ސަލާހު ވޯލްޑް ކަޕުން ނުފެންނާނެ، ޕޯޗުގަލް ގޮވައިގެން ރޮނާލްޑޯ ވޯލްޑް ކަޕަށް

Mar 30, 2022, 1:06 AM
ސަލާހު ވޯލްޑް ކަޕުން ނުފެންނާނެ، ޕޯޗުގަލް ގޮވައިގެން ރޮނާލްޑޯ ވޯލްޑް ކަޕަށް

ލިޒްބަން (މާޗް 30) - ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން އެފްރިކާ ބައްރުގެ ޕްލޭއޮފުން ޕެނަލްޓީ ޖަހައިގެން ސެނެގާލް އަތުން މުހައްމަދު ސަލާހުގެ މިސްރު ކެޓިއިރު، ޔޫރަޕްގެ ޕްލޭއޮފްގައި ނޯތު މެސެޑޯނިއާ 2-0 އިން ބަލިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ކުޅޭ ޕޯޗުގަލް ގަތަރުގައި މި އަހަރު ފަހުކޮޅުގައި ބާއްވާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ.

ސެނެގާލާއި ޕޯޗުގަލްގެ އިތުރުން ރޭ ވޯލްޑް ކަޕުން ފުރުސަތު ހޯދި އަނެއް ގައުމުތަކަކީ ގާނާ، ޕޮލެންޑް، ޓިއުނީޝިއާ، މޮރޮކޯ އަދި ކެމަރޫން އެވެ.

މިދިޔަ ހަފްތާގައި މިސްރުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ސެނެގާލް ބަލިކޮށްފަ އެވެ. އެ އެޑްވާންޓޭޖާ އެކު ރޭ ސެނެގާލްގައި ކުޅުނު ދެ ވަނަ ލެގަށް ނުކުތްތާ ތިން މިނިޓް ތެރޭ ބޫލާޔޭ ޑިއާ ވަނީ ހިލޭ ޖެހުމެއްގައި އޭރިއާތެރެއިން ލިބުނު ފުރުސަތުން ސެނެގާލަށް ގޯލެއް ޖަހައިދީ ޕްރެޝަރު ކަނޑުވާލައިފަ އެވެ.

ސެނެގާލްގެ ޑިއަމްނިއާޑިއޯ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުޅުންތެރިންގެ މޫނަށް ލޭޒާ ލައިޓް އެޅުމާއި ދަނޑަށް ފުޅި ފަދަ ތަކެތި އުކިއިރު، މެޗުގައި ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި ވެސްް އިތުރު ގޯލެއް ނުފެނި ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ.

މެޗުގައި ގޯލެއް ޖަހަން މިސްރުގެ ޒީޒޯ އަށް ރަނގަޅު ދެ ބޯޅައެއް ލިބުނުއިރު، ފުރަތަމަ ފުރުސަތުގައި ސަލާހު ނަގައިދިން ހުރަހެއްގައި ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. އަނެއް ބޯޅަ ސެނެގާލް ދެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ޖެހި ބޭރަށެވެ. ސެނެގާލް މޮޅުކޮށްދޭން އިސްމާއިލާ ސާ ހުސްކޮށް ހުރެފައި ޖެހި އެއް ބޯޅަ ދިޔައީ ބޭރުންނެވެ. ފަހުން ފޮނުވާލި ހަމަލާއެއް މިސްރު ކީޕަރު އެލް ޝަނާވީ މަތަކުރި އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސީސޭ ޖެހި ބޯޅަ ވެސް މިސްރުގެ ކީޕަރު މުހައްމަދު އެލް ޝަނާވީ ހުއްޓުވި އެވެ.

މިދިޔަ މަހުގައި މިސްރު އަތުން ޕެނަލްޓީ ޖަހައިގެން ސެނެގާލުން އެފްރިކަން ކަޕް ޗެމްޕިއަންކަން ހޯދިއިރު، ރޭ މި ވަނީ ޕެނަލްޓީ ޖަހައިގެން މިސްރު ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ވެސް ހޯދައިފަ އެވެ.

މިސްރާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސެނެގާލްގެ މާނޭ ބޯޅަ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

ރޭގެ ޕެނަލްޓީ ޝޫޓައުޓްގައި ދެ ޓީމަށް ވެސް ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. ފުރަތަމަ ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ހުރަސް ދަނޑިއަށެވެ. މިސްރަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދައިދިން ޕެނަލްޓީ ކޮންގޯ ކޮޅަށް ކާމިޔާބުކުރި ސަލާހު ރޭ ޖެހި ޕެނަލްޓީ ދިޔައީ ގޯލާ ސީދާނުވެ އެވެ. ދެ ވަނަ އަށް ގޮސް މިސްރުގެ ޒީޒޯ ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު، ސެނެގާލްގެ ސިސް ޖެހި ޕެނަލްޓީ ވެސް ވީ ނާކާމިޔާބެވެ.

ސެނެގާލަށް ފުރަތަމަ ޕެނަލްޓީއެއް ކާމިޔާބު ކޮށްދިނީ ތިން ވަނަ އަށް ފޮނުވާލި ސާ އެވެ. މިސްރުން ވެސް ތިން ވަނަ ޕެނަލްޓީ ކާމިޔާބުކުރި އެވެ. މި ޕެނަލްޓީ ފޮނުވާލީ އަމްރު އެލް ސޮލިއާ އެވެ. ސެނެގާލްގެ ހަތަރު ވަނަ ޕެނަލްޓީ ބަމްބާ ޑިއެންގް ކާމިޔާބުކޮށް ލީޑެއް ނަގައިިދިނެވެ. އެކަމަކު، ދެން ޖަހަން ދިޔަ މިސްރު ޓީމުގެ މުސްތަފާ މުހައްމަދު ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ގޯލުގައި ހުރި ދާދި ފަހުން ދުނިޔޭގެ އެއް ވަނަ ކީޕަރުގެ މަގާމު ހޯދި އެޑޮއާޑް މެންޑީ މަތަކުރީ އެވެ. ސެނެގާލަށް ވޯލްޑް ކަޕްގެ ޖާގަ ހޯދައިދޭން ފޮނުވާލި ޕެނަލްޓީ ޖެހީ މާނޭ އެވެ. އެފްރިކަން ކަޕްގެ ފައިނަލެކޭ އެއްގޮތަށް މާނޭ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްދީފަ އެވެ.

ސެނެގާލުން ވަނީ މީގެ ކުރިން 2002 އާއި 2018 ގައި ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.

އެފްރިކާގެ ޕްލޭއޮފް އެހެން މެޗުތަކަށް ބަލާއިރު، ތޯމަސް ޕާޓޭގެ ގޯލުން 1-1 އިން ނައިޖީރިއާާއާ އެއްވަރުކޮށް، އެގްރިގޭޓުން ކުރިހޯދައި ގާނާ ވަނީ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފަ އެވެ. ޓިއުނީޝިއާ އިން ފުރަތަމަ މެޗުގައި 1-0 އިން މާލީ، ބަލިކުރިއިރު، ފުރަތަަަމަ ލެގުގައި މޮޅުވެފައި އޮތުމުން ރޭގެ މެޗު އެއްވަރުވެގެން ވެސް ވަނީ ވޯލްޑް ކަޕްގެ ޖާގަ ލިބިފަ އެވެ. ކެމަރޫނުން ވަނީ އަލްޖީރިއާ ކަޓުވާލައިފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ކާލް ޓޯކޯ އެކަމްބީ ޖެހި ގޯލުން 2-1 އިން ރޭ އަލްޖީރިއާ އަތުން މޮޅުވެ، ކެމަރޫން ވޯލްޑް ކަޕްގެ ޖާގަ ހޯދީ އެވެ. މޮރޮކޯ އިން ރޭ 4-1 އިން ކޮންގޯ ބަލިކުރިއިރު، ދެ ލެގުގައި ވެސް މޮރޮކޯ މޮޅުވީ އެވެ.

ޕޯޗުގަލުން ކުރިމަތިވި ޕްރެޝަރަށް ޖަވާބު ދިން

ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފަށް ބަލާއިރު، މިދިޔަ ހަފްތާގައި އިޓަލީ ކަޓުވާލި ނޯތު މެސެޑޯނިއާ އަށް މާ ބޮޑު ކަމެއް ޕޯޗުގަލް ކައިރީގައި ނުކުރެވުނެވެ. މިދިޔަ ހަފްތާގައި ޕްލޭއޮފް ސެމީގައި ތުރުކީ ކަޓުވާލި ގޮތަށް އެ ފޯމުގައި ކުޅެ، ރޭ ޕޯޗުގަލް އިން ވަނީ ނޯތު މެސެޑޯނިއާ ވެސް ބަލިކޮށްފަ އެވެ.

ޕޯޗުގަލްގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދޭން ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތުގައި އޭނާ އަށް ގޯލަކަށް ހަދައިނުލެވުނެވެ. ރޭ ޕޯޗުގަލްގެ ދެ ގޯލު ވެސް ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ.

މެޗުގެ 32 ވަނަ މިނިޓްގައި ފެނާންޑޭސް ޕޯޗުގަލަށް ލީޑުނަގައިިދިން ގޯލުގައި ރޮނާލްޑޯގެ ދައުރު އެބައޮތެވެ. ދެ ވަނަ ހާފުގައި ފެނާންޑޭސް ޕޯޗުގަލްގެ ދެ ވަނަ ގޯލު ޖެހީ ޑިއޯގޯ ޖޮޓާ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. މީގެ އިތުރުން ވެސް ޕޯޗުގަލް އަށް ގޯލު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަަަަބަބުން އެ ޓީމު ވޯލްޑް ކަޕް ކޮލިފައިން އިން ވަނީ ބޭރުކޮށްލައިފަ އެވެ. އެހެންވެ، ރަޝިއާއާ ކުޅެން ޖެހިފައި އޮތް ޕްލޭއޮފް ސެމީ ފައިނަލް މެޗު ޕޮލެންޑަށް ލިބި، ފައިނަލަށް ދިޔައީ އެވެ. ރޭ ޕްލޭއޮފް ފައިނަލުގައި ޕޮލެންޑުން ވަނީ 2-0 އިން ސްވިޑެން ބަލިކޮށްފަ އެވެ. ޕޮލެންޑްގެ ގޯލުތައް ޖެހީ ފީފާ ބެސްޓް އެވޯޑްސް މިދިޔަ ދެ އަހަރު ވެސް ހޯދި ރޮބަޓް ލެވަންޑޯސްކީގެ އިތުރުން ޕިއޮޓްރޭ ޒިއެލިންސްކީ އެވެ.

ޔޫރަޕްގެ ޕްލޭއޮފްގެ އެއް ފަޅި އަދި ނުނިމެ އެވެ. އެއީ ޔޫކްރެއިނާއި ސްކޮޓްލެންޑްގެ ސެމީ ފައިނަލް މެޗު ޖޫން އަށް ފަސްކޮށްފައި އޮތުމުންނެވެ. އެ މެޗުން މޮޅުވާ ޓީމެއް އެ ފަޅީގެ ޕްލޭއޮފް ފައިނަލުގައި ކުޅެން ޖެހޭނީ ވޭލްސްއާ އެވެ. އެ މެޗު އޮންނާނީ ވެސް ޖޫންގަ އެވެ.

ގަތަރުގައި މި އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު ބާއްވާ ފީފާ ވޯލްޑް ކަޕްގެ 32 ޖާގައިގެ ތެރެއިން 27 ޖާގަ ވަނީ ކަށަވަރުވެފަ އެވެ. މި 27 ޓީމުގެ ތެރޭގައި ހިމެނޭ 21 ގައުމަކީ 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ކުޅުނު ޓީމުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox