ޔޫކްރެއިނާއި ރަޝިއާގެ ސުލްހައިގެ މަޝްވަރާ ބާއްވަން އެންމެ ރަނގަޅު ތަނަކީ ގުދުސް: ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ސުލްހައިގެ މަޝްވަރާތައް ބާއްވަން އެންމެ ރަނގަޅު ތަނަކީ ގުދުސް ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ޓެލެގްރާމް މެދުވެރިކޮށް ނެރުނު ވީޑިއޯއެއްގައި ޒެލެންސްކީ ވަނީ ދެ ގައުމުގެ މެދުގައި މަޝްވަރާ ބާއްވަން އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

"އެމަނިކުފާނުގެ ހުރިހާ މަސައްކަތަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން. އެހެންވީމަ، ކޮންމެވެސް އިރަކުން ރަޝިއާއާ އެކު މި ވާހަކަ ފެށޭނެ ކަމަށް ބެލެވޭ. ބައްދަލުވުން ގުދުސްގައި އޮތުން ވެސް އެކަށީގެންވޭ،" ޒެލެންސްކީ ވިދާޅުވި އެވެ.

"ސުލްހަ ހޯދަން އެންމެ ރަނގަޅު ތަނަކީ މިއީ."

ބެނެޓް ވަނީ ޒެލެންސްކީގެ އިތުރުން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ގަވާއިދުން ފޯނުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ އިތުރުން މާޗް ފަސް ވަނަ ދުވަހު ބެނެޓް ވަނީ ރަޝިއާއަށް ވަޑައިގެން ޕުޓިންއާ އެކު ތިން ގަޑިއިރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ޔަހޫދީ ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޒެލެންސްކީ ވަނީ އާދީއްތަ ދުވަހު އިޒްރޭލުގެ ޕާލިމެންޓުގައި ތަގުރީރު ކުރައްވާފަ އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުގެ ޕާލިމެންޓުގައި ވެސް ތަގުރީރު ކުރައްވާފަ އެވެ.

ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ޒެލެންސްކީ އިޒްރޭލަށް ގޮވާލެއްވީ ވަކި އަތަކަށް ނުޖެހި އޮތުން ނިމުމަކަށް ގެނައުމަށެވެ. އިޒްރޭލުން ޔޫކްރެއިނަށް އިންސާނީ އެހީ ފޮނުވި ނަމަވެސް، މިހާތަނަށް އަސްކަރީ އެހީއެއް ނުދެ އެވެ. އަދި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުން، އެކަމުގައި ވެސް އިޒްރޭލުން ބައިވެރިއެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox