"ސަރުކާރުން ކައުންސިލްތަކަށް ބާރުނުދޭތީ" އިދިކޮޅާއި އެމްޑީޕީގެ ވެސް ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ލޯކަލް ކައުންސިލްތަކުން ވިފާރިކުރުމުގެ ބާރު ނުދޭތީ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ލޯކަލް ކައުންސިލްތަކުން ވިފާރިކުރުމުގެ ބާރު ނުދޭތީ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ލާމަރުކަޒީ އުސޫލު ފުރިހަމައަށް ތަންފީޒުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް، އެ އުސޫލު ތަންފީޒުކޮށް ކައުންސިލްތަކަށް ބާރުތައް ނުދޭކަމަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި ކުންފުނީގެ ބިލުގެ ބަހުސްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ބިލު ސަރުކާރުން މިހާރު ހުށަހެޅީ ކީއްކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ. ކައުންސިލްތަކުން ކުންފުނި ހެދުމާ ބެހޭ ބައެއް އެެ ގާނޫނުގައި ހިމަނާފައި އޮތުމުން އެކަމަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ރަނގަޅަށް ތަންފީޒުކުރަން ވައުދުވެގެން އައި ނަމަވެސް ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ކައުންސިލްތަކަށް ބާރު ނުދޭތީ އޭނާ މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ކައުންސިލްތަކަށް ބާރު ނުދޭތީ އޭނާ މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ކައުންސިލްތަކަށް ބާރު ނުދޭތީ އޭނާ މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.

"ކޮން ކަމެއްތޯ ކައުންސިލްތަކަށް ކޮށްދެވުނީ؟ މި ބިލުގައި އެބަ އޮތް ކައުންސިލްތަކުން ކުންފުނިތައް ހިންގާ ވާހަކަ. އެއީކީ މި ބިލަށް ގެނެސްގެން ކުރަން ޖެހޭ ކަމެއް ނޫނޭ. އެއީ މިހާރުވެސް ކުރެވިފައި އޮންނަން ޖެހޭ ކަމެއް އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވި އެވެ.

ކައުންސިލްތަކުން ކުންފުނި ހަދައިގެން ވިޔަފާރިކުރުން މަނާނޫން ކަމަށާއި އެހެން ނަމަވެސް މައި ސަރުކާރުގައި ހުރިހާ ބާރުތަކެއް ހިފަހައްޓައިގެން އުޅެނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ބޭނުން ނުކުރެވެނީ އެހެންވެ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ދެން ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީޕީން ނުދެއްކިއްޔާ މާ ތާހިރުވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބާރުތައް ދޫނުކުރާ ކަަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ބ. އަތޮޅުގައި ހުރި ބައެއް ފަޅުރައްތަކުގެ ނަފާ އެ އަތޮޅުގެ ކައުންސިލަށް ނުލިބޭތީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައިވާ ޝަކުވާ އެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ވިދާޅުވީ ކައުންސިލްތަކުން ކުންފުނިތައް ހެދުމުގެ ހުއްދަ މިހާރުވެސް ދެވޭނެ ކަމަށެވެ. ބާރުގަދަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އެ ހުއްދަ ދިނުމާބެހޭ ބައިތަކާއެކު ކުންފުނީގެ ބިލު މަޖިލީހަށް ފޮނުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ގާތްގަނޑަކަށް ހަތަރު އަހަރު ދުވަސް ފާއިތުވިފަހުން ކަމަށް ވުމުން ވަހީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ހަމަ ކަންބޮޑުވުމާއެކީ އަޅުގަނޑު ފާހަގަކޮށްލަން އަދި ރާއްޖޭގެ އެެއްވެސް ކައުންސިލަކަށް ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރިޔަ ނުދީ ހިފަހައްޓާލައިގެން އެ ތިއްބަވަނީ،" ވަހީދު ވިދާޅުވި އެވެ.

ކައުންސިލްތަކުން ކުންފުނިތައް ހެދުމުގެ ހުއްދަ ނުދޭތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox