފެއްދިއިރު، އޭގެއިން ގޯލާ ސީދާކޮށް ފޮނުވާލީ ހަތް ބޯޅަ އެވެ. މިލާނުން 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދަން މަސައްކަތްކުރާއިރު، މިރޭގެ މެޗުން މޮޅެއް ނުލިބުމަކީ ސީޒަނުގެ ފަހު ހަތް މެޗަށްދާއިރު، އެ ޓީމު ޕްރެޝަރަށް ވެއްޓޭނެ ކަމެކެވެ.

ބޮލޯނިއާ އިން ވަނީ މިރޭ 68،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ގޯލެއް ޖެހުމާ ވެސް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން ބޮލޯނިއާގެ މޫސާ ބަރޯ ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު މައިކް މައިގްނޯން ވަނީ މަތަކޮށްފަ އެވެ. މިލާނަށް ގޯލެއް ޖަހައިދޭން އޮލިިވިއޭ ޖިރޫޑް ފޮނުވާލި ދެ ހަމަލާއެއް ބޮލޯނިއާ ކީޕަރު ލޫކަސް ސްކޮރުޕްސްކީ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފްގައި މިލާނުގެ ރަަފައެލް ލެއާއޯ ޖެހި ބޯޅައެއް ވެސް ކީޕަރު ސްކޮރުޕްސްކީ ވަނީ މަތަކޮށްފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ޒްލަޓާން އިބްރަހިމޮވިޗް ވެސް މިލާނަށް ލަނޑެއް ޖަހައިދެވޭތޯ މަސައްކަތްކުރިއިރު، މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި މިލާންގެ ފަހު ހަަމަލާ ފޮނުވާލީ އަންޓޭ ރެބިޗް ބޮލުންނެވެ. އެ ބޯޅަ ވެސް ހުއްޓުވީ މެޗުގައި މޮޅަށް ކުޅުނު ސްކޮރުޕްސްކީ އެވެ.

މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ. ބުނީ މި މެޗުން މޮޅެއް ނުލިބުނީ ޕްރެޝަރުގައި ކުޅެން ޖެހުނު ކަމަށް ބުނާ ވާހަކަތަކަށް އެއްބަސްވެވެން ނެތް ކަމަށެވެ. އޭނާގެ ނަޒަރުގައި މޮޅެއް ނުހޯދުނީ ލަނޑެއް ޖެހުމުގައި ބޭނުންވާ ނަސީބުގެ އެހީ ވެސް ނެތުމުން ކަމަށް ޕިއޯލީ ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox