މި ސީޒަނަށް ފަހު ޑީން ރެފްރީކަން ކުރުން ހުއްޓާލަނީ

Mar 22, 2022, 3:30 AM
ރެފްރީ މައިކް ޑީން: ޕްރިމިއާ ލީގުގެ އެންމެ ގިނަ މެޗުގެ ރެފްރީކަމާއި އެންމެ ގިނަ ރަތް ކާޑު ދެއްކި ރެފްރީ..

ރެފްރީ މައިކް ޑީން: ޕްރިމިއާ ލީގުގެ އެންމެ ގިނަ މެޗުގެ ރެފްރީކަމާއި އެންމެ ގިނަ ރަތް ކާޑު ދެއްކި ރެފްރީ..

ލަންޑަން (މާޗް 22) - މި ސީޒަން ނިމުމުން ޕްރޮފެޝަަނަލްކޮށް ރެފްރީކަން ކުރުން ހުއްޓާލުމަށް އިނގިރޭސި މަޝްހޫރު ރެފްރީ މައިކް ޑީން ނިންމައިފި އެވެ.

އިނގިރޭސި މަޝްހޫރު ނޫހެއް ކަމަށްވާ ދި ޓެލެގްރާފުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޑީން މި ސީޒަން ނިމުމުން ރެފްރީކަން ކުރުމާ ދުރަށް ޖެހިލާނެ އެވެ.

އުމުރުން 53 އަހަރުގެ ޑީން އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗުގައި އިންސާފުކުރުމުގެ ރެކޯޑާއި އެންމެ ގިނަ ރަތް ކާޑު ދެއްކުމުގެ ރެކޯޑް އޮތް އިނގިރޭސި ރެފްރީ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން މިހާތަނަށް ރެފްރީކަން ކުރި ޑީން ވަނީ ޕްރިމިއާ ލީގުގެ 553 މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ. އަދި އެ މެޗުތަކުގައި ޖުމްލަ އެކު 114 ރަތް ކާޑު ވަނީ ދައްކައިފަ އެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑީން ރިޓަޔާކުރާނީ ދަނޑުމަތީގައި ރެފްރީކަން ކުރުމުންނެވެ. އޭނާ ވަނީ ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް (ޕީޖީއެމްއޯއެލް)އާ މަޝްވަރާކޮށް، އަންނަ ސީޒަނުން ފެށިގެން ވީޑިއޯ އެސިސްޓަން ރެފްރީ (ވީއޭއާރް)ގެ އޮފިޝަލްކަން އެކަނި ކުރާގޮތަށް ކެރިއަރު ކުރިއަށް ގެންދަން ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރު ވެސް ޑީން ރިޓަޔާކުރަން ނިންމި ނަމަވެސް އެ ފަހަރު އެ ނިންމުން ބަދަލުވީ ޕީޖީއެމްއޯއެލްގެ ޗީފް، މައިކް ރައިލީގެ އެދުމުގެ މަތިންނެވެ. ރައިލީ ހުށަހެޅީ އިތުރު އެއް އަހަރު ޑީން ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އިނގިރޭސި ލީގުގައި މި ވަގުތު 50 އަހަރުން މަތީގެ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ މާޓިން އެޓްކިންސަން، ޖޯން މޮސް އަދި ކެވިން ފްރެންޑް އެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ރެފްރީން ވެސް މަޑުމަޑުން ރިޓަޔާމަންޓާ މެދު ވިސްނައި، އެ ގޮތަށް ނިންމުމުގެ ފުރުސަތު އެބައޮތެވެ.

ކުކުޅު ފެކްޓަރީއެއްގައި ގާތްގަނޑަކަށް 15 ވަރަކަށް އަހަރު މަސައްކަތް ކުރި ޑީން ވަނީ ގޮލްފްގެ އެކި ލެވަލްތަކުގެ މުބާރާތްތަކުގައި ބައިވެރިވެފަ އެވެ. އަދި އޭނާ އަކީ އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ކްލަބް ޓްރަންމޭއާ ރޯވާސްގެ އެޑްވައިޒަރީ ރޯލްގައި ހިމެނޭ ފަރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox