ޖިންސީ ގޯނާގެ ތަހުގީގު އަވަސް ކުރަން އައްޑޫ ކައުންސިލުން ގޮވާލައިފި

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ބެހުނު ކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފަގެ ގޭކައިރީގައި މުޒާހަރާކުރާތީ ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ހުސެއިން މެޓްރިކްސް/ ފޭސްބުކް

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ބެހުނު ކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފަގެ ގޭކައިރީގައި މުޒާހަރާކުރާތީ ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ހުސެއިން މެޓްރިކްސް/ ފޭސްބުކް

އުމުރުން އެންމެ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އަވަސްކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ހަ އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 59 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް, އެ ރަށު މީހުން ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ކުއްޖާގެ ކާފައަށެވެ. އެކަމަކު ފުލުހުން ވަނީ ހައްޔަރުކުރި މީހާގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކި މިހާތަނަށް ނެތް ކަމަށް ބުނެފަ އެވެ.

ހައްޔަރު ކުރީ ކަމާނުބެހޭ މީހެއް ކަމަށް ބުނެ އިއްޔެއިން ފެށިގެން ދަނީ އެ ކުއްޖާގެ ކާފަގެ ގޭ ދޮށުގައި މުޒާހަރާ ކުރަމުންނެވެ.

އެކަމާ ގުޅިގެން އައްޑޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 23 ވަނަ ދުވަހު އައްޑޫސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ކުރެވޭ ޖިންސީގޯނާގެ ކުށްތަކަކީ މި ކައުންސިލާއި މުޅި މުޖްތަމައުގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ، މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި އެކަމުގައި އެކިގޮތްގޮތުން ބައިވެރިވާ ފަރާތްތަކުން ހިންގާ ކަންކަމަކީ ކައުންސިލުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަދި އެކަމަށް ތާއީދުކުރާނެ ކަންކަމެއް ވެސް ނޫން ކަމަށް އެ ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި މިހާރު ކަންބޮޑުވުން އޮތް އިސްވެދެންނެވުނު މައްސަލާގައި ދިވެހި ފުލުހުންގެ ހިދުމަތަށާއި ކަމާބެހޭ ފަރާތްތަކުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ދިނުމަށް ވެސް އެ ކައުންސިލުން އެދިފައިވެ އެވެ.

"މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެގެންވަނީ އަދުލު އިންސާފު ގާއިމްވެފައި އޮތުމުގެ މައްޗަށް. މިމައްސަލައަކީ ދެއަމާންކަމާއި ސަލާމަތާއި ގުޅިފައިވާ ނާޒުކު މައްސަލައަކަށްވާތީ މި މައްސަލައިގައި އަދުލުއިންސާފު ހޯދައިދިނުން އަވަސްކޮށްދިނުމަށް ދައުލަތުގެ މުވައްސަސާތަކާއި ކަމާއިބެހޭ އެންމެހާ އިދާރާތަކަށް ދަންނަވަން،" ކައުންސިލުން ބުނެފައިވެ އެވެ.

އިއްޔެ މެންދުރުން ފެށިގެން އެ ކުއްޖާގެ ކާފަގެ ގޭގެ ދޮރުމަތީގައި ގިނަ ބަޔަކު އެއްވެ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުން ދިޔަ އެވެ. ތިން ފުލުހުން އެ ގޭގެ ދޮރުމަރީ ތިބި ނަމަވެސް ކުއްޖާގެ ކާފަ ލަަންކާއަށް ފުރުވާލަން އުޅޭކަމުގެ ތުހުމަތާ އެކު އެ ސަރަހައްދަށް އެއްވާ މީހުން އިތުރުވި އެވެ.

މުޒާހަރާ ކުރި މީހުން އެ ސަރަހައްދުން ދުރަށް ނުދިއުމުން އެންމެ ފަހުން ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާ ރޭ ފަތިހު ވަނީ ރޫޅާލާފަ އެވެ. އަދި އެކަކު ވަނީ ހައްޔަރު ވެސް ކޮށްފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox