ޔޫކްރެއިންގައި އޮތް ސުލްހަވެރި އެއްވުމެއް ރޫޅާލަން ރަޝިއާ ސިފައިން ބަޑި ޖަހައިފި

ޔޫކްރެއިންގެ ލްވިވް ސިޓީގައި ހަނގުރާމައާ ދެކޮޅަށް ހުށަހެޅުމެއް ދެނީ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ލްވިވް ސިޓީގައި ހަނގުރާމައާ ދެކޮޅަށް ހުށަހެޅުމެއް ދެނީ. -- ފޮޓޯ: އޭއެފްޕީ

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ދެކުނުގެ ސިޓީއެއްގައި އޮތް ސުލްހަވެރި އެއްވުމެއްގެ ތެރެއަށް ރަޝިއާ ސިފައިން ބަޑި ޖަހައި ހަތަރު މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފި އެވެ.

ސުލްހަވެރި އެއްވުން ބޭއްބީ އެނެރްހޮޑާރް ސިޓީގަ އެވެ. ޔޫރަޕްގެ އެންމެ ބޮޑު ނިޔުކްލިއާ ހަކަތަ އުފައްދާ ޕްލާންޓް ހުންނަ އެ ސިޓީ ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ދިޔައީ މާޗް މަހުގެ ކުރީ ކޮޅު އެވެ. އެ ސިޓީގެ ރައްޔިތުން ހުކުރު ދުވަހު ބޭއްވީ ރަޝިއާއާ ދެކޮޅު އެއްވުމެކެވެ.

ޔޫކްރެއިންގެ އިންސާނީ ހައްގުތަކާ ބެހޭ އޮމްބަޑްސްމަން ލިޔުޑްމިލާ ޑެނިސޯނާ ޓެލެގްރާމްގައި ބުނީ ރަޝިއާގެ ސިފައިން އެ މީހުންގެ ގަޔަށް ބަޑި ޖެހުމުން، ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ އެނެރްހޮޑާރް ސިޓީގެ މައިދާނަކަށް އެއްވެފައި ތިބި މީހުންގެ ތެރެއިން ހުދު ދުންތަކެއް އަރައި ގޮވުންތަކެއް އަޑު އިވެން ފެށުމާ އެކު މީހުން ސަލާމަތް ވާން ދުވާ މަންޒަރެވެ.

ޑެނިސޯވާ ވިދާޅުވީ ބައެއް މީހުން ގަދަކަމުން ސިފައިންގެ އުޅަނދުތަކަށް އަރުވައި، ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން ގެންދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގެ އެވެ. އޭނާ ރަޝިއާގެ ސިފައިންނަށް ތުހުމަތު ކުރެއްވީ ސިޓީގެ ރައްޔިތުންނަށް ބިރު ދައްކަމުންދާ ކަމަށެވެ.

މީގެ ކުރިން ހާސަން ސިޓީގައި ވެސް ސުލްހަވެރި އެއްވުމެއްގެ ތެރެއަށް ރަޝިއާ ސިފައިން ބަޑި ޖެހި ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރި އެވެ.

ޑެނިސޯވާ ވިދާޅުވީ އެނެރްހޮޑާރްގެ މޭޔަރު އައިވަން ސަމޮއިޑިޔުކް ރަޝިއާ ސިފައިން "ރަހީނުކޮށްފައިވާ" ކަމަށާއި އޭނާގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox