ވާގޮތް: ގަދަފަދަ މަދިރި އަދި އެސޮރުމެން ލޭ ބޯ ގޮތް

ވާގޮތް: ގަދަފަދަ މަދިރި އަދި އެސޮރުމެން ލޭ ބޯ ގޮތް

ތިޔަ ކިޔުންތެރިޔާއަށް ހީވާ ގޮތުން ދުނިޔޭގައި އެންމެ ގިނަ އިންސާނުން މެރީ ކާކު ހެއްޔެވެ؟ އެއީ ޖަރުމަނުގެ އެޑޮލްފު ހިޓްލަރުތޯ އެވެ؟ ނޫން ނަމަ މޫސާގެފާނުގެ ޒަމާނުގެ ފިރްއައުނުތޯ އެވެ؟ ނުވަތަ އެއީ ޗައިނާގެ މާއޯ ޒިދޮންތޯ އެވެ؟

މި ބުނެވުނު ތިން މީހުން ވެސް އިންސާނީ ނަސްލަށް ދިން ގެއްލުން ގިނަގުނަ އެވެ. އެހެންނަމަވެސް މި ތިން މީހުންގެ ގެ އަނިޔާވެރިކަމުން މެރި މީހުންގެ އަދަދު އެއްކޮށްލީމާވެސް 'މަދިރީގެ ހަމަލާތަކުގެ ޝިކާރައަކަށްވެ' މަރުވި މީހުންގެ އަދަދާ ނުބައްދަލެވެ.

ސައިންޓިސްޓުންނަށް އެއްކުރެވިފައިވާ މައުލޫމާތައް ބަލާއިރު، މަދިރި ލޭ ބޮއިމުގެ ސަބަބުން ޖެހޭ ބަލިތަކުން އިންސާނީ ތާރީހުގައި 50 ބިލިއަން މީހުން މިހާތަނަށް މަރުވެއްޖެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އުޅުނު ކަމަށް ބެލެވޭ 108 ބިލިއަން މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔެވެ.

Advertisement

އިންސާނުންނާ އަޅާބަލާއިރު މަދިރިއަކީ މާ ބޮޑަށް ވެސް މުސްކުޅި ސޫތްޕެކެވެ. ދުނިޔޭގައި ޑައިނަސޯ ދިރިއުޅުނުއިރު ވެސް މެލޭރިއާ އަދި ޒިކާ ފަދަ ނުރައްކާތެރި ވައިރަސް ފެތުރުމުގައި މަދިރި ހަރަކާތްތެރިވި އެވެ. މަދިރި އުޅޭތާ އެއް މިލިއަނަށްވުރެ ގިނަ އަހަރުވެފައިވާއިރު، އިންސާނުން ދުނިޔެއަށް ފޮނުއްވި ކަމަށް ބެލެވެނީ މީގެ އެންމެ 200،000 އަހަރު ކުރިންނެވެ.

މިހާރު ވެސް ދުނިޔޭގައި ރަސްކަން ކުރަނީ މަދިރި ކަމަށް ބުނެވިދާނެ އެވެ. ދުނިޔޭގައި އުޅެނީ އަހަރުމެންގެ އަށް ބިލިއަނެއްހާ މީހުންނެވެ. އެކަމަކު ސައިންޓިސްޓުން ލަފާ ކުރާ ގޮތުގައި ދުނިޔޭގައި ގާތްގަނޑަށް 110 ޓްރިލިއަން މަދިރި އުޅޭނެ އެވެ. އަދި މި މަދިރި ލޭ ބުއިމުގެ ސަބަބުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ މީހުން މަރުވެ އެވެ.

އޭގެ އިތުރުން، މަދިރިއަކީ ވަރުގަދަ ހަތިޔާރެއް ވެސް މެ އެވެ. އިބްރާހިމްގެފާނާއި ﷲ އަށް ގޮންޖެހި ނަމްރޫދު ރަސްގެފާނު ނައްތާލެއްވުމަށް އެކަލާނގެ ފޮނުއްވީ ކުޑަކުޑަ، އެންމެ މަދިރިއެކެވެ. އަހަރުމެންނަށް ﷲ ބާއްވާލެއްވި ގުރްއާނުގައި ވެސް މަދިރީގެ މިސާލު އެކަލާންގެ ވަނީ ނަންގަވައިފަ އެވެ.

މަދިރީގެ ހަށިގަނޑު އުފެދިފައި ހުންނަނީ ކިހިނެއް؟

ގިނަ ސޫފިތައް ގޮތަށް، މަދިރީގެ ހަށިގަނޑުގައި ހިމެނެނީ މައިގަނޑު ތިން ބަޔެވެ. އެއީ ބޮލާއި، ބަނޑާއި އެ ދެމެދުގައި ހިމެނޭ ތޯރެކްސް އެވެ. މަދިރީގެ ހުރިހާ ގުނަވަންތަކެއް ހުންނަނީ އެ މައިގަނޑު ތިން ބައިގަ އެވެ.

އެންމެނަށް ވެސް އެނގޭނެ ފަދައިން، ލޭ ބޮނީ އަންހެން މަދިރި އެވެ. ފިރިހެން މަދިރީގެ ކާނާއަކީ މަލުގެ ފޮންޏާއި އެހެނިހެން އެ ބާވަތުގެ އެފަދަ ތަކެއްޗެވެ. އަންހެން މަދިރި ލޭ ބުއިމުގެ އިތުރުން މަލުން ފޮނި ވެސް ބޮޔެވެ.

އެގޮތުން، މަދިރީގެ ލޮލާއި އަނގަ އާއި އެންޓެނާ އާއި ވަސް ބެލުމަށް ބޭނުންކުރާ ޕަލްޕާއި ނޭފަތް ހުންނަނީ ބޮލުގަ އެވެ. މަދިރީގެ ފިޔަތަކާއި ފައިތައް ހުންނަނީ ތޯރެކްސް ކިޔާ ބައިގަ އެވެ. މި ތޯރެކްސް އިންނަނީ ބޮލާ ގުޅިފަ އެވެ. މަދިރީގެ ބަނޑުގައި ހިމެނެނީ ހަޖަމް ކުރާ ނިޒާމާއި ނޭވާލާ ނިޒާމުގެ ބަޔަކާއި ދަރިމައިވުމުގެ ނިޒާމެވެ. މަދިރީގެ ބަނޑު އިންނަނީ ތޯރެކްސްއާ ގުޅިފަ އެވެ.

މަދިރީގެ ބޯ

  • އެންޓެނާ - މަދިރީގެ އެންޓެނާ އެއީ އެއަށް އެންމެ މުހިންމު އެއް ގުނަވަނެވެ. މި އެންޓެނާތައް ބޭނުންކޮށްގެން އިންސާނުން ލާ ނޭވާގައި ހުންނަ ކާބަންޑިއޮކްސައިޑް ދަނެގަނެ އެވެ. އޭގެ ސަބަބުން އިންސާނާ ލޮކޭޓްކޮށްލަން ފަސޭހަވެ، ކާނާ ހޯދުމަށް މަގުފަހި ވެއެވެ. އަދި މި އެންޓެނާތައް ބޭނުންކޮށްގެން ވައި ދައުރުވާ ގޮތް ވެސް މަދިރި ދަނެގަނެ އެވެ. އުދުހޭއިރު އެކަމުގެ ސަބަބުން ފަސޭހަތަކެއް ވެއެވެ.
  • ލޯ - ގިނަ ސޫފިތައް ފަދައިން މަދިރީގެ ހުންނަނީ ދެ ކޮމްޕައުންޑު ލޮލެވެ. މާނައަކީ ކޮންމެ ލޮލެއްގެ ތެރޭގައި ވަށައިގެން ގިނަ އެތައް ހާސް ލެންސެއް ހުރުމެވެ. އެއިން ކޮންމެ ލެންސެއްގައި ހަ ފަރާތް އެކުލެވިގެން ވެއެވެ. އިންސާނުން ގޮތަށް، މަދިރިއަށް އެ ތަނަކަށް ފޯކަސްއެއް ނުކުރެ ވެއެވެ. ނަމަވެސް، މަދިރިއަށް އަބަދުވެސް ވަރަށް ގިނަ ދިމާ ފެނެ އެވެ. އޭގެ ސަބަބުން، މަދިރިއަށް އަންނަ ހަމަލާތައް ފެނުން އަވަސްވެ، ދިރިހުރުމަށް މުހިންމު ގުނަވަނަކަށް ލޯ ވެއެވެ.
  • ޕަލްޕްސް - ޕަލްޕްއަކީ މަދަރީގެ އެންޓެނާގެ ކައިރީގައި ހުންނަ، މަދިރި ވަސް ބެލުމަށް ބޭނުން ކުރާ ގުނަވަނެވެ. ޕަލްޕްސް ބޭނުންކޮށްގެން މަލުގެ ވަހާއި އެހެނިހެން ތަކެތީގެ ވަސްތައް ވަކިކުރަން މަދިރި ދެނެގަނެ އެވެ.
  • ޕްރޮބޯސިސް - މިއީ މަދިރީގެ އަނގަ އެވެ. އަދި ލޭ ބުއިމަށް ބޭނުން ކުރާ ގުނަވަނެވެ. އަންހެން އަދި ފިރިހެން މަދިރީގައި ވެސް މި ގުނަވަން ހުރެ އެވެ. ނަމަވެސް ފިރިހެން މަދިރީގެ ޕްރޮބޯސިސް، އިންސާނާގެ ހަންގަނޑު ކަފާލެވޭހާ ބާރުގަދައެއް ނޫނެވެ.

ތޯރެކްސް

  • މައިގަނޑު ފިޔަ - މިއީ މަދިރި އުދުހުމަށް ބޭނުން ކުރާ ދެ ފިޔަ އެވެ. މަދިރި އުދުހޭއިރު ސިކުންތަކު 1000 ފަހަރު މި ފިޔަގަނޑު ޖަހަ އެވެ.
  • ހޯލްޓާ ފިޔަ - މިއީ އުދުހޭ ވަގުތުގައި، އުދުހޭ މިސްރާބު ސެޓުކޮށް، ބަދަލު ކުރުމަށް މަދިރި ބޭނުން ކުރާ ދެ ފިޔަ އެވެ.
  • މައިގަނޑު ފައިތައް - މަދިރީގެ މައިގަނޑު ހަ ފައި ހުންނައިރު، ހިނގާބިނގާވެ އުޅެނީ މި ފައިތައް ބޭނުންކޮށްގެނެވެ.
  • ފީމާ ފައި - މިއީ މަދިރީގެ ފައިގެ މަތީ ބަޔެވެ.
  • ޓިބިއާ ފައި - މިއީ ފައިގެ މެދު ބަޔެވެ.
  • ޓާސޫސް - ޓާސޫސްއަކީ މަދިރީގެ ފައިގެ ނިމޭ ކޮޅެވެ. މި ބައި ބޭނުންކޮށްގެން، މަދިރިއަށް ކޮޅަށް ހުރެވެ އެވެ. އަދި ފެންމަތީގައި ހިނގަނީ ވެސް މި ފައި ބޭނުންކޮށްގެނެވެ.

ބަނޑު

  • ޖެނިޓޭލިއާ - އަންހެން މަދިރި، ދަރިމައިވުމަށް ބިސް ދޫކުރަނީ މި ގުނަވަނުންނެވެ. ބިސް އަޅަނީ ފެނަށް ނުވަތަ ތެތް ތަނަކަށެވެ. ބިސް އަޅާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 200 ވަރަކަށް ބިސް އަޅަ އެވެ. މި ގުނަވަން ހުންނަނީ ހަމައެކަނި އަންހެން މަދިރީގަ އެވެ.
  • ބަނޑުގައި ހިމެނޭ އެހެނިހެން ގުނަވަންތައް - މަދިރީގެ ރިޕްރޮޑަކްޓިވް ސިސްޓަމް، ނޭވާލާ ނިޒާމުގެ ބައެއް އަދި ހަޖަމު ކުރުމުގެ ނިޒާމު ހުންނަނީ ބަނޑުގަ އެވެ.

މަދިރި ލޭ ބޮނީ ކިހިނެއް؟

އަންހެން މަދިރީގެ ނޭފަތް ނުވަތަ ލޭ ބޯން ބޭނުން ކުރާ ކަށިގަނޑަކީ މަދިރީގެ އެންމެ ހާއްސަ ސިފަ އެވެ. މިއީ އާދައިގެ ގުނަވަނެއް ނޫނެވެ. މަދިރީގެ ލޭ ބޯ ގުނަވަން ނުވަތަ ޕްރޮބޯސިސްގައި ދިގު އެއް ކަށި ގޮތަށް އަހަރުމެންނަށް ފެނުނު ނަމަވެސް ހަގީގަތުގައި އެއީ ހިމަހިމަ، ހަ ކައްޓެވެ.

ލޭބުއިމަށް އިންސާނާ ނުވަތަ ޖަނަވާރެއްގެ ހަށިގަނޑުގައި މަދިރި ޖައްސާލުމަށްފަހު މި ހަ ކަށިގަނޑު، ހަންގަނޑުގެ އެތެރެއަށް ވައްދާލަ އެވެ. މި ކަށިގަނޑުތަކުގެ ތޫނުކަމުގެ ސަބަބުން، ކަށި ހަރާލާއިރު ވެސް އިންސާނާ ނުވަތަ ޖަނަވާރަށް ހިލަމެއް ނުވެ އެވެ. އަދި މިއިން ކޮންމެ ކައްޓަކަށް ވެސް ވަކި ހާއްސަ މަގްސަދެއް އޮވެ އެވެ.

މަދިރި ލޭ ބޯން ހަރާލާ ހަ ކަށިގަނޑުގެ ތެރެއިން ދެ ކަށިގަނޑުގައި ކީހެއް ފަދައިން ކުރަކި ކަމެއް ހުރެ އެވެ. ހަންގަނޑު ކަފާލުމަށް ބޭނުން ކުރަނީ އެ ދެ ކަށިގަނޑެވެ. މި ދެ ކަށިން ހަންގަނޑު ކީހާ ވަގުތު، ހަމުގައި ހުންނަ ޓިޝޫތައް، އެހެން ކަށިތަކަކުން ފޭކޮށްލަ އެވެ. ބޭނުމަކީ ކީހުމަށް ފަސޭހަކޮށްލުމެވެ. ހަމަ އެވަގުތު މަދިރީގެ ކަށިގަނޑުގެ ތެރެއިން ލެބްރަމް ކިޔާ ކަށިގަނޑު ހަރާލަނީ ސީދާ ޝިކާރައިގެ ނާރަށެވެ.

މި ލެބްރަމް ކިޔާ ކަށިގަނޑަކީ ނާރު ހޯދުމަށް ހާއްސަ ކަށިގަނޑެކެވެ. މި ކަށިގަނޑުގެ ކޮޅުގައި ވަސް ބެލުމަށް ހާއްސަ ރިސެޕްޓާސްތަކެއް ހުރެ އެވެ. ނާރު ހޯދުމަށް ވަސް ބަލަމުން މި ލެބްރަމް ހަށިގަނޑުގެ ތެރޭގައި ކުޑަކޮށް ފީނާލަ އެވެ. ދެން ނާރު ހޯދުމަށްފަހު، މަދިރި ލޭ ބޯން މި ލެބްރަމް ބޭނުންކޮށްލަނީ ޖޫސް ބޯ ހޮޅިއެއްގެ ގޮތަށެވެ.

މަދިރި ލޭ ބޯން ފެށުމުން ތަދުވުން، ނުވަތަ ހިރުވުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެކަމަށް ދޭ ރައްދެވެ. ލޭބޯކަން މަދިރީގެ ޝިކާރައަށް އެނގިއްޖެކަން މަދިރިއަށް އިހުސާސްވުމާއެކު ވަގުތުން މަދިރި އެ ޝިކާރަ ދޫކޮށް އުދުހި ދެއެވެ.

މަދިރިއާއި މަދިރި ހެފުމަކީ ވަރަށް އާންމު ކަމަކަށް ވިޔަސް އެއީ އާދައިގެ ކަމެއް ނޫނެވެ. ރީނދޫހުމާއި ޗިކުންގުންޏާއާއި ޑެންގޫ ފަދަ ބަލިތަކަކީ މަދިރީގެ އާފާތްތަކެވެ. އެއީ ބައެއް ހާލަތުތަކުގައި ފުރާނައަށް ނުރައްކާވާފަދަ ބަލިތަކެކެވެ. އެހެންވީމާ މަދިރި ގިނަ ސަރަހައްދަކަށް ދާނަމަ މަދިރިން ދުރުކޮށްދޭފަދަ ލޯޝަނެއް ގައިގަ އުނގުޅާލުން ރަނގަޅެވެ. މި ނުކުމެވެނީ އެންމެ އެ އެއްޗެއްގެ ސަބަބުން 50 ބިލިއަން އިންސާނުން މަރާ ކުރިމަތިކުރުވި، މަދިރީގެ ކުރިމައްޗަށްކަން ހަނދާން ބަހައްޓައިގެން އެކަމަށް ތައްޔާރުވާން ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox