ޝިމްހާގެ "މާލޭ ކިއްލާ" އެގްޒިބިޝަން ކްރޮސްރޯޑްސްގައި ހުޅުވައިފި

Mar 25, 2022, 5:47 PM
ޝިމްހާގެ "މާލޭ ކިއްލާ" އެގްޒިބިޝަން ކްރޮސްރޯޑްސްގައި ހުޅުވައިފި

ޒުވާން ހުނަރުވެރި ކުރެހުންތެރިޔާ އައިމިނަތު ޝިމްހާ ޝަކީބް ކުރަހާފައިވާ މާލޭގެ އިހުގެ ތަސްވީރުތައް ހިމެނޭ "މާލޭ ކިއްލާ" ނުވަތަ "މާލޭ ފޯޓްރެސް" އާޓް އެގްޒިބިޝަން ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ހުޅުވައިފި އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ތާރީހު ދިރާސާކުރައްވާ މުހައްމަދު ނަޝީދުގެ އަމިއްލަފުޅު ޕްރޮޖެކްޓެކެވެ. މި އެގްޒިބިޝަނުގައި ހިމެނޭ ތަސްވީރުތަކަކީ ނަޝީދު ލިޔުއްވަމުން އަންނަ އަދި މި އަހަރު ނެރެން ހަމަޖެހިފައިވާ ފޮތަކަށް އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ޝިމްހާ ކުރެހި ތަސްވީރުތަކެކެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ކްރޮސްރޯޑްސްގެ ދަ މެރީނާގެ ގެލަރީގައި އޮންނަ މި އެގްޒިބިޝަން މިރޭ ހުޅުވައިދެއްވީ ނަޝީދު އާއި ނޯބެލް ސުލްހައިގެ އިނާމުގެ ނޮމިނީއެއް ކަމަށްވާ ގެމްބިއާ އަރަމުން އަންނަ ލީޑަރު ޖާހާ ޑުކުރޭހް އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement
ޝިމްހާ (ކ) ތަސްވީރުތަކުގެ ތަފްސީލް ކިޔައިދެނީ.
ޝިމްހާ (ކ) ތަސްވީރުތަކުގެ ތަފްސީލް ކިޔައިދެނީ.

ޝިމްހާ (ކ) ތަސްވީރުތަކުގެ ތަފްސީލް ކިޔައިދެނީ.

މިރޭ ނަޝީދު ވިދާޅުވީ މި ތަސްވީރުތަކުން ފެންނާނީ 1800ގެ އަހަރުތަކުގައި މާލެ އޮތް ގޮތް ކަމަށާއި އޭގެ ތެރެއިން ބައެއް ތަންތަނަކީ އޭގެ ފޮޓޯއެއް ވެސް ނެތް ތަންތަން ކަމަށެވެ. އެހެންވެ އެތަންތަނުގެ ހިޔާލު ގެންނެވީ ފަތްކޮޅުތަކާއި ލޯފާމާނުތަކާއި ދޭދޭ މީހުންގެ ވާހަކަތަކާއި ބުރާރަ ވާހަކަތަކުން މައުލޫމާތު ނަންގަވައިގެން ކަމަށެވެ. އެގޮތުން 16 ވަނަ ގަރުނުގެ ޕޯޗުގީސް ޗާޓުތަކާއި ހަސަން ތާޖުއްދީން ލިޔުއްވި ތާރީހު ދީބާ މަހަލް އާއި އެޗް.ސީ.ޕީ ބެލް ނަންގަވާފައިވާ ފޮޓޯތައް ދިރާސާކޮށްފައިވެ އެވެ.

ތަސްވީރުތަކުން ފެންނަ ތަންތަނުގެ ތެރޭގައި ނާނޭ ބުރުޒު، ބޮޑު ގަނޑުވަރު، އަލިރަސްގެފާނު ޒިޔާރަތް، މުއިވެޔޮދޮށް، ކުޑަމާލެ، ލޮނުޒިޔާރަތް، ހެންވޭރު މައިޒާން، ބޮޑު ކޯއްޓޭ ބުރުޒު ހިމެނެ އެވެ. މީގެ އިތުރުން ހެވިކުޅޭ މަންޒަރާއި މާލޭ ފަޅުތެރޭގައި ބޮލިހިލާ މަންޒަރުތައް ވެސް ހިމެނެ އެވެ.

ނަޝީދު (ކ) މާލޭގެ ޗާޓުގެ ކުރެހުން ކުއްޖަކަށް ކިޔައިދެނީ.
ނަޝީދު (ކ) މާލޭގެ ޗާޓުގެ ކުރެހުން ކުއްޖަކަށް ކިޔައިދެނީ.

ނަޝީދު (ކ) މާލޭގެ ޗާޓުގެ ކުރެހުން ކުއްޖަކަށް ކިޔައިދެނީ.

މި ޕްރޮޖެކްޓް ޝިމްހާ އަށް ދެއްވީ ނަޝީދު ވިދާޅުވި ގޮތުގައި އޭނާގެ ކުރެހުންތައް ރީތިވެގެން ކަމަށެވެ.

"އަޅުގަނޑަކީ ކުރެހުންތެރިއެއް ނޫން. އެކަމަކު ރީތީ އެއްޗެއް ފެނިއްޖެއްޔާ އެނގޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ތަސްވީރުތަކާއި އިހުގެ މާލެއާ ބެހޭ ޝައުގުވެރި ޕްރެޒެންޓޭޝަނެއް ވެސް މިރޭ ދެއްވައިފަ އެވެ.

ޝިމްހާ ބުނީ މިއީ 18 މަސް ދުވަހުގެ މަސައްކަތް ކަމަށާއި ބައެއް ކުރެހުންތައް އަށް ފަހަރު ވެސް ސްކެޗް ހަދާފައި ހުންނާނެ ކަމަށެވެ. އެންމެ ކަމުދިޔައީ ނާނޭ ބުރުޒުގެ ތަސްވީރު ކަމަށް ޝިމްހާ ބުންޏެވެ.

ކުރެހުންތެރިޔާ ޝިމްހާ.
ކުރެހުންތެރިޔާ ޝިމްހާ.

ކުރެހުންތެރިޔާ ޝިމްހާ.

މި އެގްޒިބިޝަނުގެ ކަވާ އާޓް ކަމަށްވާ މާލޭގެ އިހުގެ މެޕް ކުރަހާފައިވަނީ އީގާން ބަދީއު އެވެ. އެއީ ޕޯޗުގީޒުން ރާއްޖެ ހިފި ޒަމާނުގައި މާލެ މަތިން ފެންނާނެ ގޮތަށް ކުރަހާފައިވާ ކުރެހުމެވެ. އެ ކުރެހުމުގައި މާލޭގައި އޭރު ހުންނާނެ 272 ގެ ފެންނަން ހުރެ އެވެ.

ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 ގައި ވެސް މި ތަސްވީރުތައް އެގްޒިބިޓްކޮށްފައިވެ އެވެ. މާލޭގައި ވެސް އެގްޒިބިޝަން ބާއްވަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox