އައްޑޫގެ 40 ކިލޯމީޓަރުގެ މަގު ހެދުމުގެ ބިޔަ މަޝްރޫއު ފަށައިފި

މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އައްޑޫ ސިޓީގެ 107 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއު އާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އަދި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދެވެ.

އެ މަޝްރޫއުތަކަކީ, އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާނެ މަޝްރޫއުއެކެވެ. މަޝްރޫއުގެ ދަށުން ޖުމްލަ 107 ކިލޯ މީޓަރުގެ މަގުގައި ތާރު އަދި ގާ އަޅައިގެން ތަރައްގީ ކުރާނެ އެވެ. އޭގެ ތެރޭ ހިމެނެނީ ހިތަދޫ, މަރަދޫ, ފޭދޫ, މަރަދޫފޭދޫ, މީދޫ އަދި ހުޅުދޫގެ މަގުތަކެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ހުރިހާ ރަށެއްގައި ވެސް މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމް ގާއިމް ކުރާނެ އެވެ. އެއާއެކު, 67 ކިލޯ މީޓަރުގެ މަގުގައި ސިމެންޓް ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔާ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލޭޔަރުގެ މަގުސަދަކީ, ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ފެން ހިންދާ ނިޒާމްގެ ތެރެއަށް ވެލި އެޅި އެ ނިޒާމަށް ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކުރުމެވެ. އަދި, ލޭޔަރު އެޅޭ މަގުތައް ތާރު ނުވަތަ ޕޭވާ ބްލޮކް މަގުތަކެއްގެ ގޮތުގައި އިތުރަށް ތަރައްގީ ކުރާނެ އެވެ.

މަޝްރޫއުއަށް ޖުމްލަ 77.36 މިލިއަން ޑޮލަރު ހަރަދުކުރާއިރު, މިއީ އައްޑޫގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މި މަޝްރޫއުގެ މަސައްކަތްތައް ނިމޭއިރު, ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އައްޑޫގައި މިހާރު ތަރައްގީ ކޮށްފައިވާ މަގުތަކުގެ ތެރެއިން 3.4 ކިލޯމީޓަރުގެ މަގުގެ ރީސާފޭސިން މަސައްކަތް ކުރުމަށާއި މަގު ބައްތި އާއި ސީސީޓީވީ ކެމެރާ އާއި އެހެން ސެކިއުރިޓީ ފިޔަވަޅުތައް ގާއިމް ކުރާނެ އެވެ.

އައްޑޫގައި ކުރިއަށްދާ މަޝްރޫއުތައް:

  • ހަތަރު ރަށުގެ މަގު ހެދުން
  • އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ
  • ކަސްޓަމްސް ސައުތް ރީޖަން ހެޑް އޮފީސް އިމާރާތް
  • އައްޑޫ ސިޓީ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުން
  • އައްޑޫސިޓީ ޑިސްޓްރިކްޓް ކޯޓު އިމާރާތްކުރުން
  • އައްޑޫސިޓީ ޑިސްޓްރިކްޓް ކޯޓު އިމާރާތްކުރުން
  • އައްޑޫ ހައި ސްކޫލް 12 ކްލާސްރޫމް އިމާރާތް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox