ސިނާގެ ރެކޯޑް ތިން ލެޖެންޑުންނަށް ވުރެ ރަނގަޅު

Apr 3, 2022, 6:41 PM
ޓެނިސް މެޗެއްގެ ތެރެއިން ސިނާ: އޭނާ އަކީ ޓެނިހުގައި މުސްތަގުބަލު އޮތް ކުޅުންތެރިއެއް.-- ފޮޓޯ: އޭއެފްޕީ

ޓެނިސް މެޗެއްގެ ތެރެއިން ސިނާ: އޭނާ އަކީ ޓެނިހުގައި މުސްތަގުބަލު އޮތް ކުޅުންތެރިއެއް.-- ފޮޓޯ: އޭއެފްޕީ

މޮނާކޯ، ފްރާންސް (އޭޕްރީލް 3) - އިޓަލީގެ އަރަމުން އަންނަ ޓެނިސް ތަރި ޔަނިކް ސިނާގެ ރެކޯޑެއް، އެކާވީސް ވަނަ ގަރުނުގައި މިހާތަނަށް ފެނުނު އެންމެ މޮޅު ތިން ޓެނިސް ކުޅުންތެރިން ކަމަށްވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ، ސްޕެއިނުގެ ރަފައެލް ނަޑާލް އަދި ސާބިއާގެ ނޮވަކް ޖޮކޮވިޗަށް ވުރެ ރަނގަޅުކަން ފާހަގަކުރެވިއްޖެ އެވެ.

އުމުރުން 20 އަހަރުގެ ސިނާ، މިހާރު ކުރިއަށްދާ މިއާމީ އޯޕަންގެ މެޗުތަކުގައި ދެއްކި ކުޅުމާ އެކު އޭނާ އަށް ވަނީ ޒުވާން އުމުރުގައި ޓެނިހުގެ ރަނގަޅު ރެކޯޑެއް ލިބިފަ އެވެ.

ސިނާ އަކީ 21 އަހަރު ފުރުމުގެ ކުރިން އެންމެ ގިނަ މެޗުތަކުގައި މެޗު ޕޮއިންޓްތައް އަނބުރާލައި ނަތީޖާ ނެރުނު ކުޅުންތެރިޔާ އެވެ. އުމުރުން 20 އަހަރުގައި ސިނާ މިހާތަނަށް ވަނީ 14 މެޗު ޕޮއިންޓް އަނބުރާލައި، ހަ މެޗުން މޮޅުވެފަ އެވެ. މިއީ ޓެނިހުގެ ގިނަ ތަޖުރިބާކާރުންގެ ލޯ އަމާޒުވެފައިވާ ކަމެކެވެ.

ޒުވާން އުމުރުގައި ސިނާގެ ރެކޯޑާއި މަޝްހޫރު ތިން ކުޅުންތެރިންގެ ރެކޯޑާ ވަނީ އަޅާކިޔައިފަ އެވެ. އެ ގޮތުން ފެޑެރާ އެ އުމުރުގައި ހަ މެޗުން މޮޅުވިއިރު، އޭނާ އަށް އަނބުރާލެވުނީ 10 މެޗު ޕޮއިންޓެވެ. ދާދި ފަހުން 21 ގްރޭންޑް ސްލޭމް ތަށީގެ ރެކޯޑް ހާސިލްކުރި ނަޑާލަށް އުމުރުން 21 އަހަރު ފުރުމުގެ ކުރިން ހަތަރު މެޗު ޕޮއިންޓް ހާލަތު އަނބުރާލައި ތިން މެޗުން މޮޅުވި އެވެ. އަދި ދުނިޔޭގެ އެއް ވަނައިގައި އޮތް ޖޮކޮވިޗަށް ޒުވާން އުމުރުގައި އަށް މެޗު ޕޮއިންޓް އަނބުރާލެވުނުއިރު، މޮޅުވެވުނީ އޭގެއިން ދެ މެޗުންނެވެ.

ޓެނިހުގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ސިނާގެ ތަފާތަކީ މެންޓަލީ ވަރުގަދަ ވުމާއި ގޮތްދޫނުކޮށް މެޗު ނިމެންދެން އެ ކުރާ ހިތްވަރެވެ.

މި ފަހަރުގެ މިއާމީ އޯޕަންގެ ކުރިން ދުބާއީ މުބާރާތުގައި ސިނާގެ ފަރާތުން ފެނުނު ކުޅުމާ އެކު ޓެނިހުގެ ތަޖުރިބާކާރުންގެ ނަޒަރުގައި ސިނާ އަކީ މުސްތަގުބަލުގައި ވިދާލާނެ ތަރިއެކެވެ.

ސިނާގެ އިތުރުން ދެން އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާ ޓެނިސް ކުޅުންތެރިއަކީ ސްޕެއިނުގެ 18 އަހަރުގެ ތަރި ކާލޯސް އަލްކަރާޒް އެވެ. މިއާމީ އޯޕަންގެ ފައިނަލުގައި އަލްކަރާޒް މިރޭ ކުޅޭނީ ނޯވޭގެ ކެސްޕާ ރޫޑްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox