ވިލާ ކޮލެޖާއި ޖާނީ ގުޅިގެން ސައިކޮލޮޖީ އެމްޕަވަމެންޓް ޕްރޮގްރާމެއް ފަށައިފި

މިއަދު ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މި ޕްރޮގްރާމްގައި ތަމްރީނު ކުރާނީ ވިލާ ކޮލެޖުގެ ދަރިވަރުން -- ފޮޓޯ: އަދަދު

މިއަދު ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މި ޕްރޮގްރާމްގައި ތަމްރީނު ކުރާނީ ވިލާ ކޮލެޖުގެ ދަރިވަރުން -- ފޮޓޯ: އަދަދު

ސައިކޮލޮޖީ ކިޔަވާ ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އެހީތެރިވެ ބާރުވެރިކުރުވުމަށް ވިލާ ކޮލެޖާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޖާނީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ހިނގާ މާޗު މަހުގެ 20 އިން 24 އަށް ކުރިޔަށްދާ އެ ޕްރޮގްރާމަކީ ވިލާ ކޮލެޖުގައި ސައިކޮލޮޖީ ކިޔަވާ ދަރިވަރުން ތަމްރީނުކޮށް، އެ ދަރިވަރުން މެދުވެރިކޮށް އިތުރު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށް ފަށާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ފެށުމަށްޓަކައި މިއަދު ވިލާ ކޮލެޖުގަައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަންވަރު ވިދާޅުވީ އެ ޕްރޮގްރާމުގެ ސަބަބުން ސައިކޮލޮޖީގެ ދާއިރާއިން ވިލާއިން ކުރާ މަސައްކަތްތައް ތަރުތީބުވެގެން ދާނެ ކަމަށެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: އަދަދު
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: އަދަދު

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: އަދަދު

"މި ޕްރޮގްރާމް ދާނީ އޮގަނައިޒްޑްކޮށް. ސިސްޓަމެޓިކްކޮށް. އެ ދާންވާ ސްޓެޕް ބައި ސްޓެޕްކޮށް. މިހާރު އަޅުގަނޑުމެން މި ކުރާ ކަންކަން ހުންނާނީ އެއްތަނުން ތަންކޮޅެއް އަނެއް ތަނުން ތަންކޮޅެއް. ރިލޭޓްވެދާނެ، ރެލެވެންޓްވެދާނެ. އެހެންނަމަވެސް އެހާ އޮގަނައިޒްޑް ނުވެދާނެ. މި ޓްރެއިންކޮށްގެން އެކަމަށް ތައްޔާރުވީމަ ދާނީ ވަރަށް ސިސްޓަމެޓިކްކޮށް. މިއީ ކުރަން ޖެހޭ ކަމެއް،" ޑރ. އަންވަރު ވިދާޅުވި އެވެ.

ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖާއި ޖާނީ ގުޅިގެން ފެށި އެ ޕްރޮގްރާމަކީ ކޮލެޖަކުން ޖަމިއްޔާއަކާއި ގުޅިގެން ފެށި އެފަދަ ފުރަތަމަ ޕްރޮގްރާމް ކަމަށެވެ.

އަދި އެއީ އެކަކު އަނެކަކަށް އެހީތެރިވެ، މުޖުތަމައުގެ ހުރި މައްސަލަތައް ހައްލުކުރުމަށް ވެސް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި އެންމެ އިސްކޮށް ހުންނަވާނީ ވިލާ ކޮލެޖުގެ ސީނިއާ ލެކްޗަރާ ޑރ. އައިޝަތު ނަޝީދާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox