މަރަދޫ އަދި މަރަދޫފޭދޫގެ ބަނދަރު ތަރައްގީކޮށް ހުޅުވައިފި

މަރަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މަރަދޫފޭދޫގެ ބަނދަރު ވެސް ވަނީ ތަރައްގީކޮށްފައި --- ފޮޓޯ:ރައީސް އޮފީސް

މަރަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މަރަދޫފޭދޫގެ ބަނދަރު ވެސް ވަނީ ތަރައްގީކޮށްފައި --- ފޮޓޯ:ރައީސް އޮފީސް

އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫގެ ބަނދަރު ތަރައްގީކުރުމަށްފަހު މިއަދު ހުޅުވައިފި އެވެ. ދެ އަވަށުގެ ބަނދަރު ވެސް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މަރަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކީ 28 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގި މަޝްރޫއުއެކެވެ. އެމްޓީސީސީން 2019 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ބަނދަރުފަޅީގައި 276 މީޓަރަށް އެލްބްލޮކް ޖައްސާފައިވެ އެވެ. އަދި, މޫދުވީ ފަޅީގައި 340 މީޓަރަށް ބޮޑު ހިލަ ޖެހި އެވެ.

އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އަޅާފައިވާއިރު, ބޭރު ތޮށީގައި ގާ އެތުރުމާއެކު މަގު ބައްތި ވެސް މަޝްރޫއުގެ ދަށުން ވަނީ ޖަހާފަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަރަދޫފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 243 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ވަނީ ޖަހާފަ އެވެ. އެއާއެކު, 100 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ޖެހުމާއި ނެރު ބައްތި ޖެހުމާއި 42 މީޓަރު ގްރޯއިން ވަނީ ޖަހާފަ އެވެ.

އޭގެ އިތުރުން، ޖުމްލަ 31 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮއްޓާ އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުމުގެ އިތުރުން ރޭމްޕެއް ވެސް ވަނީ ހަދާފަ އެވެ.

ދެ ބަނދަރު ހުޅުވުމަށް ވަކިވަކިން ރަސްމިއްޔާތެއް ބާއްވާފައިވާއިރު, މަރަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ, ރައީސް ސޯލިހު ވަނީ އައްޑޫގެ ރައްޔިތުންނަށް ގިނަ ހަދިޔާތަކެއް ދެއްވާފަ ކަމަށެވެ. އައްޑޫގައި މި ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް ފާހަގަ ކުރައްވަމުން ނިޒާރު ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ, މަރަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކީ ސީދާ ރައީސް ސޯލިހުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއުއެއް ކަމަށެވެ. އެމަނިކުފާނަކީ މެންބަރުން ބޭނުންވާ މަޝްރޫއުތައް ބަޖެޓްގައި ހިމަނަން ފުރުސަތު ދެއްވައި, ރައީސްއެއް ކަމަށް ވިދާޅުވެ ޝަރީފް ތައުރީފް ކުރެއްވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި, އައްޑޫގެ ބިން ހިއްކުން ފަދަ ބޮޑު މަޝްރޫއުއެއް މި ސަރުކާރުން ކުރިއަށް ގެންދިޔުމުން ހާމަވެގެންދާ ކަމަކީ ބޮޑު އާބާދީއެއްގެ އަޑު ރައީސް އަޑު އައްސަވައިފިކަން ކަމަށާއި އައްޑޫގެ ތަރައްގީއަށް ރައީސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މަރަދޫފޭދޫގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި, އައްޑޫ ސިޓީގެ ތަރައްގީގެ ރައީސްއަކީ ރައީސް ސޯލިހެވެ. އޭނާ ވިދާޅުވީ ރައީސްއަކީ ވައުދުތައް ބަރާބަރަށް ފުއްދަވާ ރައީސްއެއް ކަމަށެވެ. ރޮޒައިނާ ވިދާޅުވީ, އައްޑޫ ސިޓީގެ ހުރިހާ ސަރަހައްދަކުން ވެސް ފެނިގެން ދަނީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.

މެންބަރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީއަށް ރައީސް ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ވާނެ އެވެ.

އައްޑޫގައި ކުރިއަށްދާ މަޝްރޫއުތައް:

ހަތަރު ރަށުގެ މަގު ހެދުން

  • އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ
  • ކަސްޓަމްސް ސައުތް ރީޖަން ހެޑް އޮފީސް އިމާރާތް
  • އައްޑޫ ސިޓީ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުން
  • އައްޑޫސިޓީ ޑިސްޓްރިކްޓް ކޯޓު އިމާރާތްކުރުން
  • އައްޑޫސިޓީ ޑިސްޓްރިކްޓް ކޯޓު އިމާރާތްކުރުން
  • އައްޑޫ ހައި ސްކޫލް 12 ކްލާސްރޫމް އިމާރާތް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox