ނަޑާލް މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް

Mar 23, 2022, 3:56 AM
ނަޑާލް މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް

މެޑްރިޑް (މާޗް 23) - ސްޕެއިންގެ ޓެނިސް ލެޖެންޑް، ރަފައެލް ނަޑާލްގެ ރިބް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މަހަކަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ނަޑާލް، 35، އަށް އަނިޔާވީ ދާދި ފަހުން ކުޅުނު އިންޑިއަން ވެލްސް ސެމީ ފައިނަލުގަ އެވެ. އަދި ފައިނަލުގައި ޓޭލާ ފްރިޓްޒް އަތުން ބަލިވި މެޗުގައި ހާލަތު ބޮޑަށް ގޯސްވި އެވެ.

ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނަޑާލް ބުނީ ފްރިޓްޒް އަތުން ބަލިވި މެޗުގައި ހާސްވެ، ނޭވާ ނުލެވޭފަދަ ހާލަތަކަށް ވެސް ދިޔަ ކަމަށެވެ.

އެހެންވެ، މުބާރާތް ނިންމާފައި ސްޕެއިނަށް އައިސް ހެދި މެޑިކަލް ޓެސްޓްތަކަށް ފަހު އެނގުނީ ލިބިފައިވާ އަނިޔާއިން ރަނގަޅުވާން ހަ ހަފްތާ ނަގާނެކަމެވެ.

ޖެނުއަރީ މަހު އަހަރުގެ ފުރަތަމަ ބޮޑު މުބާރާތް ކަމަށްވާ، އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ރެކޯޑް، 21 ވަނަ ގްރޭންޑް ސްލޭމް ތަށި އުފުލާލި ނަޑާލް އައީ މި އަހަރު ފެށިފަހުން ރަނގަޅު ފޯމެއް ދަމަހައްޓަމުންނެވެ. މި އަހަރުގެ މެލްބަން ސަމާސެޓް މުބާރާތާއި އޮސްޓްރޭލިއަން އޯޕަން އަދި މެކްސިކަން އޯޕަންގެ ޗެމްޕިއަންކަން ހޯދި ނަޑާލް، އިންޑިއަން ވެލްސް ފައިނަލުން ބަލިވީ ޖެހިޖެހިގެން 20 މެޗުން މޮޅުވަމުން އައުމަށް ފަހު އެވެ.

އަނިޔާގެ ސަބަބުން ނަޑާލަށް މޮންޓެކާލޯ އާއި ބާސެލޯނާގައި ކުޅޭ މުބާރާތުގައި ބައިވެރިނުވެވޭނެ އެވެ.

ނަޑާލް އެނބުރި އަންނާނެ ކަމަށް ބެލެވެނީ މެއި ފުރަތަމަ ހަފްތާގައި ބާއްވާ މެޑްރިޑް މާސްޓާސްގަ އެވެ. ނަޑާލްގެ އެންމެ ބޮޑު ޓާގެޓަކީ މެއި 22 ވަަނަ ދުވަހު ފަށާ އަހަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް ފްރެންޗް އޯޕަން އެވެ. އެ މުބާރާތް 13 ފަހަރު ކާމިޔާބުކޮށް، ރެކޯޑް ޗެމްޕިއަނެއްގެ ގޮތުގައި އޮތީ ނަޑާލް އެވެ.

އިންޑިއަން ވެލްސް ފައިނަލުގައި ނަޑާލް އަތުން މޮޅުވި ފްރިޓްޒް ވަނީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ތެރެއިން ޖާގަ ހޯދައިފަ އެވެ. ފްރިޓްޒް އޮތީ އަށް ވަަނައިގަ އެވެ.

މި ފަހަރުގެ ރޭންކިންގެ އެންމެ ބޮޑު ބަދަލަކީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ފަހަތަށް ޖައްސާލުމަށް ފަހު ސާބިއާގެ ނޮވަކް ޖޮކޮވިޗް އަލުން އެއް ވަނަ އަށް އެރުމެވެ. ކުރިން ހަތަރެއްގައި އޮތް ނަޑާލް، ތިން ވަނަ އަށް އެރީ މިދިޔަ މުބާރާތްތަކުގެ ނަތީޖާތަކަށް ބަލައި، ލިބުނު ޕޮއިންޓްތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox