ސަލާމަތަށް ނުރައްކާ އޮތް "އިންޑިއާ އައުޓް" ކެމްޕޭން ނުހުއްޓުވުމަކީ އަރަތެއް: ހަސަން ލަތީފް

މަޖިލީހުގެ ޖަލްސާއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ދިވެހި ސަރުކާރުން ފުރުސަތުދީފައިވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ކަމާގުޅޭ އިދާރާތަކުން ގަބޫލުކުރާއިރު، އެ ކެމްޕޭނު ހުއްޓުވަން ނުކުޅެދިފައިވުމަކީ އަރަތެއްގެ ގޮތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ސިފަ ކުރައްވައިފި އެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަކީ އަވަށްޓެރި ގައުމަކާ މެދު ނަފުރަތު އުފައްދަން ހިންގާ ހަރަކާތެއް ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވައިގެން މާލެ އާއި އެހެން ރަށްރަށުގައި ހިންގާ އެހަރަކާތް ހުއްޓުވަން ގޮވައިލައްވަނީ އެހަރަކާތުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވެ، އެ ސިޔާސީ ފިތުނަ ދެގައުމުގެ އާއްމުންނާ ހަމައަށް ފެތުރިދާނެތީ އެވެ. އެގޮތަށް ކަންތައް ވެ އެއް ބަޔަކު އަނެއްބަޔަކަށް ހަމަލާދޭ ހިސާބަށް ދިޔަނުދީ އެހަރަކާތް ހުއްޓުވަން ޖެހޭ ކަމަށް ވެސް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

"...[މިއީ] ސަލާމަތާ ބެހޭ ބާރުތަކުން އަވަސް މަޝްވަރާކުރުމާ އެކީ، އިދިކޮޅު ލީޑަރު [އަބްދުﷲ] ޔާމީނު އިސްވެ ހުންނަވައިގެން އަތޮޅުތަކުން މީހުން ގެނެސްގެން ފުރަމާލޭގައި ބާއްވަން ރާވަމުންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަކީ މިވަގުތަށް ވަރަށް މުހިއްމުކަމެއް ކަމަށް ފެންނާތީ ހުށަހަޅާ ކުއްލި މައްސަަލައެއް،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.

އެ ކުއްލި މައްސަލަ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު މަޖިލީހަށް ބަލައިގަނެ، ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅުން ހިންގާ ހަރަކާތުގެ ސަބަބުން އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުންތައް ވެދާނެ ކަމަށް ކަމާގުޅުން ހުރި ހުރިހާ މުއައްސަސާތަކުން ބުނާ ކަމަށެވެ.

"އިންޑިއާ އައުޓް ހަރަކާތަކީ ހުއްޓުވަންޖެހޭ ހަރަކާތެއް. އެކަމަކު އިންޑިއާ އައުޓް ހުއްޓުވުން މިހާރު މިވަނީ އަރަތަކަށް،" އެ ކެމްޕޭނު ނުހުއްޓުވާތީ ނުރުހުންފާޅު ކުރައްވައި ހަސަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ގާނޫނުލްއުގޫބާތުގައި މިހާރު ކުރާ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ބިރުވެރިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ ދަށުން އިދިކޮޅުގެ އެ ހަރަކާތް ހުއްޓުވޭނެ ކަމަށް މުއައްސަސާތަކުން މަޖިލީހުގައި ވެސް ބުނެފައިވާ ކަމަށެވެ.

"ގާނޫނުތައް އެބަހުރި. ހުއްޓުވަންޖެހޭ ކަމަށް އެބަ ގަބޫލުކުރޭ. ހުއްޓުވޭނެ ގޮތް އޮތް ކަމަށް ވެސް ގަބޫލުކުރޭ. ހުއްޓުވަން ބޭނުންވާ ކަމަށް ވެސް އެބަ ވިދާޅުވޭ. އެކަމަކު ނުހުއްޓުވާ. މިއީ އަރަތެއް،" ހަސަން ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އަންނަނީ ބަލަމުންނެވެ.

އެ ކޮމިޓީއަށް މިހާތަނަށް ކަމާގުޅޭ ގިނަ މުއައްސަސާތަކެއް ހާޒިރުކޮށްފައިވާއިރު، އެ ކެމްޕޭނުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ވާނެކަމަށް އެ މުއައްސަސާތަކުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރިކަމުގެ ޖަލު ހުކުމަކުން ސަލާމަތްވުމާއެކު އިންޑިއާ އައުޓް ކެމްޕޭނު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

މިގޮތުން، އެ ކެމްޕޭނު އަތޮޅު ތެރެއަށް ވެސް މިހާރު ފުޅާ ކޮށްފައިވާއިރު، އެ ކެމްޕޭނުގެ ވަރުގަދަ ހަރަކާތެއް އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް އިދިކޮޅުން އަންނަނީ ތައްޔާރުވަމުންނެވެ.

ނަމަވެސް އެ ހަރަކާތަކީ "ގާނޫނާ ހިލާފު" ހަރަކާތެއް ކަމަށް ސިފަކުރައްވަމުން، އެ ހިނގާލުމަށް ފުރުސަތު ނުދެވޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މި ހަފްތާގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox