ބަންގްލަދޭޝް ކައިރިން ރާއްޖެ ބަދަލުހިފައިފި

Mar 24, 2022, 5:55 PM
މިރޭގެ މެޗުގައި ރާއްޖޭން ޖެހި ފުރަތަމަ ގޯލަށް ފަހު ހަންނަ އާއި ކުރޯ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭގެ މެޗުގައި ރާއްޖޭން ޖެހި ފުރަތަމަ ގޯލަށް ފަހު ހަންނަ އާއި ކުރޯ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފީފާ ކަލަންޑަރު ތާރީހެއްގައި ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން 2-0 އިން ބަންގްލަދޭޝް ބަލިކޮށް ބަދަލުހިފައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުން 2-1 އިން ރާއްޖެ ބަލިވި ބަލިވުމުގެ ރަނގަޅު ބަދަލުހިފުމެކެވެ. އެ މެޗަކީ 18 އަހަރު ތެރޭ ބަންގްލަދޭޝް އަތުން ސީނިއާ ފުޓްބޯޅައިގައި ރާއްޖެ ބަލިވި ފުރަތަމަ މެޗެވެ.

އަނެއްކޮޅުން މިރޭގެ މެޗަކީ ގައުމީ ޓީމުގެ ކޯޗުކަމާ ފޯ ނޭޝަންސް ކަޕްގެ ކުރިން ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ރަސްމީ ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ ގަލޮޅު ދަނޑުގައި ރާއްޖޭން މޮރިއޭރޯގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ. ބަންގްލަދޭޝް އަތުން ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ބަލިވިއިރު، ވެސް ރާއްޖޭގެ ކޯޗަކަށް ހުރީ މޮރިއޭރޯ އެވެ. މޮރިއޭރޯ އޭރު ބުނީ ކުޅުންތެރިން ދަސްވި ވަރަކަށް ޓީމުގެ ކަންކަން ދާނީ ރަނގަޅުވަމުން ކަމަށެވެ.

މިރޭގެ މެޗަށް ނުކުތްއިރު، ރާއްޖެ އަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ޓީމުގެ ސްކޮޑުގައި ހިމެނި ނަމަވެސް އެޓޭކްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް އަނިޔާވެގެން ނުކުޅެވުމެވެ. ފިޓްނަސް އެކަށީގެންވާ ވަރަށް ނެތުމުން އަލީ އަޝްފާގު (ދަގަނޑޭ) ވެސް މި ފަހަރު ޓީމުގައި ނެތެވެ. މިއީ މިދިޔަ އަށް ވަރަކަށް އަހަރު ތެރޭ މިތިން ކުޅުންތެރިން ނުލައި، ރާއްޖޭން ރަސްމީ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ބަންގްލަދޭޝާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ:

މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކުރަމް އަބްދުލް ގަނީ (ކެޕްޓަން)، ސަމޫހު އަލީ - ސަމުއްޓޭ، ހުސެއިން ސިފާއު ޔޫސުފް - ކުރޯ، ހައިޝަމް ހަސަން - ބިޑި، އިބްރާހިމް އައިސަމް، މުހައްމަދު އުމެއިރު، ހުސެއިން ނިހާން - ނިހާޓް، އިބްރާހިމް މަހުދީ - ފޭދޫ އިއްބެ، ހަސަން ރާއިފް އަހުމަދު - ހަންނަ، ނާއިޒު ހަސަން - ދާދު

މެޗު ފަށައިގެން ރާއްޖޭން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، 40 ވަނަ ސިކުންތުގައި ހަމަލާއެއް ފޮނުވާލި އެވެ. ރާއްޖެ ޓީމުގެ ކަނާތު ބެކް، ކުރޯ އޭރިއާތެރެއަށް ނެގި ހުރަހެއް، ފޭދޫ އިިިއްބެ ޖައްސާލީ ދާދު އަށެވެ. ދާދު ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފުލުފުލުގައި ރާއްޖެ އަށް ކޯނަރުތައް ލިބުނު ނަމަވެސް އޭގެއިން ފުރުސަތެއްގައި ގޯލަށް ނުރައްކާ ނުކުރެވުނެވެ. އެއް ކޯނަރެއްގައި އުމެއިރު ނަގައިދިން ބޯޅައިން ނިހާޓް ބޮލުން ޖެހި ބޯޅަ އަމާޒުވީ ބަންގްލަދޭޝް ޑިފެންޑަރެއް ފަޔަށެވެ.

ކައުންޓަ އެޓޭކުގައި ބަންގްލަދޭޝް އިން ވެސް އެޓޭކް ކުރެވޭތޯ ބަލަމުންދިޔައިރު، މެޗުގެ 23 ވަނަ މިިނިޓްގައި ރަނގަޅު ފުރުސަތެއް ހޯދި އެވެ. އަރިމަތިން ބަންގްލަދޭޝްގެ ވާތު ބެކް، ޔާސީން އަރަފާތު ނަގައިިދިން ބޯޅަ އޭރިއާތެެރެއިން ހުސްކޮށް އަރައި، ސުމަން ރެޒާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ރާއްޖެ އަށް ބޯޅަ ހިފަހައްޓައިގެން ރަނގަޅު ވަގުތުގައި ކުރިއަށް ބޯޅަ ކުޅެވޭގޮތްވިތާ މާގިނައިރެއް ނުވެ، ލީޑުނެގި އެެވެ. މެޗުގެ 38 ވަނަ މިނިޓްގައި މި ގޯލު ޖެހީ ހަންނަ އެވެ. އުމެއިރު ދިން ބޯޅަ ހަންނަ ހޯދީ ބަންގްލަދޭޝްގެ ޑިފެންސްލައިނުން ޖެހި އޮފްސައިޑް މަޅިން ސަލާމަތްވެގެންނެވެ. ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަންނަ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ގަލޮޅު ދަނޑުގައި ހަންނަ ކުޅުނު ފުރަަތަމަ މެޗެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލު ވެސް މެ އެވެ.

ގޯލު ޖެހުމަށް ފަހު ހަންނަ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ބަންގްލަދޭޝް އިން ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެ ގޮތުން މި ހާފުގެ ކުރީކޮޅުގައި ރާއްޖެ އަށް ލިބުނު ކޯނަރެއްގައި ބަންގްލަދޭޝް ކީޕަރު ޒީކޯ އަވަހަށް ބޯޅަ ހިފައި، ކައުންޓަ އެޓޭކަކަށް ފުރުސަތު ތަނަވަސްކޮށްދިންއިރު، އެ ބޯޅަ ހިފައިގެންދިޔަ ބަންގްލަދޭޝްގެ ރަކިބް ހުސެއިން އޭރިއާތެރެއަށް ވަނުމުގެ ކުރިން ހަންނަ ވަނީ ފަހަތަށް ފައިބައި އެ ބޯޅަ ހުއްޓުވައިފަ އެވެ.

ރާއްޖޭން ޑިފެންސް ތެރެއިން ފަށައިގެން އައި ބޯޅައެއްގައި މެޗުގެ 60 ވަނަ މިނިޓްގައި ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލު ޖެހީ ފޭދޫ އިއްބެ އެވެ. އައިސަމް މަަތިން ކުޅުނު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ކީޕަރު ޒީކޯ އަތްމަތިން ވަނީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލަށް ވަނީ ބަންގްލަދޭޝްގެ ހުސެއިން ބާދްޝާ ފައިގައި ޖެހިފަ އެވެ. މިއީ ފޯ ނޭޝަންސް ކަޕްގައި ލަންކާ ކޮޅަށް ޖެހި ގޯލުގެ ފަހުން ފޭދޫ އިއްބެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ރާއްޖޭން ވަނީ ފުރަތަމަ ބަދަލު ގެނެސްފަ އެވެ. ހަންނަގެ ބަދަލުގައި އަބްދުﷲ ޔާމީން (ޔާނު) ވަނީ ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ މިނިޓެއް ފަހުން ޔާނު ކުރި އެޓޭކެއްގައި ދާދު ފައިގައި ޖެހިފައި ބޯޅަ ގޯލަށް ވަންއިރު، ލައިންސްމަން ހުރީ އޮފްސައިޑަށް ދިދަ ނަގައިގެންނެވެ.

ބަންގްލަދޭޝް އިން ދެ ވަނަ ހާފުގައި އެޓޭކްކުރި ފަޅީގައި އެ ގައުމުގެ ސަޕޯޓަރުން ވަދެ ތިބިއިރު، އެ ކޮޅަށް ދާ ބޯޅަތަކުގައި ސަޕޯޓަރުންގެ އަޑުވަރަށް ގަދަވި ނަމަވެސް ދިވެހި ކުޅުންތެރިންނަށް އެ ޕްރެޝަރުގައި ކުޅެން އުނދަގުލެއްނުވި އެވެ.

ރާއްޖޭން ވަނީ މެޗުގެ ފަހު 15 ވަރަކަށް މިނިޓަށް ފޭދޫ އިއްބެ އާއި ދާދުގެ ބަދަލުގައި އަހުމަދު ރިޒްވާން (ރިޒޭ) އާއި އަސަދުﷲ އަބްދުﷲ (އަސަކޮ) ކުޅެން އަރުވައިފަ އެވެ. އޭގެ ހަަތަރު މިނިޓް ފަހުން ކައުންޓަ އެޓޭކެއްގައި ޔާނު ހުސްކޮށްލާފައި ރިޒޭ އަށް ދިން ބޯޅަ އޭނާ އެއް ފަހަރުން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ އިތުރު ވަގުތުގައި ރާއްޖޭން ވަނީ އުމެއިރު އާއި ނިހާޓްގެ ބަދަލުގައި ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި އަހުމަދު ހަސަން (އައްމަޑޭ) ކުޅެން އަރުވައިފަ އެވެ. މިއީ އައްމަޑޭ ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ފަހުކޮޅުގައި ރާއްޖޭން އިތުރު ގޯލެއް ޖެހޭތޯ މަސައްކަތްކުރިއިރު، އެކަން ކާމިޔާބެއްނުވި އެވެ.

ގަލޮޅު ދަނޑުގައި އެންމެ ފަހުން ރާއްޖޭން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ތިން މެޗުގައި ވެސް މޮޅުވީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

އެ ގޮތުން 2016 ވަނަ އަހަރު ކުޅުނު މެޗުގައި ރާއްޖޭން ވަނީ 5-0 އިން މޮޅުވެފަ އެވެ. އޭރު ރާއްޖޭގެ ކޯޗަކީ އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް އެވެ. މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގައި 2-0 އިން ބަންގްލަދޭޝް ބަލިކުރިއިރު، ރާއްޖޭގެ ކޯޗަކަށް ހުރީ މި ވަގުތު އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން އެވެ. މިރޭ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ ތަކުރާރުކުރިއިރު، މިއީ ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވި ސްޕެއިނުގެ ހަވިއޭ ކަބްރޭރާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ކަބްރޭރާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖެނުއަރީ މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox