އެންމެ ފުރިހަމަ 'ގިފްޓް އައިޑިއާ' އެއް އެއީ ނެތް އެއްޗެކެވެ. އަމުދުން ރޯދަ މަސް ފަދަ ހާއްސަ މައްސަރަކާ މުނާސަބުކޮށް ގާތް މީހަކަށް ހަދިޔާ އެއް ދޭނަމަ ގަންނަންވީ އެއްޗެއް ނުވިސްނި ކަންބޮޑުވާ ހިސާބަށް ވެސް ގޮސްދާނެ އެވެ. އެކަމަކު މިއީ "އަދަދު" ގެ ވަފާތެރި ކިޔުންތެރިންނަށް އަހަރެމެން ބޭނުންވާ ގޮތެއް ނޫނެވެ. އެހެންވީމަ، މި އާޓިކަލް ގައި ކިޔުންތެރިންނަށްޓަކައި މި ހިމަނާލަނީ ލޯބިވާ މީހަކަށް ރޯދަ ހަދިޔާ އެއްގެ ގޮތުގައި ދެވިދާނެ ބައެއް އެއްޗިއްސެވެ.
ވަގުތު މާ ބޮޑަށް ކުޑަތަންވެފައި އޮތުމުން އެޑިޓަރުން ހިޔާރުކުރީ މާ ބޮޑު އުނދަގުލަކާ ނުލައި ގޭގައި އިނދެ އުރީދޫގެ މޫލީ އިން އޯޑަރުކޮށްލައިގެން ހިލޭ ޑެލިވަރީގައި ގެއަށް ގެނެވިދާނެ ހަތް ޕްރޮޑަކްޓެކެވެ.

ގުރުއާން ސްޕީކާ
މިއީ މަންމަ ނުވަތަ ބައްޕަ އަށް "ސްމާޓް" ހަދިޔާ އެއް ދޭން ގަސްދުކުރާނަމަ ޕާސަނަލް ފޭވަރިޓް އެކެވެ.
މި ގުރުއާން ސްޕީކާ އަށް މުޅި ގުރުއާނުގެ އޯޑިއޯ އަޅާފައިވެ އެވެ. ފަސޭހައިން ސްޕީކަރާ ކުޅެލެވޭ ގޮތަށް ރިމޯޓަކާއެކު އަންނަ މި ޑިވައިސްއިން ރީތި ރާގުތަކަށް ކިޔަވާ މަޝްހޫރު ގާޒީންގެ އަޑުން ގުރުއާނުގެ ހުރިހާ ސޫރަތެއް އަޑު އަހައިލެވޭނެ އެވެ. އަދި ބޭނުން ނަމަ، ގުރުއާނުގެ ތަރުޖަމާ ވެސް އަޑު އަހައިލެވޭނެ އެވެ. މީގެ އިތުރުން ހަދީސް ތަކާއި ދުވަހުގެ ޒިކުރު ތައް ވެސް އަޑުއަހައިލެވޭނެ އެވެ.
މި ސްޕީކާ އެއްގެ އެންމެ ހާއްސަ އެއް ފީޗާ އަކީ މީގައި ހިމެނޭ އެފްއެމް ފަންކްޝަން އެވެ. ޓިއުންކޮށްލައިގެން ރޯދަ މަހުގެ ރޭޑިއޯ ޕްރޮގްރާމްތައް ވެސް އަޑު އަހައިލެވޭނެ އެވެ.
މޫލީ އިން އޯޑަރުކޮށްލައިގެން ގަނެލެވޭ މި ސްޕީކަރުގެ އަގު އުޅެނީ 371 ރުފިޔާ އަށެވެ.

ވުޑް ގްރެއިން ހިއުމިޑްފަޔާ
ގޭތެރެއަށް ހިތްގައިމު ކަމާއި އަރާމުކަން ގެނެސްދޭ ޕްރޮޑަކްޓް ތަކަށް ވަކި މުނާސަބަތެއް، ދުވަހެއް ހާއްސަވުމެއް ނެތި އެންމެން ވެސް ލޯބިކުރާނެ އެވެ. އެހެންވީމަ، މި ހިތްގައިމު ހިއުމިޑްފަޔާ އަކީ މި ލިސްޓެއްގައި ހިމެނޭނެ އެންމެ "ތެރަޕިއުޓިކް" ހަދިޔާ އަށް ވާނެ އެވެ.
ހިއުމިޑްފަޔާ އެއް ގެއަށް ހާއްސަވާނެ ސަބަބުތައް ގިނަ އެވެ. މިއިން ގޭތެރޭގައި ހުންނަ ވައިގެ ތެތްކަން އިތުރުކޮށްދީ، ހަންގަނޑަށް އަރާމުކަން ގެނެސްދޭނެ އެވެ.
ފޯމެކްސް ޕްރައިވެޓް ލިމިޓެޑްގެ މި ޕްރޮޑަކްޓް ވެސް މޫލީ އިން އޯޑަރުކޮށްލެވޭނެ އެވެ. އަގަކީ 300 ރުފިޔާ އެވެ.

ޑިޖިޓަލް ތަސްބީހް އެންޑް ކޮންޕަސް
ރޯދަ މަހަކީ އަޅުކަމުގެ މައްސަރެވެ. ވަކި އުމުރެއް ނެތި، ރޯދަ މަހުގެ ސަވާބާއި ދަރުމަ ހޯދަން މަސައްކަތް ކުރާ ހާއްސަ މައްސަރުގައި މީގެ ތަސްބީހަ އަކުން ތުއްތު ކުދިން ވެސް ޒިކުރުކުރުމަށް ހިތް ޖައްސުވައިލެވޭނެ އެވެ.
އެކި ކުލަތަކުން ލިބެން ހުންނަ އަގު ހެޔޮ، މި ތަސްބީހަ އިން 99999 އާ ހަމައަށް ގުނާލެވެ އެވެ. އަދި ބޭނުން ނަމަ ކޮންމެ ހިސާބަކުންވެސް ރިސެޓް ކޮށްލެވޭ ފީޗާ އެއްވެސް މީގައި ހިމަނާފައިވެ އެވެ.
ކުއިކްބައިޓް މޮބައިލްގެ މި ޕްރޮޑަކްޓު ވެސް މޫލީ އިން ގެއަށް އޯޑަރުކޮށްލެވޭނެ އެވެ. އަގަކީ 112 ރުފިޔާ އެވެ.

ހައްޕު
ރޯދަ މަހު އާއިލާ އެކުގައި ހޭދަކުރާ މަޖާ ވަގުތުތަކަކީ އުފާވެރި ހަނދާން ތަކެކެވެ. ފީކޮއިގެ މި އުފެއްދުމަކީ އާއިލާ ތަކަށް މި އުފާވެރިކަން ގެނުވާނެ، ސްކްރީނާ ދުރުމަޖާ އާއިލީ ކާޑް ގޭމެކެވެ.
މިއީ ދިވެހި އުފެއްދުމެކެވެ. އެހެންވީމާ "ހައްފު" ގެ ކާޑު ތަކުގައި ހުންނާނީ ދިވެހި ބަސްތަކާއި ތަސްވީރުތަކެކެވެ. މި ގޭމްގައި ޖެހޭނީ އެކަކު އަނެކަކަށް އިދިކޮޅުގައި ހުންނަ މީހާ ލޯމަރައިގެން ހުރެ ނަގާ ކާޑުގައި ލިޔެފައި އޮންނަ ބަސް، އިޝާރާތުން ދައްކައިގެން ދިމާކުރުވާށެވެ.
މިއީ ގޭގެ ކުޑަކުދިން ވެސް ހިމަނައިގެން މަޖާކޮށް ކުޅެލެވޭނެ ޝައުގުވެރި ގޭމަކަށް ވާނެ އެވެ.
އަގަކީ 295 ރުފިޔާ އެވެ.

މޯފީ ރިޗާޑްސް ސެޓް އޮފް 3 ކެނިސްޓާސް ބްލެކް
މިއީ ބަދިގެއަށް "ކިއުޓް" ސާމާނު ހަމަކުރަން ފޯރި ހުންނަ ރައްްޓެއްސަކަށް ހަދިޔާކޮށްލަން ވެސް އެއްވަނައިގެ ޕްރޮޑަކްޓެކެވެ.
އަލޯރާ ޕޭން ހޯމްގެ މި ޗާލު ތިން ދަޅުގެ ކެނިސްޓާ ސެޓަކީ ކޮފީ ނުވަތަ ހަކުރު ފަދަ ބާވަތް ތާޒާކޮށް ގިނަ ދުވަހަށް ރައްކާކުރެވޭ ސްޓެއިންލެސް ސްޓީލް އުފެއްދުމެކެވެ. މި ސެޓުގެ ހިތްގައިމު ޕޮލިޝް ފަރުމާ އިން ބަދިގެއަށް ވެސް ޒީނަތްތެރިކަން ގެނެސްދޭނެ އެވެ.
މޫލީ އިން އޯޑަރުކޮށްލުމުން މި ސެޓު ވެސް ގެއާ ހަމައަށް ހިލޭ ގެނެސްދޭނެ އެވެ. އަގަކީ 596.25 ރުފިޔާ އެވެ.











