މަރިޔުޕޯލްއަށް ހަމަލާ ދިނުން ހުއްޓާލާނީ އަމާން ދިނުމުން: ޕުޓިން

މަރިޔުޕޯލްގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބިފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

މަރިޔުޕޯލްގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބިފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔޫކްރެއިންގެ މަރިޔުޕޯލް ސިޓީއަށް ހަމަލާ ދިނުން ހުއްޓާލާނީ އެ ތަނުގައި ތިބި ޔޫކްރެއިންގެ ސިފައިން އަމާން ދިނުމުން ކަމަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން އެގޮތަށް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯންއާ އެކު ފޯނުން ކުރެއްވި އެއް ގަޑިއިރުގެ މަޝްވަރާގައި ކަމަށް ރަޝިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ނަމަވެސް ފްރާންސްގެ އޮފިޝަލުން ވިދާޅުވީ މަޝްވަރާގައި ޕުޓިން އެއްބަސްވެވަޑައިގެންނެވީ މަރިޔުޕޯލް ސިޓީއިން އާއްމުން ބޭރު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.

އެމެރިކާގެ ކުންފުނި، މެކްސާއިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން މަރިޔުޕޯލްއަށް ލިބިފައިވާ ގެއްލުންތައް ވަރަށް ބޮޑަށް ފެނެ އެވެ. އެގޮތުން ސިޓީގެ ބައެއް ހިސާބުތަކުގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ.

މަރިޔުޕޯލް ސިޓީގައި ތިބި އާއްމުން ރައްކާތެރި ހިސާބަކަށް ގެންދިޔުމުގެ ޕްލޭނެއް ފްރާންސާއި ތުރުކީ އަދި ގްރީސްގެ އިތުރުން އިންސާނީ އެހީދޭ ގްރޫޕްތައް ގުޅިގެން ތައްޔާރުކޮށް، ޕުޓިންއަށް ހުށަހަޅާފައިވެ އެވެ.

ފްރާންސްގެ ރައީސަށް ޕުޓިން ވިދާޅުވީ އެ ޕްލޭނާ މެދު "ވިސްނަވާނެ" ކަމަށެވެ. ނަމަވެސް ރަޝިއާ ސަރުކާރުން ނެރުނު ބަޔާނުގައި ޕުޓިން އެގޮތަށް ވިދާޅުވި ކަމަށް ފާހަގަކޮށްފައެއް ނުވެ އެވެ.

ޔޫކްރެއިނުން ތުހުމަތު ކުރާ ގޮތުގައި ރަޝިއާއިން ދަނީ މަރިޔުޕޯލްގެ އެތައް ހާސް ރައްޔިތުންނެއް ގަދަކަމުން "ރަހީނުކޮށް" ރަޝިއާގެ ހިސާބުތަކަށް ގެންދަމުންނެވެ.

މަރިޔުޕޯލް ސިޓީ ދޫކޮށް ރައްކާތެރި ހިސާބަކަށް ބަދަލުވެފައިވާ މޭޔަރު ވަޑީމް ބޮޔިޗެންކޯ ވިދާޅުވީ މިހާތަނަށް އެ ސިޓީއިން 5000 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 210 ކުދިން ހިމެނޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox